ޚަބަރު / ސްވައިން ފްލޫ

ހުންޖެހިގެން އެކަކު މަރުވި، ސްކޫލުތައް ބަންދުކޮށްފި

އެޗްޕީއޭ އިން މިރޭ ބޭއްވި ނިއުސް ކޮންފަރެންސް.---ފޮޓޯ: އެޗްޕީއޭ

13 މާޗް 2017 - 23:13

99 comments
13 މާޗް 23:55

ހުރިހާ ފެންވަރެއްގެ ސްކޫލުތައް ވެސް ބަންދުކުރަން ލަފާ ދެން: ޑރ. ނިޔާފް. އޭނާ ވިދާޅުވި ގޮތުގައި އެއީ އެޗްޕީއޭގެ ޕްރޮފެޝަނަލް ލަފައެއް. އެގޮތަށް ނިންމީ މި ބަލި ވަރަށް ބާރަ ފެންނަމުންދާތީ ކަމަށް ޑރ. ނިޔާފް ވިދާޅުވި.

13 މާޗް 23:53

އެޗް1އެން1 އަށް ޕޮޒިޓިވް ވާން ފެށުމުން އެލާޓް ލެވެލް ތިނެއްގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށް ހެލްތު މިިނިސްޓްރީން ބުނޭ.

13 މާޗް 23:52

ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ ވިދާޅުވީ އެޗް1އެން1 އަށް އެހާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެވުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ބަލި އުޅޭތީ ކަމަށް.

13 މާޗް 23:51

ޑރ. ނިޔާފް ވިދާޅުވި ގޮތުގައި ކޭސްތަކުގެ އަދަދު ގިނަވާން ފެށީ މިދިޔަ މަހުން ފެށިގެން.

13 މާޗް 23:49

ސާމްޕަލްތައް ޕްރޮސެސް ކުރެވެނީ އެއްފަހަރާ 10-12 ސާމްޕަލް ލިބުމުން. އެހެންވެ ސާމްޕަލް ލިބުން ލަސްވޭ. އެކަމަކު ބަލިމީހާގެ އަލާމާތަށް ބަލައި ފަރުވާ ދެމުން ދާނެ ކަމަށް އެޗްޕީއޭ އިން ބުނޭ. މަރުވި މީހާ އަކީ ހުޅުމާލެ އިން އައިޖީއެމްއެޗަށް ރިފާކުރި މީހެއް. "ގެނައި އިރު ވެސް އޮތީ އެ ހާލަތުގައި" އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ނިޔާޝާ ވިދާޅުވި.

13 މާޗް 23:45

ޑރ. ނިޔާފް ވިދާޅުވީ މި ބަލީގެ ބޭހުގެ ސްޓޮކް އިތުރު ކުރުމާއި ވެކްސިން އިތުރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް. ފްލޫ ވެކްސިން އަކީ ދުނިޔޭގައި ސްޓޮކް މަދު އެއްޗަކަށް ވާތީ، ލިބޭނެ އަދަދާ މެދު ވަކި އެއްޗެއް އޭނާ ވިދާޅެއް ނުވޭ. "އަޅުގަނޑު ވެސް ދޫކޮށްލާނަން އަޅުގަނޑަށް އޮތް ވެކްސިން މާބަނޑު މީހަކަށް ޖަހަން،" ހައި ރިސްކް މީހުންނަށް ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޑރ. ނިޔާފް ވިދާޅުވި.

13 މާޗް 23:41

އިންފްލުއެންޒާ އަށް ހާއްސަ ފަރުވާއެއް ދެނީ ކޮމްޕްލިކޭޝަން ނުވަތަ ސީރިއަސް ވުމުގެ އަލާމާތެއް ފެނުމުން.

13 މާޗް 23:40

ޑރ. ނިޔާފް މިވަގުތު ޓެސްޓްކުރާ 70 ސާމްޕަލްގެ ތެރެއިން އިތުރު ކޭސްތަކެއް ފެންނާނެ ކަމަށް ލަފާކުރެވޭ ކަމަށް. "މި ނަމްބަރު ކުރިއަށް އޮތް ދުވަސްތަކުގައި މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި.

