ޚަބަރު / އިސްލާމިކް ޔުނިވަސިޓީ

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ރައީސް މުއިއްޒު މިރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

19 އެޕްރީލް 2025 - 23:18

14 comments

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި މ. ތޮއިބާ ޝައިހު އިސްމާއިލް މުހައްމަދަށް މިރޭ އަރުވައިފި އެވެ.

މިއީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިރޭ ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި އިސްމާއިލަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިހާރު އުމުރުން 90 އަހަރު ވެފައިވާ ދ. މީދު އަށް އުފަން އިސްމާއީލް ވެފައި ވަނީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަށް ވެސް މެ އެވެ. އެއީ 1970 ގެ އަހަރުތަކުގަ އެވެ.

މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި އިސްމާއިލް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްފައިފަ އެވެ. ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން އިސްމާއިލްގެ އެހީތެރިކަމާ އެކު ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ދެއްކި އިސްމާއިލްގެ ތައާރަފު ޕްރެޒެންޓޭޝަންގައި ބުންޏެވެ.

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ރައީސް މުއިއްޒު މިރޭ އަރުވާއިރު އަރިހުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޒާހިރު ހުސައިނާއި ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު.---ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ބައެއެއް ބޭފުޅުންނަކީ މިރޭގެ ޕްރެޒެންޓޭޝަންގައި ބުނިގޮތުން ނަމަ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާއި ޑރ. އަލީ ޒާހިރާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި ޑރ. އަހުމަދު ޒާހިރާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޑރ. އަޝްރަފް އަބްދުއްރަހީމާއި ޑރ. އާދަމް ޝަމީމާއި ޑރ. މުހައްމަދު ގުބާދު އަބޫބަކުރާއި ޑރ. އަބްދުﷲ ޖަމީލާއި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޑރ. ހަސަން ސައީދާއި ޝައިހު މުހައްމަދު ލަތީފާއި ޝައިހު އަހުމަދު ފާރޫގު މުހައްމަދާއި ޝައިހު ޝުއައިބު އަބްދުއްރަހުމާނާއި އަހުމަދު ފާއިޒު ހުސައިނާއި ޝައިހު ފައްޔާޒު އަލިމަނިކާއި ޝައިހު އަބްދުﷲ މުހައްމަދު އިބްރާހީމާއި ޝައިހު އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އާއި ޝައިހު އަހުމަދު ސަމީރާއި ޝައިހު ހުސައިން ރަޝީދު އަހުމަދާއި ޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އެވެ.

ތޮއިބާ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާ މެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަކި ހިސާބަކުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ވަޑައިގެން ޖާމިއާ ސަލަފިއްޔާގެ ވަޒީފާއަކަށް އިސްމާއިލް ނުކުންނެވި އެވެ. ޕާކިސްތާނުގައި ދީނީ ދަރުސް ދެއްވަމުން ވެސް އިސްމާއިލް އެންމެ ބޮޑު އިސްކަމެއް ދެއްވީ އޭރު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންނަށް ހިދުމަތްތަކެއް ކޮށްދެއްވުމަށެވެ.

ބޮޑެތި ގޮންޖެހުންތަކާއި ފިއްތުންތަކާ އެކު ވެސް އިސްމާއިލް ވަނީ މިހާތަނަށް ދީނީ 40 ފޮތް ނެރުއްވައިފަ އެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި ގޭބަންދުގައި ވެސް ދުވަސްތަކެއް ވަންދެން ހުންނަވަން ޖެހިވަޑައިގެންނެވި އެވެ.

އިސްމާއިލްގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިދިޔަ މާޗު 5 ގައި ވަނީ ފައްޓަވައިފަ އެވެ.

14 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަގޭ

20 April 2025

ޝައިޚައް މަރުހަބާ އަދި އެމަނިކުފާނު ތަޢްލީމް ފެތުރުއްވުމާއި ދެއްވުމަށް ކުރެއްވި މަސައްކަތައް ވަރަށް ބޮޑަށް ޝުކުރުވެރިވަން

The name is already taken The name is available. Register?

