ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑު ވަޒީރު-- ފޮޓޯ: މިހާރު
28 އެޕްރީލް 2025 - 09:40
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ޕްރެސްގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ނިންމެވި ނިންމެވުމަށް މެލޭޝިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.
"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،"
އަންވަރު ވިދާޅުވި ގޮތުގައި އޭނާ ވެސް އެ މައްސަލައިގައި ގެންގުޅުއްވަނީ އެއް ވިސްނުމެކެވެ. އެހެންވެ، ރައީސްގެ ނިންމެވުމަށް އިހުތިރާމުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް. -- ފޮޓޯ: މިހާރު
އެ ޕްރެސްގައި ރައީސް ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމަށެވެ. އަދި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު
ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މިދިޔަ އަހަރުގެ މެއި 29 ގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވުމުން ކުރި މަޝްވަރާތަކަށް ފަހު ބައެއް ބަދަލުތަކާ އެކު މިދިޔަ އޭޕްރީލް 14 ގަ އެވެ.
މަޖިލީހުން ނިންމީ އިޒްރޭލު ޕާސްޕޯޓް އޮތް ނަމަވެސް އެ މީހަކީ އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވެވޭ ގޮތަށެވެ. އެގޮތަށް ބަދަލުކުރީ ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް އޮންނަ މީހެއްކަން ދެނެގަތުމުގެ ގާބިލްކަން އިމިގްރޭޝަންގައި ނެތް ކަމަށް އެ އިދާރާ އިން މަޖިލީހަށް ދިން ލަފާގައި ބުނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަންޔާބެ
29 April 2025
ޝުކުރިއްޔާ ޕާސްޕޯރޓް މައްސަލަ މަޖިލީހަށް ވެއްދި އެމްޑީޕީ މެމްބަރަށް. އަދި މިކަން ދިގުލައްވާލި ސަރުކާރާ ސަރުކާރުގެ މެމްބަރުން މީގަ މެޑަލް ޖަހާތީ އަންނަނީ އަމަށަކު ހިންޏެއް ނޫން.
އަނޫފްް
28 April 2025
މެލޭޝިއާ ބޮޑުވަޒީރު އެކަންޏެއް ނޫން. ދުނިޔޭގެ އެންމެންވެސް ގަބޫލް ކުރޭ މި ކަމަކީ ވަރަށްވެސް ހިތްވަރުގަދަ ނިންމުމެއްކަމަށް. ސެލިއުޓް ޕްރެޒިޑެންޓަށް
ދާއިން
28 April 2025
އެމީހުން ޑުއަލް ޕާސްޕޯޓް ބޭނުންކޮށްގެން މިތަނަށް އަޔަސް ޕޮއިންޓަކީ އިޒްރޭލަށް މި ގައުމުން ނޫނެކޭ ބުނެފި ކަން ހާމަ ކޮށްދިނުން. މި ބޭންގެ ސަބަބުން ދުނިޔޭގެ ކުރިމަތީ ރާއްޖެ ބަލައިގަނެފި. ރައީސް މުއިއްޒުގެ ގަޓު ކަމުގެ ވާހަކަ ދުނިޔޭގެ އެކި ތަންތާ ދައްކާ. މި ކުޑަ ކުޑަ ގައުމާ ބަލާފަ އެވަރުގެ ނިންމުމެއް ނިންމީތީ
ރިއްޕެ
28 April 2025
ހަމަ އަސްލުވެސް ގަޓު ހުރި ރައީސްއެއް މުއިއްޒުއަކީ
އަހްމަދު އަނީސް
28 April 2025
ތައުރީފް ކުރާނެއްނު. މަދު ރައީސްއަކަށް ނޫނީ ކުރަން ނުކެރޭ ވަރުގެ ނިންމުމެއް ރައީސް މުއިއްޒު އެ ނިންމެވީ
އެކޮއި
28 April 2025
ހިތްވަރުދިން ޤައުމުންވެސް މަނާކޮށްފައިތޯ އޮތީ؟ އެހެންވިއްޔާ އޯކޭ. އެހެންނޫނީ އެއީ ހަމައެކަނި ބުނެލި ބަހެއް.
އަޕް
28 April 2025
މަ ހީކުރީ މިއީ އަދި ރަޢީސަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށް. ޕާސްޕޯޓް މަނާ ކުރީ މަޖިލީހުން ކަމަށް.
ކަޕް
28 April 2025
3 ބާރު ވަކިވެފައި އޮންނަ ޑިމޮކްރަސީގެ ހިނގާގޮތް އަދި ނޭނގެނީ ކަމަށްވެދާނެ.
ހެޓީ
28 April 2025
މަޖިލީހުން ކުރިޔަސް ރައީސް މުއިއްޒުގެ ވެރިކަމުގަ ކުރި ކަމެއް ކަމަކީ. ރަނގަޅު ކަން ރަނގަޅޭ ކިޔަން ދަސްކޮށްބަލަ
ރަދީފްއޮފިޝަލް / ޖޮހޮރްބަހަރް
28 April 2025
ސާބަހޭ އަންވަރު.