އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
28 މާޗް 2025 - 18:16
ޅ. ނައިފަރުގައި ވަގުފު ފަންޑުގެ އެހީގައި ގުރުއާން ލާނިން ސެންޓަރެއް ތަަރައްގީކޮށްދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ނައިފަރަކީ ގިނަ އަދަދެއްގެ ކުދިންތަކެއް ގުރުއާން ހިތުދަސްކުރި ރަށެއް ކަމަށާއި އެ ރަށުގައި ވަގުފު ފަންޑުގެ އެހީގައި ގުރުއާން ލާނިން ސެންޓަރު ތަރައްގީކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ ނިންމެވުން ނިންމެވީ އެ ގުރުއާން ލާނިން ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީ އެވެ.
އެހެންވެ، އެ ސެންޓަރަށް ވަގުފު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމިއިރު މީގެ ދެ ދުވަހެއް ކުރިން ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލުކޮށްގެން 24 ފަރަތާކަށް ލިޔުންދިންއިރު އޭގެ ތެރެއިން ހަތަރު ދަރިވަރުންނަކީ މި ސެންޓަރުން ގުރުއާން ހިތުދަސްކުރި ކުދިންނެވެ.
އެކަމަކު އެ ސެންޓަރުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. ފާރުތަކުގައި ރެނދުލާއި އެތަނުން ފެން ވަންނަ މައްސަލަ ބޮޑުވެ، އެތަން ހިންގަމުންދާ ފަރާތުން ވެސް އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
މިނިސްޓްރީން ވަގުފު ފަންޑު އުފެއްދީ މިސްކިތްތައް އިމާރާތް ކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެން ގޮތްގޮތުން ވެސް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ޖަމާކުރެވޭނެ މަގެއް ފަހިކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސަަސް
29 March 2025
ތިޔައީ ދައުލަތުގެ ތަނެއްތޯ؟ ނޫނީ އަމިއްލަމީހެއްގެ ތަނެއްތޯ؟ ތިތާ ކުދިން ކިޔަވަނީ ހިލޭތޯ؟ އަމިއްލަ މީހެއްގެ ތަނަކަށް ތިޔަހެން ދެވެންޏާ އެހެން ރަށްރަށުގެ ކުލާސްތަކަށްވެސް ދެވެންވާނެ. އިންސާފުވެރިކަމާއެކު ކުރަންޖެހޭނީ.
ނައިފަރު މީހާ
28 March 2025
އަމިއްލަ ފަރުދެއްގެ ގޭގެ ގްރައުންޑް ފްލޯރ ހެދުމަށްޓަކާ ޙިފްޒު އިންސްޓިޓިއުޓެއްގެ ހިޔަނި މީސްތަކުންނަށް ދައްކައިގެން މިއޮތްފަދަ ރޯދަމަހު ފައިސާ އެއްކުރަމުން އެދަނީ ދީނީ ޢިލްމުވެރިއެއް. ޝެއިޚް ނާޒިލް ޙިފްޒު އިންސްޓިޓިއުޓް އަދި ވުޖޫދުގައި ނުވެސް ނެތް. އެ ނަމުގައި ސޯލް ޓްރޭޑާއެއްގެ ނަން ރެޖިސްޓްރީކޮށްގެން ބޭންކް އެކައުންޓެއް އެ ނަމުގައި ހުޅުވައިގެން އެ ހިންގަނީ ބޮޑު ސްކޭމެއްފަދަ ކަމެއް. ވަރަށް ލަދުވެތި ދެރަވަރު ކަމެއް.
ކަންކަށި
28 March 2025
އޭ އަބްދޯ ކަލޭ ދޮ މިތާ ތި ކޮމެންޓުކުރަނީ.
ސަރުބަތުވާލާ
28 March 2025
މީގެ 14 އަހަރުކުރިން އުރަށު މުދިމަކަށް ހުރި މީހާ ކުރިކަމަކީވެސް ސްކޭމްއެއް. މާލޭގެ ބޮޑެތި ކުންފުނިތަކުންނާ ވިޔަފާރިވެރިންނަށް ނައިފަރު އޮފީހުގެ ތައްގަނޑުޖެހި ލިއުމެއް ދައްކައިގެން މިސްކިތަށް އެހީ ހޯދުމުގެ ނަމުގައި އިމާރާތްކުރީ އަމިއްލަގެއެއް. އެތައްބައިވަރު ފައިސާއެއް ހޯދި. މިކަމުގައި ކައުންސިގެ ބޮޑުކައްކާއެއްގެ އެހީތެރިކަންވެސް ބަރަށް ބޮޑަށް ދެއްވި.
ފްރީޓްރޭޑް
28 March 2025
ކިއެއްވެތޭ މިފެންވަރަށް އެހެން ވުޒާރާ ތައް ނުހިނގަނީ ޗައިނާ އާއި އެކު ހަދާފައިވާ ފްރީޓްރޭޑް ގެ ސަބަބުން ރާއްޖެ އަށް އެއްވެސް ފައިދާ އެއް ނުކުރޭ ޑޮލަރުން އަދިވެސް ޗައިނާ އަށް ޕޭކުރަން ޖެހެނީ ބަދަލުގައި ޗައިނާ ޔުއާން އާއި ދިވެހި ރުފިޔާ އިން އެވިޔާފާރި ކުރެވޭނެ ޕޭމެންޓް ގޭޓްވޭ އެއް އިކޮނޮމިކް މިިނިސްޓަރަށް ނެހެދުނޭ އަހަރު ދެބައިވަނީއޭ އަދި ވެސް ޗައިނާ ފްރީޓްރޭޑްގެ ހަގީގީ ފައިދާ ދިވެހިރާއްޖެ އަށް ނުކުރެއޭ ދެން ކޮބާ އެމެރިކާ އާއި އެކު ހަދަން ޖެހޭ
ސޮއްޓި
28 March 2025
އަނެއްކާ ތިބޭޅާގެ އަމިއްލަނަފްސް ކެމްޕެއިނެއް ނުޖައްސަވައްޗޭ،
ކިޔަވައިގެންނޭދޯ
28 March 2025
ނައިފަރު ގުރުއާން ލާނިން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކީރިތި ޤުރުއާނަށް ލޯބި ޖައްސާ އަދި ރީއްޗަށް ޤުރުއާން ކިޔަވާ ގިނަ ދަރިން ތަކެއް އެބަޖެހޭ ނައިފަރުން ނެރެން މިހާރު ނައިފަރުގެ ޒުވާން ޖީލުގެ ބޮޑު ބައެއް ބްރޯކެން އިންގްލިޝް އާއި ދިވެހ މިކްސް ކޮށްގެން ޚާއްސަ ކޮށް ޒުވާން އަންހެން ވެރިން އެކަންކުރާތީވެ އެކަން ކަމަކީ އެއީ ގައުމާއި ދީނަށް ކުރެވޭ ފުރައްސާރަ ކަމަށް ބެލެވޭނެއޭ އެކަންކަން ހުއްޓޭނީ ކީރިތި ޤުރުއާން