ދިރާސާކުރައްވާ

20 April 2025

ޠޮއިބާ ސްކޫލް ބަންދުކުރީ ރައީސް ނާސިރުގެ ވެރިކަމުގައި. އޭގެ ފަހުން އެތަނުގައި ރަސްމީ ސްކޫލެއް ނޫން ހިންގީ. މައުމޫންގެ ދައުރުގައި ބިން ސަރުކާރުގެ ބިމަކަށްވާތީ އެހެން ބޭނުމެއްގައި އެތަން ސަރުކާރަށް ނެގީ.

The name is already taken The name is available. Register?

ހާޖީބޭ

20 April 2025

ނޭނގޭނަމަ އޮތީ މަޢޫލޫމާތު ހޯދުމެވެ. ޠައިބާ ސްކޫލް ނާޞިރުގެ ވެރިކަމުގައި 1976 ހާތާ ސަރުކާރުން އަތުލި. އޭގެ ފަހުންވެސް އެތާ ހިނގީ ސްކޫލެއް. އެ ސްކޫލަށް ޝައިޚް އިސްމާޢީލް ފަހުން ކިޔަވައިވެސް ދެއްވި ރާއްޖެއިން ވަޑައިގަތުމާ ހަމައަށް. އެ ސްކޫލް ބަންދުކުރީ މައުމޫނު. މައުމޫނު ދައުރުގައި 1986 ގައި.

The name is already taken The name is available. Register?

ދީދީބޭބެ

20 April 2025

ދިރާސާކޮށްފަ ވާހަކަ ދައްކާ. މައުމޫނު އެ ސްކޫލް ބަންދުކުރީ. މިހާރުވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓްޓިސްޓިކްސްގެ ވެބްސައިޓް ބަލާބަލަ. އަދިވެސް އެބައޮތް އަޕްލޯޑުކޮށްފައި 1985 ވަނަ އަހަރު މާލޭގެ ސްކޫލުތަކުގެ ދަރިވަރުންގެ ތަފާސްހިސާބު. އޭގައި އެބައޮތް މަދްރަސަތުއްޠައިބާ ގައި 1985 ވަނަ އަހަރު 61 ދަރިވަރުން ތިބިކަމަށް. 1986 ގައި އެތާ ނެތް އެއްވެސް ކުއްޖެއް. ވީއިރު އެތަން އުވާލުން އެއީ މައުމޫނުގެ ޖަރީމާ.

The name is already taken The name is available. Register?

ޢިސްލާހުބެ

20 April 2025

ޝޭހަށް އުފާވެރި ދުވަހެއް. މައުމޫނަށް ހިތާމަވެރި ދުވަހެއް

The name is already taken The name is available. Register?

ޢައްބާސް1

20 April 2025

މައުމޫނަށް ކޮންކަމަކާތޯ ހިތާމަވެރިދުވަހަކަށް ވާނީ؟ މައުމޫން ޢ ޤައްޔޫމަކީ ޢިލްމީގޮތުން ނުފޯރައިގެން އުޅޭ މީހެއްނޫން. އަދި މީހަކު ޢިލްމު އުނގެނިގެން އެކަމާ ޖެލަސްވެގެން އުޅޭ މީހެއްވެސްނޫން. ފުރިފަ ފުދިފަ ހުރި ބޭފުޅެއް.

The name is already taken The name is available. Register?

ސޭކުބެ

20 April 2025

ބައެއްމީހުންނަށް ހީވާކަހަލަ މައުމޫންގެ ވެރިކަމުގައި ދީނީ ބައެއް އިލްމުވެރިން ބަންދުކުރީ އެމަނިކުފާނު އިލްމުވެރިންނާ އަދި އިލްމު ފަތުރާ ފަރާތްތަކާ ޖެހިލުންވާތީއޭ. އެއީ އެއްގޮތަކަށްވެސް އެގޮތަށް ހިނގި ކަންކަމެއްނޫން. އޭރު ދިވެހިންގެ ތަންދޮރުދަތުން އޮތްމިންވަރުން ދީނީ އެކި ރައުޔުތައް ދަނެގަނެވޭވަރަށްވުރެ އާއްމު ދިވެހިންގެ ޤާބިލްކަންކުޑަ. މީހުންގެ ތެރޭގައި ބައިބައިވުންއުފެދި ދީނީ ބޮޑު ފިތުނަޔަކަށްވެދާނެތީ އެކަންކަން ހުއްޓުވީ.

