ޕީޕީއެމްގެ ދުވަސްވަރު ބޭއްވި ޖަލްސާއެއްގައި މިހާރުގެ ރައީސް މުއިއްޒާއި މިހާޜުގެ މިނިސްޓަރު ސައީދު އަދި ރައީސް މުއިއްޒަށާއި ސަރުކާރަށް މިހާރު އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖަމީލް މަޝްވަރާއެއްގައި.--- ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
18 އެޕްރީލް 2025 - 17:15
ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެއީ ޒުވާނުންނާއި ތަހުޒީބު މުސްލިމުން ބަަލައިގަންނާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެއްގަ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ޖަމީލް ވިދާޅުވީ، ފަތިސް ނަމާދުކުރިޔަސް "މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާން ކަމަށް" ހަދީސްގައިވާ ކަމަށެވެ.
"ކިތަންމެ ވަރަކަށް ޓީވީއާ އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް އެރިޔަސް ތިއޮތީ ހަދީސެއް، މި މަކަރު ހަދާފައި ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް އެ އޮތީ ހަދީސްގައި އަންގަވާފައި،" ޖަމީލް ވިދާޅުވެ އެވެ.
އެއާ ވިދިގެން ދެން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ނާއިފް ޝައުކަތު ވެސް ވަނީ ރައީސް މުއިއްޒު "މަރުވާނެ ނަމައޭ" މީހުން ހިތަށް އަރާ ކަމަށާއި ކޮފީ މޭޒުތަކުގައި ވެސް ދައްކަނީ އެ ވާހަކަ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެ ވާހަކަތަކާ ގުޅިގެން ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2007 ގައި ރާއްޖޭގައި ނިޒާމީ ވޯޓު ނެގުމުގެ ކުރިން އޭރު ރާއްޖޭގައި އޮތް ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ވީޑިއޯގައި ފެންނަ ބޭފުޅާ [ޖަމީލް] ރުންކުރުވެ، އެ ތަނުގައި ތިބި ރައްޔިތުންނަށް "ނާގާބިލަށް ޖާހިލަށް ގޮވުމަށް ފަހު ނަފްސު ކޮންޓްރޯލް ނުވެގެން ސްޓޭޖް ދޫކޮށް ދިޔަ" ކަމަށެވެ.
ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާއި ސުވަރުގެ އާއި ނަރަކަ އަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާ މެދު ވެސް ތިމާ އަމިއްލަ އަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި،"--- ސައީދު
ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ ކުރެއްވި އެ ޕޯސްޓުގައި ސައީދު ވިދާޅުވީ އޭގެ 17 އަހަރު ފަހުން ވެސް މި ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ.
"ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށް ވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.
މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ، ހޭބުއްދި ލުހި، އަނބިދަރިންނާ އާއިލާތަކުގެ ކަރާމާތަށް" އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ސައީދު ނުރުހުން ފާޅުކުރެއްވި އެވެ.
"ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާއި ސުވަރުގެ އާއި ނަރަކަ އަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާ މެދު ވެސް ތިމާ އަމިއްލަ އަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި،" އެ ޕޯސްޓުގައި ސައީދު ވިދާޅުވި އެވެ.
އެ ގޮތްގޮތަށް ވާހަކަތައް ދައްކަވާ ބޭފުޅުންނާ ބަލާއިރު، ރައީސް މުއިއްޒަކީ ތަފާތު ހަރުދަނާ އަދި މަޑުމައިތިރި، ރީތި އަހުލާގެއްގެ ބޭފުޅެއް ކަމަށާއި އަނެކުންގެ ކަރާމާތް އެ މަނިކުފާނު ހިފަހައްޓަވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވައުދުފުޅުތައް ފުއްދެވުމަށް ކުރާ މަސައްކަތްޕުޅުތައް ކާމިޔާބުވެ، ރައްޔިތުންގެ ލޯބި އިތުރުވާ މަންޒަރު ފެނުމުން، "ހަމައިން ނެއްޓުމަކުން" ވާނެ މޮޅެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލުމާކު
19 April 2025
މަގޭ ސުވާލަކީ “ތަހުޒީބު” މުސްލިމުން މީ ކޮން އާ މަޒުހަބެއްބާވައޭ؟
އިހްސާސް
19 April 2025
މަވަކި މިސަރުކާރަކަށް ތާއީދު ކޮށްގެނެއްނޫން މިއުޅެނީ. އެކަމަކު ޗަބުނިހެން ޖަމީލަށް މައިކު ލިބިއްޖެޔާ ހުންނަވަނީ ކިޔޭނުކިޔޭ ނޭގޭވަރުގަ.
