17 ޖުލައި 2025 - 17:19
ހުޅުމާލެ 2 ގެ ވިނަރެސްގެ ޓަވަރެއްގެ މަތިން މިއަދު ވެއްޓި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިނަރެސްގެ 8 ވަނަ ޓަވަރު މަތިން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ވެއްޓުނު މީހާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުން މައްސަލަ ތަހުގީގުކުރަމުން ދާތީ އެ މީހާ ވެއްޓުނު ފްލޯއެއް ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލޯ
18 July 2025
“ފުލުހުން މައްސަލަ ތަހުގީގުކުރަމުން ދާތީ އެ މީހާ ވެއްޓުނު ފްލޯއެއް ސާފެއް ނުވެ އެވެ.“ ފުލުހުންކައިރީ ބުނަންވީނުން މައްސަލަ ތަޙްޤީޤުކުރުން ހުއްޓާލާށޭ، އޭރުން ވެއްޓުނު ފުލޯ ސާފުވާނެނުން.