ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ރައީސް އޮފީސް
03 މެއި 2025 - 23:47
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް ހަމަޖެއްސެވި ފަސް ބޭފުޅުންނަށް ދެއްވަން ނިންމެވީ އެލަވަންސެއް ކަމަށާއި ކުރީގެ ސަރުކާރުތަކުގެ ކޮމިޝަންތަކުގެ މެމްބަރުންނަށް ވުރެ އެ އަދަދު ކުޑަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދަކީ މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކޮމިޝަންގެ މަސައްކަތްތަކަށް އެ ދެ ބޭފުޅުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
އެކަމަކު އެ ދެބޭފުޅުން ސަރުކާރުގެ ރަސްމީ މަގާމުން ކޮމިޝަންގެ މަސައްކަތަށް ވީއްލީ ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް ވަޒީފާގެ ހައިސިއްޔަތަށް ލިބޭ އާމްދަނީ އުނި ނުވާ ގޮތަށް އެކަމަކު ކޮމިޝަންގައި މަސައްކަތް ކުރައްވާތީ 5،000ރ. ގެ އިނާޔަތެއް ކޮންމެ މަހަކު ދޭ ގޮތަށެވެ.
ކޮމިޝަންގައި ދެން ތިއްބެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސް އެއްވެސް ތަނެއްގައި ވަޒީފާ އަދާނުކުރައްވާތީ ދޭން ނިންމީ ކޮންމެ މަހަކު 15،000ރ. ގެ އެލަވަންސެކެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ. ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ކޮމިޝަންގެ ރިޕޯޓުގައި ނެތް ނަމަ އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮމިޝަނާ ބައްދަލުކުރައްވަން އެ މަނިކުފާނު ވެސް އަދި އެދިވަޑައިނުގަންނަވާ ކަމަށާއި އެ ބޭފުޅުންގެ ވެސް ރިކުއެސްޓެއް ވެސް ނާންނަ ކަމަށެވެ.
"އަޅުގަނޑު ހިތުން އެ ބޭފުޅުންނަށް ޓައިމް ބޭނުންވަނީ ކަން ނޭނގޭ ފުލް ޑީޓެއިލްސް އަށް ވޯކް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ އެވެ.
އޭނާގެ ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާ މީހުންގެ އިތުރުން ސްޓްރެޗާ ބަހައްޓަން ނެގި ސީޓުތަކަށްވާ ފައިސާ ހިމެނެ އެވެ. ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯލި
04 May 2025
ތިޔަހެން ކޮމިޓީ ކުމިޓީ ކަމިޓީ ހަދަ ހަދާފަ އަމިއްލަޔަށް މުސާރަ ކަނޑައެޅޭތަ؟ ތިