ހިމަންދޫ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ އަނދަނީ. --
04 އެޕްރީލް 2025 - 09:17
އއ. ހިމަންދޫގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިއަދު ފަތިހުގެ ވަގުތެއްގައި ރޯވެފައިވަނީ 'ކައެލް ވިންގް' ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ.
އެއީ އެ އަތޮޅު ފެރިދޫ، މާޅޮސް އަދި ހިމަންދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ލޯންޗުގައި ރޯވީ މިއަދު ހެނދުނު އެ ރަށުން ފުރަން ތައްޔާރުވެފައިވަނިކޮށެވެ.
އެ ލޯންޗު އެކީގައި ރޯވެ، އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.
ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލޯންޗު އަނދާ އަޅިއަށްވެ، މިހާރު ފަޅު ތެރެއަށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.
ލޯންޗުގައި ރޯވާން މެދުވެރިވި ސަބަބު އަދި ސާފު ނުވާއިރު، މި ހާދިސާ އާ ގުޅިގެން ފުލުހުން އަދި އެމްއެންޑީއެފުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސުން
04 April 2025
ރޯވާ މޫސުން އައީ.
އ
04 April 2025
ތީ ވަރައް ލޯންޗު ރޯވާ ފަޅެއް....
ގުދުގުދާބެއްޔާ
04 April 2025
މިއީ ރަށްރަށުގެ މީހުންގެ ކަށީގަ ހިފާފައިވާ އާދައެއް! މީހުންގެ ތަކެއްޗައް ގެއްލުން ދިނުން! ގިޔާމަތް ދުވަހުން ބަދަލުދޭން ޖެހާވަގުތު އެއްޗެއް ހިތައް އަރާނެތާ!
ހަބީބު.
04 April 2025
ހަރުކަށި ފިކުރުމީހުން ދެކޭގޮތުގަ އެމީހުންނޫން ހުރިހާ މީހުންނަކީ ކާފަރުން ޓީވީބެލުމާ ވެކްސިންދިނުމާ ފަރުތުވެރިންނައް ހިދުމަތްދިނުމާ ފޮޓޯނެގުމާ ގައިގަ ތެޔޮދެމުންވެސް އެއީ ހަރާންކަމެއް ވީމާ ސަރުކާރުން އެބަޖެހޭ ހަރުކަށި ފިކުރު މީހުން ކިބައިން ގައުމު ސަލާމަތްކުރަން މަސަތްކަތްކުތރަން މީހުން ގޮއްވާލުމާ މީހުންގެ މުދަލައް ގެއްލުން ދިނުމަކީ ބަލައިގަނެވޭ ކަމެއްނޫން ވެކްސިން ދިނުމާ ސްކޫލައް ދަރިން ނުފޮނުވަ މީކޮންފަދަ ކަމެއް
ސެނޯރާ އެވޭކް
04 April 2025
ވާދަވެރިންގެ ކަމެެއްބާ؟
އެންޖޯއިޑް
04 April 2025
ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުން ދަނީ ލިބެމުންނޭ އަލިފާނުގެ ހާދިސާ ތަކުން ރޯދަ މަސް ނިމުމާއި އެކު ބޮޑު އާގުބޯޓެއްގައި ރޯވެ އަދި އެކަކު ގެއްލިއްޖެ މިކަމުގައި ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނީ ކަމާއި ގުޅޭ ވަޒީރު ގައްސާނު އެކަަމަކު އޭނާ މާލޭގައި ނޫޅޭތާ 20 ދުވަސް ވަނީއޭ މިއިން އެގިގެންދަނީ މިސަރުކާރުގައި ވަޒީރުންނަކީ އެއީ ޒިންމާ އަށް ވުރެން ބޮޑަށް މަގާމް ގެ ބޭނުމުގައި ތިބޭ ބައެއް ކަން ދެން އެމަގާމް ގައި ތިބެގެން ސަރުކާރުގެ ފައިސާ އިން
ތަމެންދޯ
04 April 2025
ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދަކަށް އަލިފާނުގެ ހާދިސާ ތައް ހިނގައިގެން އެންމެ ބޮޑެތި ގެއްލުން އާންމުންގެ މުދަލަށާއި ސަރުކާރުގެ މުދަލަށް ލިބެމުންދަނީ މުއިއްޒުގެ ވެރިކަމުގައޭ އެކަމަކު މުއިއްޒު އެދުވަނީ ލިވަރޕޫލް ސްޓޭޑިއަމް ތެރޭގައި ޑޮނާޑް އިން ޕްރިންޓް ކުރި ޓީޝާޓެއް ފޮޓޯ ނަގަމުން ދައުލަތުގެ މާލިއްޔާ އިން އެކަމަށް އެތައް ސަތޭކަ މިލިއަން ތަޅާ ބުރުއްސަމުންދަނީ އެމެންނަށް ނުފެނޭ ގައުމުގެ ރައްޔިތުންނަށް ވާ ގެއްލުން އިނގޭހެން އެންޖޯއިކުރަނީ
ގައުމެއް ނެތް
04 April 2025
ވަރަށް ހީވޭ ހަރުކަށި ފިކުރުގެ ކަމެއްހެން. ހަރުކަށި ފިކުރުގެ މީހުން އަބަދުސް ތިބެނީ ތިޔަ ކަހަލަ ކަންކަމަށް ވަރަށް ތައްޔާރު ވެގެން.. ހާއްސަކޮށް ހިމަންދޫގައި ވެއްޖެއްޔާ ވަރަށް ޕޮސިބިލިޓީ ހައި އޭގެ ބަޔެއްގެ އަތެއް ވާނެ ކަމަށް..ތަޙްޤީޤު ފުޅާކޮށް ކުރުން މުހިއްމު
ނަމީބާ
04 April 2025
ކީއްވެތަ “ހަރުކަށި” “މަޑުކަށު” މީހުންނޭ ތިޔަ ކިޔަނީ؟ ކީއްވެތަ ތިޔަހާ މީހުންދެކެ ނަފުރަތު ކުރަނީ؟ ތިބާގެ ހިތް އެކަނި ތަނެއްގައި އިދެ ވިސްނައިގެން ސާފުކޮށްބަލަ. މީހުންނަށް ރަނގަޅު ހީ ކޮށްބަލަ
ކަށި
04 April 2025
ދެން ތިއީ ކޮން ކައްޓެއް؟ %100 ރަގަޅު ކައްޓެއްތަ ނޫނީ ގަޑީގައި ހުންވައްތަރުގެ ކައްޓެއްތަ؟ ކަށީގެ ކޮލަޓީ ބަލާ ކައްޓެއްތަ!
ލައިޓް
04 April 2025
އިންޖީނުގައި އާވިން ( ފިއުލް ފިއުމް ) ރޯވުމަކީ އަދި އިންޖީނު ގޮވުމަކީ ހިނގާކަމެއް! އެނގޭތީ ބުނެލީ!
ކިޔަމުންދޯ
04 April 2025
މިއަހަރު ތެރޭގައި އަލިފާނުގެ ކިތައް ހާދިސާ ހިނގައިގެން ކިހާ ބޮޑު ގެއްލުމެއް އާންމުންގެ މުދަލަށް ލިބިެއްޖެތޭ މިކަންކަން ރަނގަޅަށް ބަލާ މިކަމަށް ޓަކައި ހުރި ގަވާއިދު ތައް ހަރުދަނާ ކޮށް ހަދާ އަދި އަލިފާނުގެ މަސައްކަތް ކުރާ ފަރާތް ތައް އެކެޑެމިކަލީ ވަރުގަދަ ކުރުމަށް ޓަކައި ރާއްޖޭގެ ކޮލެޖްސް ތަކާއި ކޮލިފިކޭޝަން އޮތޯރިޓީ އާއި ގުޅިގެން ޑިފެންސް މިނިސްޓަރު ގައްސާނު ކުރާ ހަމަ އެއް ކަމެއްވެސް ނެތޭ އެކަމަކު އޭނާ ކޮންމެ މަހަކު މުސާރަ ދަމައިގަނޭދޯ އަންބާ
ހަމަނޭގެނީއޭދޯ
04 April 2025
މިރާއްޖޭގައި އަލިފާނުގެ ހާދިސާ ތައް ތަކުރާރު މިވަނީ އެމްއެންޑީއެފް ދަށުގައި އޮންނަ ފަޔަރ އެން ރެސްކިއު ސާރވިސް އިން އިންސްޓިޓިއުޝަން އެއް މަސައްކަތް ކުރާ ގޮތަށް އެތަން ނުކުރާތީއޭ ބަލަގަ ރާއްޖޭގައި އަލިފާނުން ރައްކާތެރި ކޮށްދޭ ނިޒާމް ފަރުމާކުރުމާއި ބެހެއްޓުމާއި އަދި ބެލެހެއްޓުމުގެ ކަންކަން ކުރާނެ ގޮތުގެ ސިލަބަސް އެއް އެކުލަވާލާ ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ޑިގްރީ ފެންވަރަށް މިބައި ކިޔަވާދެވޭތޯ ވެސް އެމްްއެންޑީއެފް އިން ނުބަލާ ގައްސާނު މެންނަށް