13 މާޗް 23:35

ޑރ. ނިޔާފް ވިދާޅުވީ ހެނދުނުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވުމަކީ، ލިބޭ މައުލޫމާތު ހާމަކަންމަތީގައި އާންމު ކުރުމުގެ ނަތީޖާ ކަމަށް.

13 މާޗް 23:33

ޑރ. ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިންގެ ލިމިޓެޑް ސްޓޮކެއް އެބަހުރި ކަމަށް. އޭނާ ވިދާޅުވި ގޮތުގައި ވެކްސިންގެ "ބޮޑު އަދަދެއް އަޅުގަނޑުމެންގެ އަތުގައި ނެތް" ކަމަށް. އަދި އެންމެ މުހިންމު އުމުރު ފުރާތަކަށް އެ ވެކްސިން ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޑރ. ނިޔާފް ވިދާޅުވި. އިންފްލުއެންޒާ ވެކްސިން ވަރަށް އަވަހަށް ބަދަލުވާތީ، ރާއްޖެ އަށް އާންމުކޮށް އެ ވެކްސިން ގެންނަނީ ކޮންމެ ހަ މަހަކުން ކަމަށް އެޗްޕީއޭ އިން ބުނޭ.

13 މާޗް 23:25

ޑރ. ނިޔާފް ވިދާޅުވީ އިތުރު 70 ސާމްޕަލް މިހާރު ވެސް ޓެސްޓް ކުރަމުން އަންނަ ކަމަށް.

13 މާޗް 23:24

ޑރ. ނިޔާފް ވިދާޅުވީ އިންފްލުއެންޒާ ވައިރަސް އަކީ އެމްއާރު ވެކްސިންގައި ހިމެނޭ މާއްދާއެއް ނޫން ކަމަށް. އެހެންވެ މިއީ އެމްއާރު ވެކްސިންއާ ގުޅުމެއް ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވި.

13 މާޗް 23:21

ޑރ. ނިޔާފް ވިދާޅުވީ ރަށްރަށުގައި ތިބި ސިއްހީ އެހީތެރިންނަށް ޓެލެކޮންފަރެންސްގެ ޒަރީއާ އިން މި ބަލީގެ މައުލޫމާތު ދީފައިވާ ކަމަށް. އަދި ސީރިއަސް މީހުން މާލެ ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި.

13 މާޗް 23:17

އެޗް1އެން1 އަށް ޕޮޒިޓިވްވި މާބަނޑު މީހާގެ ހާލު ދެރަވެ މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި، ބައްޔަށް ޝައްކުވާ މާބަނޑު އެކެއްގެ ހާލު ދެރަ

އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައި ޑރ އަބްދުﷲ ނިޔާފް ވިދާޅުވީ މި މަހު 4 ގައި މަރުވި 24 އަަހަރުގެ ފިރިހެނެއްގެ ސާމްޕަލް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މާބަނޑު ދެ މީހަކަށް ވެސް ބަލި ޖެހިގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ މިހާރު ހުރި މައުލޫމާތަށް ބަލާއިރު ސްކޫލްތައް ބަންދުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރު ލަފާ ދީފައިވާ ކަމަށެވެ. މި ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށާއި ސްކޫލް ޗުއްޓީއަށް ފަހު އަލުން ހުޅުވާނެ ދުވަހެއް ވެސް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

(ތަފްސީލް އަންނަނީ)

99 ކޮމެންޓް, 189 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 77%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާހިދާ

