ކެފޭއަކަށް ވަދެ ބަޔަކު ތަކެއްޗަށް ގެއްލުންދެނީ: އެމީހުންގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނި
12 ޑިސެމްބަރ 2024 - 21:04
މާލޭގެ ކެފޭއެއްގެ ތެރެއަށް ބަޔަކު ވަދެ އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ބަޔަކު ވަދެގަނެ ގެއްލުން ދީފައިވަނީ ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ" ކެފޭއަށެވެ. އެ ތަނަށް ވަދެގަނެފައިވަނީ ތިން މީހުންނެވެ.
އެ ކެފޭގައި ޑެކަރޭޓްކުރަން ހަރުކޮށްފައި ހުރި ބައެއް ތަކެއްޗަށް އެ މީހުން ވަނީ ގެއްލުންދީފަ އެވެ. އެލުވާފައި ހުރި އެ ތަކެތި ނައްޓަމުން އެ މީހުން ބުނަމުންދިޔައީ "މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ" ކަމަށެވެ.
އެވަގުތު ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން އެ މަންޒަރު ވީޑިއޯ ކުރުމުން ވީޑިއޯ ޑިލީޓް ކުރަން ވެސް އިންޒާރު ދޭ ތަން ފެނެ އެވެ.
MPS is actively investigating this incident and taking all necessary actions. https://t.co/OQfJcQHsDw
— Ahmed Shifan (@Shifan4040) December 12, 2024
ފުލުހުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކެފޭއަށް ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ. މިހާތަނަށް މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަމީނީ މަގުގައި ހުންނަ "ކެފޭ ދި މާލެ" އަށް ވެސް މީގެ ދުވަސްކޮޅެއް ކުރިން ބަޔަކު ވަދެ ގެއްލުން ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅީ އަލީ
14 December 2024
ތުނބުޅީގައި ދަބަރު ހުރިެއްޔާ ވަރަށް ނުރައްކާ! ނަފްސާނީ ޑަކްޓަރަށް ދައްކަންވީ!
ހޮޓްކިންގ
14 December 2024
ތިޔަ ގޭންގުތަކެއްގެ ދުއްޕާނާހެދި ހަލާލު ގޮތުގާ އާމްދަނީހޯދާ އަނބިދަރިން ބެލެހެއްޓެންވެސް ނެތް. އެމީހުންގެ ބާރު ހުރިހާތާކު. ހޯމްމިނިސްޓަރު ގަދަބަސް ބުނެފާ އަނގައިން ހިފަހައްޓާނެ. ރައްކާތެރިކަމެއް ސަލާމަތެއްކޮބާ؟
ކެފްޓަން މޯލްޑިވްސް
14 December 2024
މިހާރު ހޯމްމިނަސްޓަރެއްނޫނޭ، އެއީ އެމެރިކާގަ ހުންނަކަހަލަ ހޯލްލޭންޑް ސެކުރިޓީއޭ!. ހޮލީވުޑްގް އޮންނަގޮަތަށޭ ކަންކަންވާނީ .
ބާއީ
14 December 2024
ބާއީ ހޯމް މިނިސްޓަރ އަހަރެމެން ފުރެންޑް ހުންނަނީ
އިހްސާސް
14 December 2024
ނަފްސާނީ ބަލި ހުރި ކުދިންކޮޅެއް ނޫންބާ
ދަންނަ ގޮލާ
13 December 2024
މޯލްޑިވްސް އަކީ މާލެ، ރިޒޯޓް ތަކަކީ ޕެރެޑައިސް އޮން އާތް
ވާންޝޭ
13 December 2024
ފެންނުވާރާ މާ ދީން އެގިގެން އުޅޭ ވަގުން މި
ތުނބުޅި
13 December 2024
ކަލޭމެންގެ ތިޔަޖަނަވާރު ގޮތްގަނޑު ރަގަޅުވާނީ އަފްޣާނިސްތާނުގަ ދެއްކިއްޔާ. ތިހިރަ ތުނބުޅިގަނޑު ހީވަނީ ޤައުމު އިސްލާހުކުންވެގެން ނިކުމެ އުޅޭހެން.
އަންދާގާނޫނު
13 December 2024
ތި އިންޒާރު ދޭމީހާއަކީ މިސްކިތު ޖަމާއަތުގެ ބައިވެރިނުވާން ވަކިން ނަމާދު ކުރާ މީހެއް. ޖަލާލުއްދީނުން މީނަ ފެންނާނެ. ނިކަން ފާޑަކަށް އުޅޭ ހަރުކަށި ސޮރެއްތީ
1206
13 December 2024
މި ގައުމުގައި އިންސާފުގެ ނިޒާމު އޮތީ ބޮޑުތަނުން ފޭލިވެފައި. މިއީ ސިޔާސީ މީހުން އެ މީހުންގެ ސިޔާސީ ބޭނުމަށް ކުށްވެރިންނަށް ހިމާޔަތް ލިބޭ ގޮތަށް އިންސާފުގެ ނިޒާމަށް އަތް ބާނައިގެން ޒަމާންތަކެއް ވަންދެން ކުރި ކަންކަމުގެ އާޚިރު ނަތީޖާ. ކުށްކުރާ ކުށްވެރި މީހާއަށް އެބަ ޔަގީންކަން އޮވޭ އޭނާ ކުރާ ކުށަށް އަދަބު ދޭން ނުކުޅަދާނަ ބަލިބޮޑު އިންސާފުގެ ނިޒާމެއްކަން މި ގައުމުގައި މިހާރު މި އޮތީ. ގާނޫނުތައް ވެސް ހަދަނީ އާރެއްބާރެއް ނެތް މީހުން އޮބަހައްޓަން.
އަލީބޯ
13 December 2024
ކުރިސްމަހެއް ކަނޑުމަހެއް އެގެނީޔެއްނޫން
ނީލާމް
13 December 2024
ރައްޔިތުން އުޅެން މިޖެހެނީ ބިރުވެރިކަމެއްގަ، މީހުންގެ މުދަލަށް ގެއްލުން ދެނީ އެކަމަކު ރައީސް މިކަމާ ބަހެއް ބުނި އަޑެއް އަދި ނީވޭ. ދިވެހީންގެ ރާއްޖޭގެ ހަމަ ތޯއްޗެއް..