މިއީ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރު.
އައިއައިޔޫއެމުން ރައީސް މުއިއްޒަށް ޑޮކްޓަރޭޓުކަމުގެ ލަގަބު މިއަދު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
29 އެޕްރީލް 2025 - 14:10
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފި އެވެ.
މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.
އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސަށް އަރުވާފައި ވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް އެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާ އެވެ.
މިއީ އިސްލާމީ އުސޫލުތައް ހިފެހެއްޓުމާއި ގަވަނަންސްގެ ދާއިރާގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތްފުޅު ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބުމަކީ ޔުނިވާސިޓީއަށް ލިބުނު ޝަރަފެކެވެ.
އެ ޔުނިވާސިޓީގައި 1990 ވަނަ އަހަރުން ފެށިގެން ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު މިހާތަނަށް 380 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މި ޔުނިވާސިޓީން ދަސްވެނިވެފައިވެ އެވެ. އޭގެ ތެރޭގައި ޑިގްރީ ކޯސްތަކާއި މާސްޓާސް އަދި ޑޮކްޓަރަލް ލެވެލްއަށް ކިޔަވާފައިވާ ދަރިވަރުން ހިމެނޭ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމާ ގުޅިގެން އެ މަނިކުފާނު އެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އައިއައިޔޫއެމުން ކިޔެވި ދަރިވަރުން އަންނަނީ ގާނޫނީ ދާއިރާ އާއި ނޫސްވެރިކަމާއި ތައުލީމީ ދާއިރާ އާއި ފިނޭންސް އަދި އިސްލާމީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން ކަމަށް ޔުނިވާސިޓީން ބުންޏެެވެ.
އެ ޔުނިވާސިޓީން އެންމެ ފުރަތަމަ ކިޔަވައި ވިދާޅުވި ދިވެއްސަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ވެސް އައިއައިޔޫއެމުން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅުންނެވެ.
މީގެ ކުރިން ވެސް އެ ޔުނިވާސިޓީން ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަށް އެކި ދާއިރާތަކުން ޝަރަފު އަރުވައިފަ އެވެ.
ރައީސް މުއިއްޒަށް އައިއައިޔޫއެމްގެ ފަރާތުން ޑޮކްޓަރޭޓްކަމުގެ ލަގަބު އެރުވުމަށް މިއަދު ބޭއްވި ހަފުލާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރައީސަކަށް އައިއައިޔޫއެމުން އޮނަރަރީ ޑޮކްޓަރޭޓުކަން އެރުވިއިރު މި ޔުނިވާސިޓީން ކިޔެވި މަޝްހޫރު ބޭފުޅުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމުގައި ވެސް މެލޭޝިއާގެ އައިއައިޔޫއެމްގެ ދައުރު ބޮޑެވެ. އެތަނުގެ ކިޔަވައިދިނުމުގެ މިންގަނޑުތައް ހެދުމުގައި ވެސް އެ ޔުނިވާސިޓީގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު
30 April 2025
މީ ކޮންމެ މީހެއްވިޔަސް, ދިވެއްސަކަށް ލިބުނީތީ އުފާކުރަން, ސުކުރު މެލޭ
މުއާޒިން
30 April 2025
މިއީ މި އެވޯޑް ލިބުނު 3 ވަނަ ލީޑަރު. މަރުހަބާ
ކޮނަކަމެއް1
29 April 2025
ތިޔަ ބުނާ ކޮން މަދަނީ ޑީވެލޮޕްމަންޓެއްތޯ ކުރީ. އަދި ހަމަ އެއްކަމެއްވެސް ފެންނާކަށް ނެތް. އަހަރު އެއްހާސް ހާފިޒުން އުފެއްދުން ބެލޭކަށް ނެތް އެއީ މަދަނީ ޑިވެލޮޕްމަންޓެއް ކަމަކަށް. ނުވަތަ ލީޑަރޝިޕް ކަމަކަށް. ކޯޓޫތައް ފުނޑެނީ، މިނިވަން މުވައްސަސާތައް ފުނޑެނީ. ޓުއަންކޫ ތިޔަ ބެއްލެވީ ކިހިނެއް. ޝަހީމް ވިދާޅުވާ އެއްޗެއް އެކަނި ބަލައިގެން ކަމަކުނުދާނެ. އެހެނެއްނޫން، ދެން ރައީސެއްވީމާ ދިނީއޭ ވިދާޅުވިޔަސް އޯކޭވާނެ.
ކައުންސެލަރު...