15 March 2017

އެޗް.ޕީ.އޭގެ މިކަމުގެ ޒިންމާވާންޖެހޭ! ކުދިންގެ ކިޔެވުން، ޗުއްޓީ ދުވަސްތައް މާބަނޑު މީހުން ބިރުވެރިި ހާލަތުގައި އަދި ގެއްލުނު ފުރާނަތައް! ފުލޫ ކްލިނިކް ހުޅުވަން ވާނީ ބަލި ނުރައްކާތެރި ހާލަތައް ފެތުރެން ފެށުމުގެ ކުރިން. މިހާރު ހުޅުވަންވާނީ ކަރަންޓީން ކްލިނިކް. މިހާރު ފްލޫކުލިނިކަށް ގޮސް ތިބޭ ބެލެނިވެރިން ގެޔަށް ދަނީ ގޭގައި ތިބި ކުދިންނަށް ވައިރަސް ހިފައިގެން! އެތަން ތަނުގައި ކޮންޓްރޯލެއް ނެތް ބަލި ފަތުރާ ހާއްޔަކަށް ވެގެން ގޮސްފި ރޯގާ ކްލިނިކްތައް!

The name is already taken The name is available. Register?

ބަނދަރު ކާޅު.

14 March 2017

މިވަރުވެގެން ދާއިރުވެސ ކޮބާތަ ހެލްތް މިނިސްޓަރު. ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އަވަހާރަލައްޕަވަނީތަ؟

The name is already taken The name is available. Register?

ގޮލާ

14 March 2017

ބަލަ, ހަމަ އެކަނި އެމީހުންތަ. ކިހިނެ އިންގޭނީ ބޭރަށް ފުރާއިގެން އަންްނަ ދިވެސްސަކަށް ބަލި ނުޖެހޭ ކަމެށް. އިންގިލި ދިއްކުރާނީ ރަންގަޅަ ބަލާފަ ބޭފުޅާ, ބާކީ ހުރި އިންގިލިތައް ހުރީ ތި ދިމާލައްތޯ ވެސް ބަލާތި. މަރުހަބާ.

The name is already taken The name is available. Register?

މާސްކް

14 March 2017

ޢެންމެން ވެސް ބޭރަށް ނުކުންނައިރު މާސްކް އަަޅަން ފެެނޭ

The name is already taken The name is available. Register?

ރަބަރޭ

14 March 2017

މާލޭގަ ގަވައިދާ ހިލާފައް އުޅޭ ބަގުލަދޭޝް މީހުން ތިލަފުށި ކަހަލަ ތަނަކައް ބަދަލު ކުރަން އެބަޖެހޭ....... އަދި ތިލަފުށީގަ ރާއްޖޭގެ ބޮޑެތި ކުންފުނިތަކައް ބިން ދޫގެންނަމަވެސް އެކޮމޮޑޭޝަން ބުލޮކް ތަކެއް ހަދަން އެބަޖެހޭ.......މަސައްކަތް ކުރަން ހެދުނު އައިސްފަ މަސައްކަތް ނިމުމުން ރޭގަޑު މާލޭންފައިބަން އެބަ ޖެހޭ.......މިވެރިންނަކީ ވަރައް މުޑުދާރު ކޮއް އުޅޭ ބައެއް....ކަރު ކެހިލާފަ ކުޅުގަޑެއް ޖަހާނީ ކޮންއިރަކު ކަމެއް ނޭންގޭ......ދަތްއުގުޅަން ތިބޭނީ މަގުމަތީ......ކޮޓަރި އެއްގަ 20 މީހުން ނިދާނެ....ބޯހަކާކު.......ކިހިނެއް މިވަރުން ސިންގަޕޫރައް ވާނީ.

The name is already taken The name is available. Register?

މުންކޮ

14 March 2017

ހޯހޯ ތިހެން ނުބުނޭ އަހަރެމެން ދިވެހިންގެ ގޮތްކުޑަ މުޑުދާރުކަން ފެނި އެމީހުންވެސް އެފެންވަރަށް ދިޔައީ

The name is already taken The name is available. Register?

