ޚަބަރު / މަރު

ލަވަކިޔުންތެރިޔާ މެޒޯ މޯޑް ނިޔާވެއްޖެ

މެޒޯ މޯޑް "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަނީ --- މިހާރު ފޮޓޯ/ ނިޝާން އަލީ

ދިވެހިންގެ ތެރޭގައި މަގްބޫލު، އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ދެންމެ ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 59 އަހަރުގައި މެޒޯ މޯޑް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައިވާ ކަމަށް އެނގިފައި ވެ އެވެ.

މެޒޯ މޯޑު ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. މިއީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަށް ހިތާމަވެރި ދުވަހެއް ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.

މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ ވެސް މެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "މެޒޯ" ބޭންޑާ އެކު ނުކުތުމުގެ ކުރިން ކްލަބް ކޯބްރާސް އާއި ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް މެޒޯ މޯޑް މިއުޒިކް ކުޅުނެވެ.

އޭނާ މިއުޒިކީ ދާއިރާ އަށް ނުކުތީ 1977 ގައި ކްލަބް ކޯބްރާސްއިންނެވެ.

ރިސޯޓު މިއުޒިކުގައި ވެސް މަޝްހޫރު މެޒޯ މޯޑަކީ ދިވެހިން ފަހުރުވެރިވާ ފެންވަރުގެ މިއުޒިކާއި ލަވަތަކާ އެކު ދިވެހި މިއުޒިކީ އުދަރެހުގައި ފިސާރި ލެޖެންޑަކަށް ބަދަލުވެފައިވާ ފަންނާނެކެވެ. މިހާތަނަށް ހަތަރު އަލްބަމަކާ އެކު 40 އަށް ވުރެ ގިނަ އަމިއްލަ ރާގު އާންމުންނާ ހަމަ އަށް ގެނެސްދީފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، މެޒޯ މޯޑަށް 2010 ގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވަނީ.

އޭނާގެ އެންމެ ހިޓު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާ" އާއި "ޖިސްމު" އާއި "ރޯނުއެދުރު" އާއި "އެޅި މިކަނޑުމަތި" އާއި "އަކިރި ދެމޭ" އާއި "އުޑުން ތަރިތައް" އަދި "ވިސްނާ ވިސްނާ" ގެ އިތުރުން "ދާނޭހޭ ތިހަނދާން ފިލާ" ފަދަ ލަވަތައް ހިމެނެ އެވެ. އަދި އޭނާގެ މަޝްހޫރު ލަވަ އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އާއި "މާލި" އާއި "ޓެންތު" އަދި "ލިސްނާ" ހިމެނެ އެވެ. ޖުމުލަ 40 ލަވަ ހިމެނޭ އެ ހަތަރު އަލްބަމްގައި މުޅިން ވެސް ހިމަނާފައި ވަނީ އަމިއްލަ ރާގެވެ.

މެޒޯ މޯޑުގެ 48 އަހަރުގެ ދިގު މިއުޒިކީ ކެރިއަރުގައި އޭނާ އަށް ވަނީ އެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް 2010 ގައި ލިބިފަ އެވެ.

24 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 2%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަމްޒު

14 February 2025

إنَّا ِللهِ وإنَّا إلَيْهِ رَاجِعُوْن މައްޔިތާއަށް ރަޙްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ޚިއްލާ2222

13 February 2025

ފޯ އެވަރ ޔަން ޖަސް ވޯނަބީ ފޯރއެވަރ ޔަންގް މޯޑާ! 60 އަހަރުގަ ވެސް އެހާ ޒުވާން ކޮށް ހުރެފަ ތި ވަކިވީ... ބަލިވީމަ މީހަކަށް އިދަގުލެއް ނިވެ އިތުރު ސަފަރިންގ އެއް ނެތި ވަކިވާނީ އެއްމެ ރަގަޅު މީހިން... ރެސްޓް އިން ޕީސް .. މިސްށް

The name is already taken The name is available. Register?

ޜިއަލް5555

12 February 2025

2003 ވަނަ އަހަރު މެޒޯ މޯޑް ގެ އައިޑީ ކާޑް ދުށިން އޭގަ އޭރު އޮތީ އޭނަގެ އުފަން އަހަރު ކަމަށް 1962.. ވ ރަގަޅަށް ހަދާން އެބަހުރި.... އޭނަ އައީ ކޭޝް ވިދުޑުރޮ ކުރަން ދެން އައިޑީ ބަލާނެތާ...

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 February 2025

إنَّا ِللهِ وإنَّا إلَيْهِ رَاجِعُوْن މައްޔިތާއަށް ރަޙްމަތް ލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

މުޙައްމަދު .

12 February 2025

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن ޔާ اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ! އާމީން..،

The name is already taken The name is available. Register?

ޙުސަ

12 February 2025

ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އަޅުގަނޑުމެން ހަމަ ކޮންމެ މީހަކައި މިދުވަސް (މަރު) ބައްދަލުކުރާނެކަމީ ހަމަ ކަށަވަރު ކަމެއް! މިދުނިޔޭގެ އަޖަލު ހަމަވުމުން ދެމިއޮތުމުގެ ޢާލަމަށް ގެންދަވާނެ! ކުރަން އޮތް ކަމަކީ ﷲއަށް ބިރުވެތިވެ އާޚިރަތަށް ތައްޔާރުވުމަށްޓަކައި ހެޔޮ ޢަމަލުތައް ގިނަކުރުން! ފާފަތަކުން އެއްކިބާވެ ތިބުން! މަރު ބައްދަލުކުރާނެ ވަގުތެއް އަހަރެމެން އެއްވެސް މީހަކަށް ނޭނގޭނެ! މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން!

The name is already taken The name is available. Register?

އަފްރޯޒް

12 February 2025

ކޮންމެ މަރަކީވެސް އަހަރުމެން އޭގެން މި ދުވަސް އެބޮތްކަން ހަނދާން ކުރަންޖެހޭ ދުވަހެއް. ދޫކޮށް އެދިޔައީ ގައުމީ ބަތަލެއް. ކެރޭ ޒުވާނެއް. މީހުންގެ ލޯބި ލިބިފައިވާ ބޭފުޅެއް. އޯގާތެރި ބައްޕައެއް. ކޮންމެ މީހަކަށްވެސް މިދުވަސް އެބޮތް. ދެންއޮތީ މައްޔިތާއަށް ހެޔޮ ދުޢާކޮށްދިނުން. މާތް الله އަކީ އެންމެ މޮޅަށް އައްސަވާވޮޑިގެންވާ ރަސްކަނލާންގެ. ހޮޔޮ ނިޔަތުގައި މުސްލިމަކު ކޮށްފި ކޮންމެ ދުޢާއެއް އިޖާބަކުރައްވާނެ. އިންޝާ الله.

The name is already taken The name is available. Register?

ޢަހުމަދު

12 February 2025

إنا لله وانا اليه راجعون މަރުޙޫމް ގެ ފާފަފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާފާނދޭވެ. އަދި އާއިލާ އަށް ކެެއްތެރި ކަން ދެއްވާފާނދޭވެ. امين

The name is already taken The name is available. Register?

ޔގތސޖ

12 February 2025

އާއިލާއަށް ކެއްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

އަޙްމަދު މާހިރު

12 February 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎، މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454