ޚަބަރު / ފުލުހުން

ވިނަރެސް އެޕާޓްމަންޓެއްގެ ތެރެއިން ހަޅޭއްލަވާ އަޑު އިވިގެން ވަން އިރު އަންހެނަކު ހޭނެތިފައި

ވިނަރެސް ފްލެޓްތަކެއް--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިނަރެސްގެ އެޕާޓްމަންޓެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން ފުލުހުން ގޮސް ބެލި އިރު ޒުވާން އަންހެނަކު ހޭނެތިފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހެނދުނު 06:05 ހާއިރު ހުޅުމާލެ 2 ގެ ފްލެޓަކުން އަންހެނަކު ހަޅޭއްލަވާ އަޑު އިވޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެތަނަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި ވަދެ ބެލި އިރު 21 އަހަރުގެ ދިވެހި އަންހެނަކު ހޭނެތިފައި އޮއްވައި ފެނުނު ކަމަށް ބުންޏެވެ.

ފުލުހުން ފަހުން ބުނި ގޮތުގައި އެ ގޭތެރޭގައި، ހޭނެތިފައި އޮތް މީހާގެ އާއިލާގެ މީހުން ވެސް ތިއްބެވެ.

ފުލުހުން ބުނީ އެ ޒުވާނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ބަލައި، ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހޭނެތިފައި އޮތް އަންހެނެއް ހެނދުނު 6:30 ހާއިރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށާއި ބޭރު ފުށުން ވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

23 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 30%
icon angry icon angry 0%
icon wow icon wow 70%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް ކުރުސީ ކާފަ

28 April 2025

ހޭނެތިފައި އޮވެގެން ހަޅޭއްލެވީތަ ނޫނީ ގޭތެރޭގައި ތިބި ބަޔަކު ހޭނެތިގެން ހަޅޭއްލެވީ ތަ ؟ ތަހުގީގަށް ހަޅޭކުގެ އަޑު ސާފުކުރަން ޖެހޭނެ . ހަޅޭއްލެވި ބަޔަކަށް ކޮންމެވެސް ކަމެއް ސާފުވާނެ !

The name is already taken The name is available. Register?

ރަފްސްނަ

28 April 2025

މީ ކޮންމެޔަކަސް ވަރަށް އާދަޔާ ހިލާފަށް ހިނގާފަ އޮތް ކަމެއް' މިކަމުގެ އަޑީގައި ގޮތްނޭނެބޭ ބައިވަރު ސުވާލުތަކެއް އެބަ އުފެދޭ. ފުލުހުން އަކަށް މިކަމުގެ ޖަވާބެއް ނުދެވުނު.

The name is already taken The name is available. Register?

ކިހިނެއް މިވަނީ؟

28 April 2025

ރަންނަމާރި އުޅެނީބާ މިހާރު ؟؟؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 April 2025

މިގޮތަށް ރީޖަންތައް ހެދުމުން ރީޖަނަލް ފުލުސް އޮފިސަރެއް ނުވަތަ ކޮމިޝަނަރ ނޫންނަމަ "ޔުމްނުގެ މައްސަލައިގައިބައިވެރިވި ޕާޓޭން ފަދަ ޕާޓޭންތަކެއްގެ މައްސަލަ ތަޙްޤީގުކުރުމުގައި ފުލުހުން ގޯސްހަދާ ޙާލަތުގައި" އެހެންރީޖަނެއްގެ ފުލުހުންމެދުވެރިކޮށް މިނިވަންކަމާއިއެކު އަލުން މައްސަލަ ތަޙްޤީގުކުރުމަށް އިދާރާގެތެރެއިން ފުލުހުން ނެގުމުގެފުރުސަތު ފުޅާވެފައިއޮތުމާއި ރައީސް އުފައްދަވާ ކޮމިޝަންތަކަށް އެހެން ރީޖަނަކުން ކޮމިޝަނަރ އެއް އައްޔަން ކުރަން ޖާގަ ލިބޭނެ.

The name is already taken The name is available. Register?

ނުބެހޭ ކަމެއް ނޯވެޔޭ

28 April 2025

ކަލޭ މޮޔަ ނުގޮވާ ހަމަ އެންމެ ކަމެއްވެސް ނެތީތަ އަޅެ، އޮނަރަބަލް އެއީ ކިހިނެތް ލިބޭ ލަގަބެއްކަން ކަލެއަށް އެނގޭތޯ ފާދިއްޕޮޅުން ފެށިގެން ކޮޅުމަޑުލަށް ދަތުރެއް ކުރަންވީނު

The name is already taken The name is available. Register?

