23 މާޗް 2025 - 00:25
ރާއްޖޭގެ މަޝްހޫރު އަދި ކާމިޔާބު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) މިރޭ ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ މަހެއްހާ ދުވަސް ފަހުންނެވެ. ސާންތީ އެ ބަލި ތަހައްމަލުކުރަމުން އަންނަތާ މިހާރު ވަނީ ދެ އަހަރު ވެފަ އެވެ.
ސާންތީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. ގައުމީ ޓީމުގައި ކެރިއަރުގެ ކުރީކޮޅު ހޭދަކުރި ސާންތީ ފަހުން ވަނީ ކްލަބް ފުޓްބޯޅައިގައި ވެސް މަސައްކަތްކޮށްފަ އެވެ.
އެގޮތުން ކްލަބް އީގަލްސް އަށް ވެސް ގިނަ އަހަރުތަކެއްގައި ކޯޗުކޮށްދިނެވެ. އޭނާ ވަނީ 2019 ގައި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އަދި 2020-2021 ގެ ސީޒަނުގައި މާޒިޔާ ބަލިކޮށް އެފްއޭއެމް ޗެރިޓީ ޝީލްޑް ވެސް އީގަލްސް އަށް ކާމިޔާބުކޮށްދިނެވެ.
ޢީގަލްސްގެ ކޯޗު ކަމާ ދެ ވަނަ ފަހަރަށް 2023 ގައި ހަވާލުވެ، އެ ސީޒަނުގެ ވަކި ހިސާބަކުން ސާންތީ މަސައްކަތުން އަތް ދޫކޮށްލީ ސިއްހީ މައްސަލަތަކެއް ފާހަގަ ވުމުން ފަރުވާ ހޯދުމަށެވެ. ޖޫން 2023 ގައި ސާންތީ އީގަލްސްއާ ވަކިވީ، އޭނާގެ ގާތް އެކުވެރިޔާ އަދި ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާ ހަވާލު ކުރުމަށް ފަހު އެވެ.
ސާންތީ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމާއި، 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނުގެ މަގާމް ވެސް ފުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހީ
27 March 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޙުސެއިންބެ
23 March 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އަހުމަދު،ވިލިމާލެ.
23 March 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލައްވާށި! އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمیـــــــــــــن یارب العالمين
ކައުންސެލަރު...
23 March 2025
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިއޫން. މަރުހޫމްގެ ފާފަފުއްސަވާ ސުވަރުގެވަންތަވެރިޔަކު ކަމުގައި ލައްވާށި. އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން
ރަދީފްއޮފިޝަލް
23 March 2025
اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُون ފުޓްބޯޅަ އާއިލާއިން ފެނުނު އެންމެ އަހްލާގް ރަނގަޅު މަޑުމައިތިރި ބޭފުޅާ.މެޗް އެނެލިސްޓެއްގެ ގޮތުގަ މަސައްކަތްކުރިއިރު ވެސް އޯޑިއަންސަށް ގެނެސްދިން ގިނަ މައުލޫމާތުތަކަށް ޝުކުރިއްޔާ.ވަރަށް ނައިސް މޭން އެއް. ވ.ވެދުން
ނިޔާޒްމ
23 March 2025
މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް ލެއްވުން އެދި މާﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އާމީން
ވަހީ
23 March 2025
ވަރަށް ހިތްހެޔޮ އަޚުލާގު ރަގަޅު ބޭފުޅެއް މަރުހޫމް އިހުސާންގެ ފުރާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާއާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
އޮނަރަބްލް އަފީފު ދީދީ
23 March 2025
نَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.
سهانة
23 March 2025
انا لله وانا اليه راجعون . مرحوم ގެ ފާފަ ފުއްސަވައި، ސުވަރުގޭގެ މަތިވެރި نعمة މިންވަރު ކުރައްވާނދޭވެ. آمين.
ވަރަށް ދެރަ ވެއްޖެ.
23 March 2025
انالله وانا اليه راجعون