މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި.-- ފޮޓޯ: ނާޖިހު ދީދީ
17 މާޗް 2025 - 22:20
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، މާލޭ ސިޓީ ކައުންސިލްގެ ހުއްދައާ އެކު، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދައިފި އެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.
ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ސޯޝަލް މީީޑިއާގައި އާންމުކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި މާފަންނު ސަރަހާގައި މިހާރު ވަނީ ބައިބަލާ ކުޅޭ ތަނެއް ހަދައިފަ އެވެ.
އަސްތަޣްފިރުﷲ! މާ ރަމަޟާން ރޯދަމަހު މާފަންނު ސަހަރާގައި ހުރި އަހަރެމެންގެ ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މޭޔަރު އާދަމް އާޒިމްމެން މި ހަދަނީ ބައިބަލާ ކުޅޭ މައިދާނެއް! ހަލާކުހުރި! pic.twitter.com/O58yL2QYuO
— Dhivehi Archives by Naajih Didi (@NaajihDidi) March 17, 2025
މީގެ ކުރިން ވެސް ނާޖިހު ވަނީ މާފަންނު ސަހަރާގެ ގަބުރުތައް ނަގައި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އާސަހަރާ ހަދައި، މާފަންނު ސަހަރާ ހިމެނޭހެން މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. އެ ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.
ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުންގެ މަހާނަތައް ވެސް މާފަންނު ސަހަރާގައި އެބަހުއްޓެވެ.
މާލޭގައި ހުރި މަދު ހުސްބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބިން ހުސްކުރާތީ ނާޖިހު ވަނީ މާލޭގެ ތާރީހާ ގުޅިލާމެހިފައިވާ އަދި މާލޭގައި ދިރިއުޅޭ އެތައް ބައެއްގެ މައިންބަފައިންނާއި ގާތްތިމާގެ ގިނަ ބަޔަކު ވަޅުލާފައިވާ ގަބުރުސްތާނު ހުސްކުރާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އޭރު ވެސް ވިދާޅުވެފަ އެވެ.
މިހާރު ސަހަރާގެ ވަކި ސަރަހައްދެއްގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާއިރު އެ މައްސަލާގައި "މިހާރު" އިން ސުވާލުކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ޖަވާބެއް ނުދެއްވި އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ސަހަރާ އިން ގަބުރުތައް ނަގައި އެތަން އެއްކޮށް ވަނީ ހުސްކޮށްފަ އެވެ. އަދި އެ ބިމުން ބައެއް ދީފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަކަށް ތައްޔާރުވާ ބަޔަކަށް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިކު
18 March 2025
ކޮބާ އިސްލާމިކު މިނިސްޓަރީ މުސްލިމުންގެ ގަބުރުތަކެއް ނަގާފަ ކުޅޭ ކުޅޭ ވީދާ ކޮށްޓެއް ހެދިއިރު!
ކިއްލި
18 March 2025
ތިތަން މިހާރު އެއްކޮށް ހުސްކޮށްފާ ވާނަމަ ދެން ރަނގަޅުވާނީ މުޅިތަން ހިމެނޭހެން ހައެއްކަ ބުރިޔަށް ނަގާ ޕާކުކުރެވޭނޭގޮތަށް ކަންކަން ހަމަޖެއްސުން. ތަނެއްލިބޭއިރަށް ކުޅޭބިމެއްހެދީމާ ކަމަކު ނުދާނެ. ތޮއްޖެހިފާވާ މާލެއަށް މިހާރު އެންމެ ބޭނުންވަނީ ވެހިކަލް ޕާކުކޮށްލާނޭ ބިންބިން.
ބެރި
18 March 2025
ތިޔަ ވެހިކަލްތަކާ ސައިކަލްތައް މައްސަލައަކީ އަސްލު.
ޙުސެނ
19 March 2025
ތި ކަން ކުރަން ވެގެން ހުސްކުރީ ވެސް !!!!
އަސދަދ
18 March 2025
މިއުޅެނީ މާލޭގަ ދުއްވާ ނުކެވިގެން. އެމީހަކާ އެމީހަކު ޖެހުނު ތަނަކު ޕާކުކޮށްަފަ ދަނީ. މަހީ ކުރީ ތިސަރަހައްދު ހުސްކޮށްފަ ޕާކިން އަށް ޖާގަ އެއް ހަދަނީ ކަމަށް. ދެން މާލޭ މީހުންނަށް ގޯތި ދޭންވީ ތިތަނުން. ގަލޮޅު ދަނޑުވެސް ހުސްކޮށްފަ މާލޭ މީހުންނަށް ގޯތި ދޭންވީ. ވަރަށް ނިކަމެތި ހާލުގަ އުޅެނީ
ޮއޮރެންޖް
18 March 2025
ސައިކަލްތައް ގިނަކުރީ ކީއްކުރަން. މިހާރުވެސް މާ ގިނަވެއްޖެ.