29 April 2025
މަރުޙަބާ ރައީސް މުޢިއްޒު. ގިނަދިވެހިންނަކީ ގޮތްކުޑަކަމާ ޖާހިލުކަމުގައި ހައްދުފަހަނަ އަޅާފައިވާބައެއް. ދިވެހި ދަރިއަކަށް ޝަރަފެއް ލިބުނީމާ ކުރަންވީ އުފާ ދަރިންނޭ. ހޭއަރާބަލަ! އެކަމަކު....... މައަޑުއެހިން ޑރ ވަހީދު ޑޮކްޓަރީ ފާސް ނަންގަވައިގެން މާލެ ވަޑައިގަތުމުން މާލޭ މީހުން ޑޮކްޓަރަށް ދައްކަން ދިޔައޭ އެއީ ތެދެއްތަ؟ އެނގޭ ކުއްޖަކު ކޮމެންޓް... ޕްލީޒް
ޟަނިކެ
29 April 2025
ވަރަށްގިނަ ރޮނގުރޮނގުން މުސްލިމުން އުޅެނީ ދުނިޔޭގެ ފުލުގައެވެ. ތިޔަ ޔުނިވާސިޓީއަކީ އޭގެ ދިރިހުރި މިސާލެއް.
ޑައިޖިން
29 April 2025
ވަރަށް އުފާވޭ ދޯ އެކަމާ؟
ރުންކުރު
29 April 2025
އަމިއްލަ ނަފުސަށް މަލާމަތް ކުރުމަކީވެސް މިހާރު ހުތުރު ކަމެއް ނޫން ވީމަތާ ތިކަހަލަ ކޮމެންޓް ކުރާނީ
ދޮގެއްތަ މީ؟
29 April 2025
އިސްލާމީ ތައުލީމުގަ މުސްލިމުން އުޅޭނީ އެންމެ ކުރީގަ..އެހެނިހެން އިލްމުތަކުގަވެސް މުސްލިމުންގެ ބައިވެރިވުން ވ. ބޮޑު. އެކަމަކު މީޑިޔާތަކުން އެކަން އިސްތިހާރު ނުކުރާތީ ނޭނގެނީ. ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލްވާ ހަމައެކަނި ޢިލްމަކީ އިސްލާމީ ޢިލްމު..ސުވަރުގެ ހޯދަން މަސައްކަތް ކުރަން ދުނިޔެއަށް ފޮނުއްވާފަ މިތިބީ..ދުނިޔޭގެ ރޭންކުން މުސްލިމުން ފުލުގަ އޮތަސް ދާއިމީ ހަޔާތުގަ މުސްލިމުން އުޅޭނީ އެންމެ ކުރީގަ. ދެން ކޮންކަމަކާ ހާސްވާންވީ..؟
ކުރުސީބެ
29 April 2025
އެމްޑީޕީއާ ކުރިސީގެ އަޅު ކުދިން ހަޖަމް. ރައީސް އަކީ ތަފާތު ރައީސްއެއް. ހިތްވަރު ކުރައްވާ ދެވަނަ ދައުރު ލިބޭނެ ރައްޔިތތުންގެ 80 ޕަސަންޓް އޮތީ ރައީސް އާ އެކު.
80 ޕަސެންޓް މައި ފޫޓް
29 April 2025
ލޮލް ނެކްސްޓް ޖޯކް ޕުލީޒް
ރުންކުރު
29 April 2025
ދެން މަ ހުންނަންވީ އެކޮޅުކޮޅުން ތާ އެހެންވީމަ. ފޮނި ހުވަފެންވެސް ދެކޭ މީހުން އުޅޭ
ސޯދިގުބެ
29 April 2025
ނުދީ ވާން ނެތީތޯ?
ދަކްތަރު
29 April 2025
ކޮބާ ސޫދުމެން ޖަމީލުމެން ފޮނުވި ސިޓީ އަދި ނުލިބެނީ ކަންނޭގެ
ޖަސްޓިސް ފޮރ އޯލް
29 April 2025
ނެތްތަ ބޭސްފަރުވާއަށް ތިތަނަށްދެވޭނެ އުސޫލެއް އެއްމެހާ ރަތްޔިތުނަށް ހަމަޖައްސާދެވޭކަން. ޕޮކެޓްމަނީ އާ އެއްކޮން. ހާދަރީތި ތަނަކޭތީ
ޖެނެރަލް ވާންޗޯ
29 April 2025
މަރުހަބާ ލޮބެވެތި ރައިސް އައް