އައިޔޫއެމުން މި އަހަރު ގްރެޖުއޭޓުވި ދަރިވަރަކާ ރައީސް މުއިއްޒު ރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 އެޕްރީލް 2025 - 00:47
ސަތޭކަ ޕަސެންޓު އިސްލާމީ މި ގައުމުގައި ރީތި އާދަތައް އަށަގެންނެވުމާއި ދިރުވުމަކީ އިލްމު އުނގެނިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކޮށްފި ނަމަ ގައުމާއި މުޖުތަމައު ވެސް ދުވަހެއް ދުވަހަކަށް ދާނީ ފަހަތަށް ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިންސާނުންނަށް ﷲ އިލްމު ދެއްވެވީ އެ އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަމަށާއި އެކަން ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށެވެ.
"ހިފަން ޖެހޭނެ. ނުހިފައިފިއްޔާ އެކަމުގެ ސުވާލު ކުރެވޭ ދުވަހު އެ ސުވާލަށް ޖަވާބު ދެވެން ޖެހޭނެ. ދެވޭނެ ޖަވާބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ކިޔެވި ކޮންމެ ދާއިރާއަކުން ކުރިއަށް ދާއިރު އަޅުގަނޑުމެންގެ މުޖުތަމައު ހެޔޮގޮތުގައި ބައްޓަން ކުރުމަށް، އެންމެ ކައިރިން އާއިލާ ވެސް ރަނގަޅު ގޮތުގައި ބައްޓަން ކުރުމަށް، އޮފީހުގެ މާހައުލު ކަމަށްވާ ނަމަ އޮފީހުގެ ކަންކަން ވެސް އިސްލާމީ ރިވެތި އާދަކާދަތަކާ އެއްގޮތަށް ހުރިތޯ ބެލުމާއި އެ ގޮތަށް ބައްޓަން ކުރުމާއި މި ކަންކަމަކީ އަޅުގަނޑުމެންނަށް ލޯ މަރާލެވޭނެ ކަމެއް ނޫން."
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި މުންކަރާތްތަކަށް ނޫނެކޭ ބުނެވޭނީ މުޖުތަމައުގެ ހުރިހާ ކަމެއް ހެޔޮގޮތުގައި ބައްޓަން ކުރެވިގެންނެވެ. ހާއްސަކޮށް މުޖުތަމައުގައި އުފެދިފައިވާ "ބަލިތަކުން" ސަލާމަތް ކުރުމަކީ އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަނީ އަމިއްލަ ދިރިއުޅުން ބާއްޖަވެރި ކުރަން ކަމަށް ވިޔަސް އަމިއްލަ ނަފުސުގެ މައްޗަށް ވެސް ޒިންމާތަކެއް ވާ ކަމަށެވެ. ހާއްސަކޮށް އިލްމު ލިބިފައިވާ މީހަކާއި ނުލިބޭ މީހަކާ ހާސްބައި ތަފާތުވާނެ ކަން ދަންނަން ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިލްމު އުނގެނުމަށް ފަހު އަޅުގަނޑުމެންގެ ހަޔާތް ވެސް ހެޔޮގޮތުގައި ބައްޓަން ކުރަންޖެހޭ ކަމަށާއި އެއާ އެކު، ދަރިންނާއި މުޖުތައަށް ވެސް ހެޔޮ ކަންތައްތަށް ކޮށްދޭން ވާނެ ކަމަށެވެ.
އައިޔޫއެމުން މި އަހަރު ގްރެޖުއޭޓުވި ދަރިވަރަކާ ރައީސް މުއިއްޒު ރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރޭގެ ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި އެ ތަނުގެ ކަންކަން ބައްޓަން ކުރާނީ ހެޔޮގޮތުގައި ކަމަށެވެ. އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވެސް އެ ޔުނިވާސިޓީއަކީ ވަރުގަދަ ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ ކަންކަން ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޔުނިވާސިޓީ އަށް އާމްދަނީ ހޯދަން މިކްސްޑް-ޔޫޒް ކޮމްޕްލެކްސްއެއްގެ ބިންގާ ދާދި ފަހުން އެޅީ ވެސް ސިޔާސަތުގެ ތެރެއިން ކަމަށެވެ.
"އަދި އިރާދަކުރެއްވިއްޔާ ހުޅުމާލެ އިން ބޮޑު ބިމެއް ހަމަޖައްސައިދީ، އެ ތަނުގައި އިސްލާމީ ޔުނިވާސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް. އެ ބިމުގެ ކަންތައްތައް މިހާރު އެ ވަނީ ހަމަޖެހިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން އެ ޔުނިވާސިޓީގެ ޗާންސެލަރު ޒާހިރު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން އައިޔޫއެމް ތަަރައްގީ ކުރުމުގެ ކަންކަން އުފަލާ އެކު، ކުރާނެ ކަމަށާއި އަޅުގަނޑުމެންނަށް އޮތް ކަމަކީ ހެޔޮ ކަންކަމަށް ގޮވާލައި އަމުރުކޮށް، ނުބައި ކަންކަން ނަހީ ކުރާނެ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.