އަލީބޯ
18 March 2025
މާބޮޑުތާރީހެއް އޮތްގައުމެއްވިއްޔަ ހުސްއޮޅުވާލާފަލިޔެފަ ހުރިކަންކަންހުރީ ދޮގުގިނަތާރީހް
ތާރީޚް
18 March 2025
މިކުޑަކުޑަ މާލޭގައި 300އަހާއި 300އަޅުން ގެންގުޅެމުން ރަސްކަންކުރެއްވި ވަރުގަދަަ ބޭފުޅުންގެ ވަސްވެސް މާލޭގައިނެތީ، ދިވެހިންނަކީ އެއްވެސް ހަމައެއް ލަމައެއްނެތި ހަލާކުގެމަގަށް ކަންކުރަމުންދާ ބައަކަށްވާތީކަން މިއަދުވެސް މިދަނީ ފެންނަމުން، ވެރިކަމަށް އަންނަމީހާގެ އެއްމެ އިސްވާޖިބެއްކަމަށް ދެކިފައިވަނީ ކުރިންވެރިކަންކުރިމީހާ ކޮށްފަވާ ކަންތައްތައް ނައްތާލުން، އަމިއްލަމީހެއްގެ ގޭމޭޒުމަތީގައި ހުންނަވަރަށްވެސް ދިވެހި އާކައިވުގައި ތާރީޚީ އެއްޗެއްނެތް!!
1112111
18 March 2025
މުޅި ދުނިޔޭގެ ތާރީހް ވަނީ އޮޅުވާލާފައި!! އޮޅުވާލާފައި ވަނީ ވަކި ސަބަބަކާ ހުރެޔޯ!! އެކަން ކުރި މީޙުން ބުނަނީ އިންސާނުންނަށް ހަޤީޤަތެއް ގަބޫލެއް ނުކުރެވޭނެ ޔޯ!!! އޮޅުވާލުގެ އެންމެ އަޑީ ގައި ތިބީ ޔަހޫދީންނާއި ރޯމަން ކެތަލިކުން. ވެޓިކަން ގައި ފޮރުވާފައިވާ ތާރީހީ ލިއުންތަކުން ބައެއް ހަޤީޤަތްތަށް ހާމަވާކަމަށް ވަނީ އެކަމަކު އިންސާނުން އަދި އެ ހަޤީޤަތް ތަަކަށް ތައްޔާރެއް ނުވެޔޯ މި މަހު ނެރުނު "އޭޖް އޮފް ޑިސްކްލޯޝަރ" ޑޮކިއުމަންޓްރީ ބަލާލަނިކޮށް ސާފުވާނެ!!
ވަހިދޔއިް
18 March 2025
ތާރީޚު އޮޅުވާލާފައި ހުރިކަން ތިބޭފުޅާއަށް އެނގުނީ ކިހިނެތް؟
ގޭންގްސްޓާރސް ޕެރަޑައިސް
18 March 2025
ބައިބަލާ އަކީ "ބްލަޑް ސްޕޯރޓް" އެއް. ކުޅުމުގެ ތެރޭގައި އަނިޔާވެ އަނިޔާކުރޭ އަދި ކުޅުމަށްފަހުވެސް، ވާދަވެރިންގެ މެދުގައި ތަޅާފޮޅުން ކުރިއަށްދޭ. މީ %100 ގޭންގް މީހުންގެ ކުޅިވަރެއް. ބޮކްސިންގ ވެސް ފަށަންވީ ރާއްޖޭގަ. ސަހަރާގަ ވިއަސް ޖުމްހޫރީ މައިދާނުގަވިއަސް މިކަން ކޮށްދިނުން ނޫންގޮތެއް ދައުލަތަކަށް ނެތް. ގޭންގްތަކުގެ ބުރަކަށްޓަށް އަރައިގެން ވެރިކަން ހޯދީމާ އެމީހުންގެ ފައިދަށުން ދެން ވެރިކަން ކުރެވޭނީ.
ބިސް
18 March 2025
ސަރުކާރުން މިކަން ހުއްޓވިނަމަ ވާނީ ޑިމޮކުރަސީއަށް ހުރަސް އެޅިކަމަށް...އެމްޑީޕީ އެއް މިގައުމަކަށް ހެވެއްނުވާނެ
ބސމަރީ
18 March 2025
ތިގޮވަނީ މޮޔަ
2 ބިސް
18 March 2025
ޢެމްޑީޕީ އިން ވި ހެވެއްވީ މި ގައުމަައް، ފަހެ ދަންނަވަންތޯއެވެ. ތިޔަ ބޭފުޅުން ނިކަން ބައްލަވައި ބަލާށެވެ.
ބާރުނެތް ސަރުކާރު
18 March 2025
ގޭންގުތަކުގެ ދަށުވެފަ ކައުންސިލްވެސް ސަރުކާރުވެސް. އެންމެފަހުން ގޭންގުތަކުގެ ލިސްޓެއް ނޯންނަކަމަށް ފުލުހުންވެސް ބުނެފި...
އާން
18 March 2025
ހަލާކު ހުރި! ކަލޭމެންނަށް ނިކަން ކެރެންޔާ ތި ގަލޮޅު ސަހަރާ ނަގާބަލަ..މާލޭ ބޭފުޅުން ތަކަށް ވަނީ ކިހިނެއްތޯ ބަލަން!
ގުލްގުލްފުލް
18 March 2025
މިހާތަނަށް އައި އެންމެ ކަޑަ މޭޔަރު، އާޒިމް
ާަތިން މުގޯލި
17 March 2025
މާލޭގެ ގޯތި ގެދޮރު ކުރަހާ އިރު ކޮންމެ ގެ އެއްގެ ޓެރެހުގައި ބައިބަލާ ކުޅޭ ގޮތަށް ހަމަޖެހިފައި އޮންނަ ނަމަ ޤަބުރުސްތާނު ސަލާމަތް ކުރެވުނީސް ދޯ؟ މި ބުރު ނިމިއްޖެ@