އެދުރު1

28 April 2025

ކޮބާ ޒެން ޒީ ގުރޫޕް ތަފާތު ނުކޮށް ބޯޑްތަށް ހިފައިގެން ޕޮލިސް ކުރިމައްޗަށް ނުކުމޭ

The name is already taken The name is available. Register?

މހއމ

28 April 2025

ޒެން ޒީ އެއް ނޫން. ރަގަޅު ގޮތަކީ ޖެން ޒީ

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

28 April 2025

މިޤައުމުގާދެން އުމުރުން 21 އަހަރުވީމާ އިންސާނުންނަށް މިހިރަޖެހޭ ނަފްސާނީ ބަލިތަށް ދެނެގަންނަން އެމް.އެން.ޔޫ އިން ދިރާސާއެއްކުރަންޖެހިއްޖެ.

The name is already taken The name is available. Register?

ދައި

28 April 2025

ތައިލެންޑަށް ފޮނުވިނަމަ ވީގޮތްބަލަން

The name is already taken The name is available. Register?

ރާވެރިބެ

28 April 2025

ނޫނޭވާ މިހާރަކަށް އައިސް މިގައުމުގަ ހައިރާންވާ ވަރުގެ ކަންތައްގަޑު ތަކެއް ހަމަ އަބަދުހެން އެބަހިގާ. ކިހިނެތްތަ މިވަނީ؟ މިވެރެކަމާ ހެދި ޖެހިފައޮތް ގޮތްނޭގޭ ކަމެއްބާ؟

The name is already taken The name is available. Register?

ފފފފފ

28 April 2025

މިގައުމުގެ މީހުން ﷲ ތައާލާގެ އެންގެވުންތަކަށް ތަބާނުވާތީވާގޮތެއް ކަމަށް ބަލާބަލަ. ﷲ ތައާލާ އަންގަވާފައިވަނީ، ﷲ އާ، އެކަލާނގެ ރަސޫލުންނާ އަހަރެމެންގެ ތެރެއިން ވެރިންނަށް ތަބާވާން. އެކަމަކު ތަބާވެވެނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ގައުމުފަސާދަ ކުރާ މީހުނަށް. އެހެންވީމަ އަހަރެމެންނަށް މިހާލަތުގަވެސް ތިބެވޭކަން ރަނގަޅު.

The name is already taken The name is available. Register?

28 April 2025

ދޮގާ މަކަރުން އައި ކަމެއް ވީމަ، ގޯހުން ގޯހަށް ކޮންމެ ކަމެއްވެސް މިދަނީ.

The name is already taken The name is available. Register?

ކކކކ

28 April 2025

ވެރިންނަށް ތަބާވާންވީ މިހާރުތަ؟ 2012 ގައި ފުލުހުންނާ ސިފައިންނާ މަހުޖަނުންނާ ސިޔާސީންތައް ވެރިމީހާއަށް ތަބާނުވެ ވެރިކަމެއް ވައްޓާލައިފި. އެކަމުން ފިލާވަޅުނަގައިގެން މިހާރު ދިރިތިބީން މިއުޅެނީ. 2012ގައި ނުވި ތަބައެއް މިހާރަކު ވާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ކިއްލި.

28 April 2025

މިއީ ހިޔާ ފްލެޓެއްގައި ހިނގި ކަމެއްނަމަ، ކޮމެންޓް ތަކުގަ އުޅޭ ސައިންޓިސްޓުން ވަރަށް މޮޅުވާނެ. އެންމެން އެެއްތާކަށް ބޮޑި ނުކުރާށޭ

The name is already taken The name is available. Register?

ބާބް

28 April 2025

އަސްލުވެސް ކުޑަތަނެއްގައި އެތައްހާސް މީހުން އުޅޭ ވާހަކަޔާއި އެތަންތަން އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ވާހަކަ ތިބެގެން ދައްކާނެ.

The name is already taken The name is available. Register?

ހުމާމުު

28 April 2025

އަވަހަށް ސޯޝަލް މީޑިޔާ ތަހުޤީޤު ފަށަންވީ.

The name is already taken The name is available. Register?

އަލީމްގ

28 April 2025

ކަލެޭމެން ތަހުގިގުކުރަން ލަަފަ ތިބި މީހުންނައް ނުވަންޔާ ހުރިހާ މީޑިއާއަކުންވެސް ތަހުގީގު ކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454