އައިޔޫއެމްގެ މި އަހަރުގެ ގްރެޖުއޭޝަން ހަފުލާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެހެން ބަޔަކަށް އެނބުރި ބަލާލައި ތިމީހުން ކުރަން ޖެހޭނެ ކަމެކޭ ބުނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އެބައޮތް، ހަމަ ނިންމާލަމުން ވެސް ދަންނަވީ. އެއީކީ އެހާ އުނދަގޫ ކަމެއް ވެސް ނޫން،" ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވި އެވެ.
"ހިތަށް ގެންނަވާ ބޮޑު ހޯލެއް، އެއްވެސް އަލިކަމެއް ނެތް. އެކަކު އަނެކަކަށް ތިމަންނައެއް ނޫނޭ، ކަލޭ މިކަން ކުރާށޭ، މިތަން ދިއްލާށޭ ކިޔައި ޒިންމާ އިން ރެކުނީ. ކާކުތޯ އެ ތަން ދިއްލާނީ. އެހެން ނަމަވެސް މި ޒަމާނުގެ މިސާލު ބޭނުން ކުރަންޏާ ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮވޭ. އެ ފޯނުގައި ލައިޓެއް ހުންނާނެ. ކޮންމެ މީހަކު އެ އަލިކަން ގެނެސްދީފިއްޔާ އިސާހިތަކުން އަލިވާނެ. އަމިއްލަ ޒިންމާއެއް އެބައޮތް ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅަނގުން ތިބެނީ ވީކު މީހަކު ގެންނަން ރެޑީގަ
21 April 2025
އިލްމުވެރިން މަދުވެގެންތަ އިސްލާމީ އުންމަތް މިހާލުގަ މިއޮތީ، ޖިހާދުކުރުމާ ދީނާ ވަކިވި ހިސާބުން ކޮރަޕްޓް ފިޑިން އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަންނަންފެށި ހިސާބުން ވެގެން އުޅޭގޮތެއް މިއީ.
ޗިކަން ރިންގު
20 April 2025
ޢިލްމުގެ އަހުލުވެރިން ތިއްބާ އެހެން ބޭނުންތަކުގައި ހޭލަމޭލަ މީހުން "ވެރިން"ގެ ގޮތުގައި އިސްކުރަނީ ކީއްވެގެންބާއެވެ...
ދައިގަންނަގުރާ
20 April 2025
މުޖުތަމަޢު ބައްޓަންކުރުމުގެ މައްސޫލިއްޔަތަކީވެސް ވަކި ފަރުދުންގެ ކަމެއްކަމަށް ވީމަ މި ދަރަޖައަށް ވެއްޓިފަ އޮތީ. ކުރީ ޒަމާނުގައި އަޚްލާޤާކީ ދަސްކޮށްދޭ އެއްޗެއް. މީހުންނަށާއި، ކަންކަމަށާއި އެއްޗެއްސަށްވެސް ޙުރުމަތްތެރިކޮށް ހިތަން މިހާރުވެސް ޔޫރަޕް ޤައުމުތަކުގައި ތަޢުލީމީ މަންހަޖުގެ ތެރެއިން ދަސްކޮށްދޭ. މި ރާއްޖޭގައި މިކަން ކުރާށޭ ރައީސް މީހާ މިކިޔަނީ އެމީހަކު އަމިއްލައަށް ކަނޑައަޅާފެންވަރަކަށް ނަފްސީ-ނަފްސީކޮށް. މީދެން ނަސޭހަތެއް؟
ޖޖޖޖޖޖޖޖޖޖޖ
20 April 2025
ތިބުނާ ގިނަ އިލްމުވެރިން ވެސް އުޅެނީ ކެވުނު ގޮތަކަށް ކެވޭތޯ
ކޮއްކޮބެ
20 April 2025
އެހެންތޯ؟؟ ތިބުނީ ގައުމު މިހާރު މިއޮތީ ވަރައް ކުރީގައޭ ދެއްތޯ...
ހީހީ ސުލީހް
20 April 2025
ކިޔަވައިގެން ތިބޭމީހުންނަށް ވަޒީފާއެއް ނުލިބޭ. ދެންތިބުނާ ވާހަކައެއް ދިމާވޭބާ؟
ގުދުގުދާބެއްޔާ
20 April 2025
މިއޮއްކިޔާ އިލްމް ވެރިންނެއް! މިމީހުންނަށް ހީވަނީ އިސްލާމީ ޢިލްމް އެކަނި ކިޔެވީމަ އެވެވުނީ އިލްމްވެރިންނަށް ކަމަށް!
