މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދާއި ފޮރިން މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
28 އެޕްރީލް 2025 - 18:06
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޭރު ގައުމެއްގައި އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީ ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ފަހަރަށް ބޭރުގެ ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ ޓްރެންޑުތަކާ އެއްގޮތަށް ދިރިއުޅުމަށް ބަދަލުތައް ގެންނަ ކަމަށެެވެ. ދީނުގައި އޮންނަ ހަމަތައް ވެސް ހަނދާން ނެތިގެންދާ ކަމަށާއި އެކަމަކު ދިވެހިންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމާދުތައް ބަރާބަރަށް ކޮށް، ރަނގަޅަށް އުޅޭ ނަމަ ހުރިހާ ކާމިޔާބެއް ވެސް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެން ދިމާލަކުން ލިބޭނެ އުފަލެއް ނޯންނާނެ. އެހެން ބަޔަކު އުޅޭ ގޮތަށް އުޅެގެން ލިބޭނެ އުފަލެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
މައިންބަފައިންނާއި އާއިލާއާ އެކު އުފާވެރިކަން ހޯދަންޖެހޭނެ ކަމަށާއި އެކަމަކު އެ އުފާވެރިކަން ވެސް ހޯދަން ވާނީ ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދާއި ފޮރިން މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜޔތމހ
29 April 2025
ޙަމަ އެކަނި ބޭރުގަ ކިޔަވާ ކުދިން ތިބީ މެލޭޝިއާގައި އެތަނުގެ ސްޓޫޑަންޑް އެސޯސިއޭޝަންއަށް ކޮން އުސޫލަކުންތޯ 3000 ޑޮލަރު ދޭން ނިންމީ، މިއުޅެނީ ރާއްޖޭގައި ޓެކްސް ދައްކައިގެން އުޅޭ ނިކަމެތިންނަށް ލާރި ހިފްއިގެން ގޮސްވެސް ހަމައަށް ބޭސް ކޮޅު ގަންނަން ނުލިބިގެން، އަދި މިގައުމަށް ޓެކްސް ނުދައްކާ ލިބޭ ހުރިހާ ފައިސާ ޑޮލަރަށް ހަދައިގެން ބޭރު ކުރާ މީހުންނަށް ފުރުސަތު ފަހި ކޮށްދެނީ، މިއީ ވަރުގަދަ އިސްލާމީ ވެރިކަމެއް
ދާވޫދު
29 April 2025
ހަމަ ސާބަސް. ކޮންމެ ތަނަކަށް ގޮސްވެސް މި ކުޅެނީ ދީނީ ކާޑު. ހަމަ ސާބަސް.
ތެފައާސާ.
29 April 2025
ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ކަންކަން ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއަސް، މިއީ އަދި އެހާ ހަމަޖެހޭ އުސޫލަކަށް ނުވެދާނެ. އަހަރެމެން މި ރާއްޖޭގައި ދިރިއުޅޭ މީހުން ހެސްކިޔާފައި މަސައްކަތްކޮށްގެން ހޯދާ ބޮޑުލާރިން ދައްކާ ޓެކުހުން އިސްކަންދޭންވާނީ މިތާ ދިރިއުޅޭ މީހުންނަށް. އެހެނެއްނޫން އެހެން ކަރަކަރާގައި އުޅޭ ދިވެހިންނަށްވެސް އަސާސީ ކަންކަން ކޮށްދޭންވާނެ.
ބޭރަށް ހިންގުން
29 April 2025
އަރިސް ބޭކަލުންވެސް ދެއްތޮ؟
2025
29 April 2025
ކަލޯ ވައްޑޭޔަކީ ކުރީގެ ރައީސެއް..... ބޮއިހަލަކި
ސައިބޯނި
28 April 2025
ތިތާ ހުންނަ އެމްބަޑަރަށް އެނގޭތަ ދިވެހި ކިތަށް ދަރިވަރުން މެލޭޝިއާގަ ކިޔަވާކަން, ދިވެހިންނާ ބަދަލު ކުރީތަ ނޫނީ ޕާޓީ ކުދިންނަށް ދިން ކެވުމެއްތަ..
ހަސަންޖީ
28 April 2025
ތިވާހަކަ ކުޑަކޮށް އެބަޖެހޭ މިކޮޅުގައިވެސް ދައްކަން. އަމިއްލަ ގައުމުގައި ބޮއިގެން އޮރިޔާވެގެން ތިބި ބައެއް ކުދިން ނަގަން މިޖެހެނީ ފުރާޅުމަތިން.
ސަލީމު އިދުރީސް
29 April 2025
ބުންތޯ ހަސަންޖީ! އެކަހަލަ ވާހަކަ ދައްކަނީ ސީރިއަކޮއް ކަމުގަ ނުދެކޭތި މިގައުމުގަ މަސްތުވާތަކެތި ބޭނުން ކުރާމީހުން ގިނަވަނީ! އެކަހަލަ ވާހަކަ ދައްކަނީ ސީރިކޮން ކްމުގަ ނުދެކޭ ސަބަކައް ވެދާނެ މިސާލަކައް ބަނގުރަލަކީ ހުރިހާނުބައި ކަމެއްގެ މަންކަމައް ބުނަމުން ބަނގުރާ ވިއްކައިގެން ދިރިއުމިގެ ބޭނުތައް ފުއްދުން
އާބިދާހުސެން
28 April 2025
ޝުކުރިއްޔާ ރައީސް. ވ އަގުހުރި ނަސޭހަތެއް.
ބޭރުގައި
28 April 2025
އަމިއްލް ބިމުގައި ދީން ކިޔަވަންޖެހޭ ވަރަށް ނުކިޔަވާ، އިސްލާމިް ފޮއުންޑޭޝަން ދަރިންނަށް ކިޔަވާނުދީ އިސްލާމް ދީން ނޫން އެހެން ދީން އޮންނަ ޤައުމުތަކަށް ދިވެހިން ދިއުމުން ފެންނަނީ މިނިވަންކަން. ހިތަށް އަރަނީ މިހިރީ ޤައުމުން ބޭރުގައޭ. ތިމާ ކުރާ އެއްވެސް މީހަކަށް ނޭގޭނޭ. ނަމާދު ކުރުމާއި ރޯދަ ހިފުމަކީ ރާއްޖޭގެ މާޙުލަށް ފެތިފަ ހުންނަ މީހަކަށް އެހެން ޤައުމަކަށް ގޮސް ކުރަން އުނދަގޫ ކަންތަށް. އިސްލާމދީނުގެ ތަނބުތަކާއި، ރުކުންތަށް ދޫކޮށްލަން ވަރަށް ފަސޭހަ.
ލުލޫ
29 April 2025
އެހެން ގައުމުތަކުގައި އުޅޭ މުސްލިމުންވެސް އުޅެނީ ނަމާދުކޮށް ބަރާބަރަށް އަޅުކަންތައް ކޮށްގެން. އަދި ދިވެހިންނަށްވުރެ މާ ދަތި ހާލުގައި ރޯދަ ހިފާ އެހުރިހާ ކަމެއް ކުރޭ. އެހެންވީމާ ދިވެހިންވެސް ވަކި ބޭރު ގައުމަކަށް ދިޔައިއްޔޭ ކިޔާފަ ނަމާދު ކުރުން ދޫކޮށްލައިގެން ނުވާނެ.