ހަސން

15 March 2017

އެމީހުންގެންނަމީހުން އެމީހުން ނިދާކައިބޮއިއުޅެންދީފަވާތަނުގަދޯ އުޅޭނީ 20 ވިޔަސް ހާދަނިކަމެތިހާލުގައޭ އެމީހުންމިގައުމުގަ އެގެންގުޅެނީ ގިނަފަހަރުމުސާރަކޮޅުވެސްނުދޭގިނަމީހުންނަށްތާހިރުވާންވެސްއެހާދަތިކޮށް އެވެސް އިންސާނުންވިއްޔާ ދެރަވޭ އެމީހުންއުޅޭހާލަތާމެދުވިސްނާލީމަ ކާކުބާ މިކަންކަންބަލަމިކަމަށްފިޔަވަަވަޅުއަޅަނީ

The name is already taken The name is available. Register?

ޑަކުޓަރު

14 March 2017

މިވަރުވެގެން ދާއިރު ޑޯޓުޑޯ ޖައްސައިގެން ޗެކް ކުރުމާއި މައުލޫމާތު ދީ ހޭލުންތެރި ކުރުވަންވެއްޖެ. ގައުމު މިހާލަތައް ވެއްޓިގެން ނުވާނެ . އެންމެން އެއްއަޑަކުން މަސައްކަތް ކުރަން ވެއްޖެ. ސިޔާސީ ވާނީ އަދި ވެވޭނީވެސް ރައްޔިތުން ސަލާމަތުން ދިރިރިބެގެން.

The name is already taken The name is available. Register?

މޯޑް

14 March 2017

މިވަރުގެ ސިއްޙީ ފަރުވާ ކުރިއަރާފައިވާ ދުވަހެއް ނުފެންނާނެ އުނިކަމެއްނޯންނާނެ ކުރެވުނު ކަމެއްނެތް ވީކަމެއްނެތް ހުސްއަޑު އަރުވާނީ ހުރިހާ ކަމެއްވެސް ބަރާބަރުވާނެ ނުވާނެ ކަމެއްނެތް ވެވުނު ކަމެއްނެތް ހުސް އަޑު އަރުވާގެން ޕޯޑިއަމް ތަކުގެގައި އަތްއުކާނީ މިވަރެއްނެއް އޮޅުވާލުން އެހާބޮޑު މިކަންވެސް އޮޅުވާލީ ކޮންކަމެއް އޮޅުވާނުލާނީ

The name is already taken The name is available. Register?

ްަޤަބޫލު ކުރަންދަތި

14 March 2017

ޑޮކްޓަރުން ފަރުވާދެނީ ރިޕޯޓަށް ބަލާފައެއް ނޫނޯ، ބަލި މީހާގެ ޢަލާމާތްތަކަށް ބަލާފަ ފަރުވާ ދެމުންނޯ ދަނީ...ވަރުބަލިވުން މީ ކިތަންމެ ބައްޔަކުންވެސް ފެންނަ ޢަލާމާތެއް، ދެން ކިހިނެއްތޯ ގަބޫލު ކުރާނީ މެޑިކަލް ބޭފުޅުން އެނގިހުރެ ތި ދައްކަވާ ވާހަކަ.

The name is already taken The name is available. Register?