މޮގޮރޭ
20 April 2025
ބަލަ އެހެން ކިޔަން އެބަޖެހެޔޭ އެމީހުންގެ މަސައްކަތޭ ދުނިކޭގެ ހަތަރުބިތުން މިފެންނަ ތަރައްގީއާ ކުރިއެރުމަކީ އިންސާނުންނަށް ދިމާވާ ހުރިހާ އުނދަގުލަކާ ތަކުލީފެއް އެފިލުވަނީ އެމީހުންގެ އިލްމުންނޭ ބޭސްވެރިކަމާ ދަނޑުވެރިކަމާ މުވާސަލާތުކުރުމާ ދަތުރުފަތުރާ މިހެން ގޮސް އިންސާ ދުނިޔޭގަ އެކަމަކަށް ބޭނުންޖެގިފަވާ ހުރިހާކަމެއްގެ ހައްލު އެހޯދަނީ އެމީހުން ދެން ކީއްވެ އެމީހުން އިލްމުވެރިންނަށް ނުވަންވީ؟
ގުދުގުދާބެއްޔާ
21 April 2025
މޮގޮރޭ ތިޔައީ ބޮޑު ދޮގެއް! ތިޔަހެން ވީނަމަ މިއަދު ގެ ޓެކްނޮލޮޖީ އެންމެ ކުރީގައި ތިބޭނީ މުސްލިމުން! ދެން މިމީހުން ކިޔަނީ އެ ހުޅަގުގެ މީހުން އިސްލާމުންގެ ފޮތްތައް ވަގަށް ނަގައިގެންނޭ ކުރި އެރީ! ހަޤީގަތަކީ މުސްލިމުން ހުރިހާކަމެއް ހަރާމް ކުރީމަ! ބޮމެއް ހަދަން އުޅުނަސް މިސައިލްއެއް ހަދަން އުޅުނަސް އެއީހަރާމް ކަމެއް! ޢާފިލް ކަންމަތީ ތިބުމުގެ ސަބަބުން މިހެން އިސްލާމުންނަށް މިވީ!
އުސްމާނުބެ
20 April 2025
މިޒަމާނުގައި އިލްމައްވުރެ ، އަހުލާގު މުހިންމު . އަހުލާގެއް އުޅުމެއްނެއް ނެތިފަ ކިތަންމެ މޮޅުސަނަދެއް އޮތަސް ވާނެކަމެއް ނޯންނާނެ . އުޅުމެއް ހުލްގެއް ނެތި އިލްމުގެ ވާހަކަދެއްކުމުގެ މާނަޔެއްނެއް. ސަތޭކަ ޕަސެންޓު އިސްލާމީ މި ގައުމު ، މިހެން ބުނަން މިހާރު ލަދު ގަނޭ ، އުފަން ވާކޮންމެ ދިވެހި ރައްޔިތަކައް ބަލާފަ ބުނެވިދާނެ 100% މުސްލިމު ގައުމެކޭ ، އެކަމަކު އަހުރެމްނެގެ ގިނަމީހުންގެ އުޅުން މިހާރު ހުރީ މިގޮތަކައް ނޫން
ބަބޫ
20 April 2025
އިލްމޭ ކިޔާނެ ކަމެއް ނެތް. ދައުލަތުގެ ސްކޫލް ތަކުގައި އެއްޗެހި ނެތިގެން ދަރިން ސްކޫލަށް ވައްދައިގެން އަހަރެމެނަށް މިޖެހެނީ އޭފޯ ކަރުދާހާ އެއްޗެހި ގަނެދީ ކުދިން ކިޔަވަން ބޭނުން ސާމާނު ގަނެދޭން. ހަފްތާއަކު ދެފަހަރު އެއްޗެއް ގަނެދޭން ނުޖެހި ނުދޭ. ދަރިން ތިބެނީ ދަލާ ތަތްތެޅިފަ. ގްރޭޑް 10 ނިމޭއިރު ޓެއިލްބޯން އިންނަނީ ހަރު ގޮނޑިތަކުގަ އިށީދެ ފުނޑިފަ.
އުސްމާނުބެ
20 April 2025
އަހުރެމެން މިވަރުވެފަ މިތިބީ ހަމަ ތިޔަބުނާ ގޮޑިތަކުގައި ތިބެގެން ކިޔަވަިގެން . ސަރުކާރުގެ މައްސަލަވެސް އެބައޮތް ، އެކަމަކު އަހުރެމެން ބެލެނިވެތިން ވެސް ތަންކޮޅެއް ހަރުދަނާ ވާންވެއްޖެ ، ތިޔަވަރުން ދަންޔާ ދަރި ގޭގަ އެދުމާތީ ބާއްވައިގެން ކިޔަވާދީ ނިންމާލަން ފެންނަނީ
އއއއ
20 April 2025
މިތާ އެބަހުރިތަ އިލްމު ވެރިއެއް... ތި ތަނުން ނުކުންނަނީ ހުސް ސެޓްފިކެޓް... ނަތިންގ އެލްސް. ނޯ ނޮލެޖް. ކަޑަ ތަނެއ