ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް
27 އެޕްރީލް 2025 - 21:33
ކެފޭއަކަށް މީހަކު ވަދެ، ފައިން ޖަހައި ޑިސްޕްލޭ ރެކެއް މިއަދު ތަޅާލައިފި އެވެ.
ސޯޝަލް މީޑިއާގައި މިރޭ މީހަކު އާއްމުކުރި ވީޑިއޯއިން ފެންނަނީ އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ހެނދުނު 8:08 ގައި ފިރިހެނަކު ވަންނަ ތަނެވެ.
ކައުންޓަރާ ދިމާލަށް ގޮސް، އެތަނުގައި އިން މީހައާ ދިމާލަށް އެއްޗެހިތަކެއް ކިޔައި، ކާ އެއްޗެހި އަޅާފައި ހުރި ރެކުގައި ފައިން ޖެހުމުން އެ ތަޅައިގެން ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
އެ ވަގުތު އެ ތަނުގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ސައިބޯން އިން ތަން ފެނެ އެވެ.
ރެކު ތަޅާލުމަށްފަހު އެ ފިރިހެން މީހާ ކެފޭއިން ނުކުމެގެންދަނީ އެވެ. އެ ވަގުތު ކައުންޓަރުގައި އިން މީހާ، ރެކު ތަޅާލި ފިރިހެން މީހާ ފަހަތުން ދެ އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކެފޭގެ ރެކުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ މީހާ ސާފުކޮށް ފެންނަން ހުއްޓަސް އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސްއަށް؛
28 April 2025
އާއްމު ރައްޔިތުން ފުލުހުނަށް އިތުބާރު ކުރަނީ ކިހާ ވަރަކަަށްތޯ ބަލާލަން ވޯޓެއްނަމަވެސް ނަަގަންފެނެ. 80% ރައްޔިތުންވެސް ތިޔަ ފުލުހުންގެ މަސައްކަތާއި ދޭތެރޭ ހިތްހަމަ އެއް ނުޖެހޭނެ.
މަބުނީ
28 April 2025
ދިވެހި ފުލުހުންނަށް ވުރެއް ގަޔަށްދޫ ، ކަންފަސޭހަ ، އުރަތްޕެއްނެތް ބަޔަކު ދުނިޔޭގެ އެއްވެސް ތަނަކު ނޫޅޭނެތޯއްޗެއް.
ހުތްއާދަނުު
28 April 2025
ދެން ވީޑިއޯގެ ގަޑި ދިމާނުވާތީ ހައްޔަރެއް ނުކުރެވޭނެ .
އަޅި އަލީ
28 April 2025
ދިވެހި ފުލުހުން ތިކަން ހުއްޓާލާފަ މަގުމަތިން ކުނި ހޮވަން ފަށާބަލަ! އެކަން ވެސް ވޭތޯ! އޭރަޢްވެސް ކޯޓް އަމުރެއް ނެތޭ ކިޔާފަ އެކަމެއް ވެސް ނުވާނެ!
ކޮރަލް
28 April 2025
ކެފޭ ގެ ރެކް ގެ ބިއްލޫރިގަނޑު ތަޅާލީމަ އެކަން ކުއްވެރި ކުރަމެވެ. މާލޭ 90 ޕަސެންޓް ކެފޭ ހޮޓާ ރެސްޓޯރަންޓް ތަކުގެ ހުއްދަ ނަގާފަ ހުއްޓަސް ހިންގަނީ ގާޫނާ ގަވާއިދާ ހިލާފަށެވެ. އެންމެ ދިވެއްސަކުވެސް ނުހުރެ އެވެ. ކޭޝިއަރަކަށް ވެސް ހުންނަނީ ބިދޭސީންނެވެ. ތަނުގެ ހުއްދަ ނަގާފަ ހުންނަނީ ކޮންމެ ވެސް ފުލުހުހެއް ، ސިފައިންގެ މީހަކު ނޫނީ ސިވިލް ސާވިސް މީހެއްގެ ނަމުގަ އެވެ. އިމިގްރޭޝަން އިން ރޭޑް ކުރުމުގެ ކުރީން އެތަނުން ދިއުމަށް އެބަ ބުނެ އެވެ.
މުލޭ
28 April 2025
މިގައުމުގައި ކަންކަން ހައްދުން ނެއްޓިގެން މިއުޅެނީ ސިޔާސީ މީހުންގެ ނޭދެވޭ ޢަމަލުތަކުން. ސިޔާސީ މީހުން ފުލުސް އޮފީހަށް އަތްބާނައި ވަކި ގޮތަކަށް ކަންކަން ކުރުވަން މަޖުބޫރު ކުރުވީމަ ފުލުހުން އަމިއްލައަށް ވެސް އެގޮތްގޮތަށް ކަންކަން ކުރަން ފަށައިފި. ތިމާގެ މައިން ބަފައިންނާއި އަނބިދަރިން ވެސް ގޯސް ކަމެއް ކުރުމުން އެކަމަކަށް އޮންނަ އަދަބު ލިބެން ޖެހޭނެ ކަމުގައި އެންމެންނަަށް ވިސްނުނު ދުވަހަކުން މިގައުމު ހަމަމަގަަށް އެޅޭނީ.
އަބުދު
28 April 2025
ކުރެވުނު ރަހުގީގެއްނެތް.އަބަދުވެސް ތެހުގީގު ކުރަނީ. ނަމެއް އެއީ ފޔލުހުންނަކީ ވަރަށް ނާގާބިލް ތަނެއް.
ސިލްމާ ޒާހިރުު
27 April 2025
“ އެ ވީޑިއޯއިން ފެންނަ މީހާ ސާފުކޮށް ފެންނަން ހުއްޓަސް އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ” ކޮންމެ ވެސް މީހަކު ޑްރަގް ފައިސާ ބޭނުން ނުކޮށް ހިންގާ ކެފޭއެއް!
ޑެބީ
27 April 2025
'ތަހުގީގަށް ފާހަގަކުރެވުނުގޮތުގައި ބިއްލޫރި ރެކު އަމިއްލައަށް ތެޅުނީ. މިކަމުގައި އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަމަކަށް ފާހަގައެއްނުކުރެވޭ.' -ދިވެހި ފުލުހުން-
އަޅި އަލީ
27 April 2025
"އެ ވީޑިއޯއިން ފެންނަ މީހާ ސާފުކޮށް ފެންނަން ހުއްޓަސް އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ." ކަން ހަމަ ވީ! ހެދުނު 8 ޖެހިއިރު ވީކަމެެއް! އަދިވެސް އެއްވެސް ފިޔަވަޅެއް ނޭލުނީމަ ތިފެންނަނނީ ތިބޭފުޅުންގެ ގާބިލުކަން! ކޮންމެސް ބޮޑެއްގެ މީހަކަށް ވާނީ!