މާފަންނު ސަހަރާގައި ބައިބަލާ ކުޅެން ހެދިތަން ނަގާފައި.- ފޮޓޯ: މިހާރު
18 މާޗް 2025 - 10:55
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފި އެވެ.
މާފަންނު ސަރަހާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ފޮޓޯ އިއްޔެ އާންމު ކުރެއްވީ ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ދޮންވެލި އަޅައި ވަށައިގެން ވެލިބަސްތާ ޖަހައިގެން އެތަން ތައްޔާރުކޮށްފައި އޮތީ ބައިބަލާ ކުޅޭ ތަނަކަށެވެ.
މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި.-- ފޮޓޯ: ނާޖިހު ދީދީ
އެއާ އެކު ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދިޔައީ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެެވެ. މީހުންގެ ގަބުރުތައް ނަގައި ކުޅޭ ތަނެއް ހެދުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ދީނީ ގޮތުން ބަލާއިރު އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ބައެއް ޝައިހުން ވެސް ވަނީ ސިޓީ ކައުންސިލްގެ އެ އަމަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށް، މިހާރު މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރަން ހެދި ތަން ވަނީ އެއްކޮށް ނަގައިފަ އެވެ.
ގިނަ ބަޔަކު އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ ސިޓީ ކައުންސިލުގެ ހުއްދައާ އެކު ނޫން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.
އެކަމަކު އޭގެ ކުރިން "ސަން" އޮންލައިނަށް ރޭ ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވިދާޅުވެފައި ވަނީ ސަހަރާ އިން ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްފައިވާ ކަމަށާއި އެ ބިމުން ބައެއް ދީފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަކަށް ތައްޔާރުވާ ބަޔަކަށް ކަމަށެވެ.
އާސަހަރާ ހަދައި، މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. މާފަންނު ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.
ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކާއި ތަމަޅަ ޓައިގަރުން ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުންގެ މަހާނަތައް ވެސް މާފަންނު ސަހަރާގައި ހުއްޓެވެ.
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކަމަކު އޭރު ވެސް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.
އެ ސަހަރާގެ ހުޅަނގު ފަރާތުން މަޖީދީ މަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިން ޒޯނެއް އޮތީ ހަދައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ޕާކިން ޒޯނު ވެސް ހެދީ ބައެއް ގަބުރުތައް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއައްސަސާތަކުން ފެށިގެން މަޖަލަށް ކުރާ ކަމެއްވިޔަސް.
19 March 2025
އަތަށް ނުގޮވާ ގޮތަށް ކަމެއް ނުކުރެވޭ ދެއްތޮ؟
ސަކީނައްތަ
19 March 2025
ތި ބައިބަލާ ކުޅޭ ރިންގެއް ހެދުންތީ މީހުން އުޅޭ ސަރަހައްދެއްގަ ކުރާވަރު ކަމެއްނޫން، މިދިޔަ އަހަރު ތިކަހަލަ ރިންގެއްހަދައިގެން އުޅުނީ ރަސްފަންނުގަ، ބަހުރުވަ ހުންނަގޮތުން ވައިއެޅިލަން ނުކެރެ. އެއީ އަހަރެމެން ފިނިކޮއްލާ ވައިޖައްސާލަން ނުކުމެތިބޭތަން.
ޒަރީރު
18 March 2025
މިރާއްޖޭގަ މިތިބީ ދީނީގޮތުން އެންމެ ހަރުކަށި ވިސްނުމުގެ މީހުން. މިވަރުން ދަންޏާ މިތަން އަދި ޠާލިބާނުންނަށްވުރެ ކަންތައް ބޮޑުވާނެ
މަނޭ
20 March 2025
ތާލިބާނުން ގޯސްތަ؟
ފުލެޓު
18 March 2025
ފުލެޓެއްއަޅަން އިއުލާން ކޮށްލަބަލަ. ޢެންމެނަށް ބެސް އޯކޭވާނޭ
ސަނީސައިޑްބޮންޑް
18 March 2025
ތީމަމެން ގަބުރުސިޓީ ކުދިން ހެދިބައިބަލާރިންގެއް. ކޮބާމައްސަލައކީ؟
އިކޮނޮމިކްސް
18 March 2025
މައްސަލަ ޖެއްސި މީހުނަށް، ބައިބަލާ ކުޅޭ ކޮންމެ ދުވަހަކު އެ ވެރީންގެ ހަމަ ކޮންމެ މީހަކަށް 7،000 އެއްހާ ރުފިޔާ ދޭގޮތަށް ނިންމައިފިއްޔާ، ދެން ވާނީ ކިހިނެއްބާ...
ދާދާ
18 March 2025
ކައްޗަށް އެޅުނު ބިންގާ ކެއްޗާހަމައަށް ނެގިއަސް އޮންނަނީ ކައްޗަށް.
ބާބް
18 March 2025
އައު ސަހަރާގެ ބައެއް ހިސާބުތަކުގައި ވަޅުލާ ގަބުރުތައް އަހަރެއް 2 އަހަރެއް ފަހުން ނަގައި ވެލިހެޔޮވަރުކޮށް އަނެއްކާ އެތާގައި އެހެން ގަބުރުތަކެއް ވަޅުލާ. ދެން މާފަންނު ސަހަރާގައި ހުރި ގަބުރުތަކެއް ނަގާތީ ތާރީޚީ މީހުންނަށް ކޮންވަރެއް މިއަރަނީ؟
މީމު.ޝީން
19 March 2025
ވަރަށް ނާޒަހުޒީބީ ކޮމެންޓެއް. ތިމާގެ މައިންބަފައިންގެ ގަބުރަށްވެސް އެހެން ތަ ހަދަން ބޭނުންވަނީ؟
ބަބްސް
19 March 2025
ދުނިޔެ ނިމެން އަންނަކަމުގެ އަލާމާތްތަށް މިހިރަ ފެންނަނީ. ދޫރައްކާތެރި ކުރާށެވެ.
ފިރިމަނސް
19 March 2025
ޢާސަހަރާގެ ކޮންތަނެބާ ކޮނުނީ
ޓިން ޓިިން
18 March 2025
އާޒިމު އެބައެއްގެ މޭޔަރަކަށް، މުއިއްޒު އެބައެއްގެ ރައީސަކަށް ހުންނަ ބައެއްގެ ހާލަތުހުންނާނެގޮތް ވިސްނާލާ.
ގަބޭ
18 March 2025
ތިޔަތަންވެސް ޒަމާންތަކައްފަހު ނަގާނެ އަދި ތިޔަތާ ފަހުން ހަދާނީ ކޮންފަދަ ތަނެއްކަންވެސް އަދު ދިރިތިބީންނައް ނޭގޭނެ