The name is already taken The name is available. Register?

1206

20 April 2025

މައުމޫނަކީ އޭނާގެ ވެރިކަމުގައި އޭނާއި ޝާނާއި ޝައުކަތު އޮތް ދުވަސްވަރުގައި ޢިލްމުވެރިކަމުގެ ގޮތުން އޭނާ ރައުޔާއި ޚިލާފުވި އޭނާއަށް ވުރެ ޢިލްމަށް އެތަށް ގޮތަކުން ބޮޑު އެތައް ޢިލްމުވެރިންނަކަށް މި ފަސްގަނޑުގައި ދުއްތުރާކޮށް ޖަލަށްލައި އަނިޔާކޮށް، މި ފަދަ އެތައްއެތައް ކަމެއް ކޮށްފައި ހުރި އަނިޔާވެރި ޚުދުމުޚްތާރު ވެރިއެއް. މި ކަންކަން ހަނދާންނެތޭ ހާ ދުވަހެއް އަދި ނުވޭ ކޮއެފުޅާ. ހުދު ހެދުން ލީމާ ޖިބްރީލް ހެދުނަކަސް ތިޔައީ ފުކެއް ބޮޑުވަރު ތައުރީފުކުރަން

The name is already taken The name is available. Register?

ހުސައިން

20 April 2025

ޝެއިޚަށް ފުރިހަމަ ސިއްޙަތެއް ދެއްވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

މުބާ.

20 April 2025

ތީ ސިޔާސީ އެއްޗެއް. ތިއެންމެ ހައްގުވާ ދެބޭފުޅުންނަކީ ރައީސް މައުމޫނުއާ ޝެއިޙް އިބުރާހިމް ރަޝީދުމޫސާ.

The name is already taken The name is available. Register?

ތައްކާނޭ

20 April 2025

މައުމޫނު މީހުން ޖަލައްލީ. އަނިޔާ ކުރީ. ކިޔެވުން މަނާކުރީ. ދެން ކޮން އިނާމެއް. އޭނާގެ ވެރިކަން ގެއްލިދާނެތީ ދީނީ ކިޔެވުން ކިޔަވާމީހުން ޖަލަށްލަނީ. ގޭ ބަންދުކުރަނީ. އެއީ ކުރިކަމަކީ. އައި.ޔޫ.އެމް ގެ ނިންމުން ބަރާބަރު

The name is already taken The name is available. Register?

ފިތުނަ ނުކުރޭ

20 April 2025

އިސްމާޢީލަށް ދެއްވުމަކީވެސް މައްސަލައެއްނޫން. މައުމޫން ދީނީ ޢިލްމަށް އެއްވެސް އިރެއްގައި ހުރަސް ނާޅާ. އެމަނިކުފާނަކީ ރާއްޖެ މިދެކޭ ޢިލްމީ ޖީލު ބިނާކުރެއްވި ބާނީ. ރާއްޖޭގަ އަރަބި އިސްލާމީ ތަޢުލީމު ފަށްޓަވާ ކުރިއަރުވާ، ފައްކާކޮށް ތާޒާކުރެއްވި ބޭފުޅަކީ އެއީ. ތިޔަ ޔުނިވަރސިޓީއަކީ އެކަމުގެ ފެށުން. 1401 ވަނަ އަހަރު ވުޖޫދަށް ގެންނެވި މަޢުހަދުއްދިރާސާތުލް އިސްލާމިއްޔާއަކީ ތިޔަ ޔުނިވަރސިޓީގެ ފެށުން.

The name is already taken The name is available. Register?

ޢާދަމް

20 April 2025

ހަޤީޤީ ބަތަލުންނަކީ މިޢީ. ޝެއިޚް އިސްމާޢީލަށް މާތް ﷲ ދިގު އުމުރެއް ދެއްވައި ބަރަކާތް ލައްވާށި! އާމީން

The name is already taken The name is available. Register?

ރުންކުރު

19 April 2025

ޤައުމު ފަހުރުވެރިވާ ފަދަ އަގުހުރި ދިވެހި ދަރިއެއް. ވަރަށް ހެޔޮ ދުއާ ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454