GAN Island

14 March 2017

މިހާރު އޮތް ސަރުކާރަކީ ''ރައްޔިތުންނަށް ކަންކަން ހާމަ ކުރުމަކީ އެހާ މުހިންމު ކަމެއްނޫން'' ކަމަށް ދެކޭ ސަރުކާރަކަށް ވާތީ ސިއްހީ ގޮތުން ނުރައްކާތެރި ބައްޔެއް ރާއްޖޭގައި ފެތުރި އާންމު ވަމުން ދިޔަ އިރުވެސް ސިއްޙީ އެއްވެސް ފަރާތަކުން އެކަން އާންމުކޮށްފައެއްނެތް. . . . ހުރިހާ ކަމެއްވެސް ހުރީ ހަމަ މިފަދަ ގޮތަކަށް. ރާއްޖޭގެ ރައްޔިތުން އެންމެ ކަންބޮޑުވެ ރާއްޖޭގެ މިނިވަންކަމާއި ގުޅުން އޮތް ކަމެއްކަމުގައިވާ ފ އަތޮޅުގެ ސިއްރު އެއްބަސްވުމާއި ބެހޭގޮތުން ސުވާލު ކުރަން ފެށޫމުން ވިދާޅުވީ ''ރައްޔިތުންނަށް ކަންކަން ހާމަ ކުރާންޖެހޭ ވަގުތު ޖެހުމުން ހާމަކުރަންޖެހޭ ވާހަކަތައް ހާމަ ކުރައްވާނެ'' ކަމަށް. . . މި ޤައުމާއި ދައުލަތުގެ މައްޗަށް ''ރައްޔިތުންނަށްވުރެން ބާރުގަދަ ފަރާތެއް ވެރިވެގަތުމަކީ ރައްޔިތުންގެ އާރާއި ބާރު އުނިވެދާނެކަމެއް'' ކަމުން އެފަދަ ހާލަތެއް ރާއްޖެއަށް ދިމާވެފައިވޭތޯ ބަލަންވެއްޖެ.

The name is already taken The name is available. Register?

ރޯނު އެދުރު

14 March 2017

ކޮންމެ ކަމެއްވާއިރު ޒިއްމާ އެހެން ބައެއްގެ ބޮލޮގާ އެޅުވުމަކީ ނަފޮސާނީ މަސްއަލައެއް ކަން އެނގެނީ ކިތައް މީހުނަށް ބާ. އެއީ ޕާސަނަލިޓީ ޑިސްއޯޑަރ ގެ ބައެއް. ކަމެއްވާއިރު އެއިގެ ކުށްވެރިއަކީ އމިއްލަ މީހާ ކަމުގާ ވިއަސް، އެކަން ދިމާވީ ކޮންމެވެސް އެހެން މީހެއްގެ ސަބަބުން ކަމަށް މިފަދަ މީހުން ގަބޫލު ކުރަނީ ވަރަށް ޔަގީން ކަމާއެކު. ގިނަ ދިވެހިން ޕާސަނަލިޓީ ޑިސްއޯޑަރ އަށް ވާރުތަ ވުމަށް ދިވެހިންގެ ސަގާފަތާ އާދަކާދަަ އަދި ޑީއެން ޢޭ ގެ ސީކުއެންސް ބާރު ފޯރުވާ ކަމަށް ބޮޑަށް ލަފާވަނީ. ބަލި ފެތުރުމާ ބަލިޖެހުމުގެ ޒިއްމާއަކީ ފަރުދީ މަސްއަލައެއް ކަން ނޭގެވަރު މީހަކު ހުންނާނެހެން ހީނުވޭ އހެންނަމަވެސް ތިމާގެ އަމިއްލަ ކުށުގެ ޒިއްމާ އެހެން މީހުންގެ ބޮލުގާ އެޅުވުމަކީ ސިކުނޑީގެ މަސްއަލަކަށްވާތީ ކުރެވޭނެ މާބޮޑު ކަމެއް ނޮއޮނޮނާނެ. ޚަބަރު ފެތުރުމުގެ ބޭނުމަކީ ރައްކާތެރިވާން އިންޒާރު ދިނުން. މީހުން ކުއްވެރި ކުރުމެއް ނުން. ބަލި ފެތުރުމުގާ ސަރުކާރެއްގެ ޒިއްމާ ވަރަށް ކުޑަ ވާނެ. ގިނަ މީހުން ތޮއްޖެހިގެން އުޅެންޖެހޭނެ މާހޯލެއް އުފެއްދުމަކީ ސަރުކާރު މިކަމުގާ ޝާމިލް ކުރެވިދާނެ ކަމެއް. އެހެންނަމަވެސް ތޮޢްޖެހިގެން އުޅެނީ ކޮންކަހަލަ މަޖޮބޫރު ކަމެއް އޮވެގެންތޯ ވެސް ބަލަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454