މިޖާޒު
20 April 2025
ޖަމީލުގެ ފަރާތުން މިފެންނަނީ އަބަދުވެސް ބޭގަރާރުވެގެން ޖަޒުބާތުން ނައްޓާލައެިގެން އެކަމުން އަރާނުގަނެވިގެން އުޅޭތަނެވެ. ދެން އެހުރިމީހާ ރައީސް މުއިއްޒުގެ މަރަށްއެދުމަށްފަހު އެޒިއްމާ އެޅުވީ ކޮފީބޯ ދިވެހިރައްޔަތުންގެ ބޮލުގައެވެ. ވޯޓުލުމުގައި މިދުވަސް ޕީޕީއެމް ރިކޯޑުގައި ބާއްވާނަމެވެ. އަދި ޖަމީލާއި ނާއިފު ކޮންމެ ޕާޓީއެއްގައި ތިއްބަސް ހަދުމަ ބަހައްޓާނަމެވެ. ލީޑަޝިޕަކީ ބުނެވޭ ބަހުގެ ޒިއްމާ ނަގާމީހުންނެވެ.
ބައްބެ
19 April 2025
އިދިކޮޅު ސައިޒައް ކުރަން އަވަސް ވޯޓެއް ނަގަން ހިނގާ.
ކަލޭ
19 April 2025
ކަލޭމެން ދެއްކި އެއްޗެއް މިހާރު ހަނދާނެއްނެތް ސަހަނރޯ.
ހޮޓްކިންގ
19 April 2025
ސައީދުތީ ބަންކަރިންއިން ދުއިސައްތަ މިލިއަން ޑޮލަރު ވެއްތި މީހާ. ޑައްކާވާހަ އޮތަ ކޮބައި ފެންއުފުލި ބާޖު؟
އަސަރަފަ
18 April 2025
އަހަރެމެން އަދިވެސް ވޯޓްލާނީ ރައީސް ޔާމީންނަށް
އަކްޝަމް ހަލީމް
18 April 2025
މަ މިހާރު ތާއިދު ނުކުރަން ޔާމީންއަށް. މަ ކުރަނީ ރައީސް މުއިއްޒްއަށް. މާ ރަނގަޅު އޭނަ
އަހްމަދު މުހައްމަދު އަލީ
18 April 2025
10 މީހުން ލައިގެން ބާއްވާ ބަދިގެ ޖަލްސާގައި މިދައްކާ ހަޑި ވާހަކަތަކެއް ދޯ ދެން. ކީކޭ ބުނާނީ
ލިހާޒް މުހުސިން
18 April 2025
ސައީދު މިބުނީ ރަނގަޅު ވާހަކައެއް. މިހާރު ސިޔާސީ ވެގެން ގޮސް އިބޫ ދައްކަން ނުޖެހޭ ކަހަލަ ވާހަކަ ޕީއެންއެފް ޖަގަހައިގަ ދައްކަނީ. ލަދު
ޒިހުނީ މުހައްމަދު
18 April 2025
އަސްލުވެސް. ސިޔާސީ ވެގެން ގޮސް ކިޔޭ ނުކިޔޭ އެއް ނޭގޭ ހިސާބްގަ މިތިބީ އިދިކޮޅުން. ހާއްސަކޮށް ޔާމީން ޕާޓީ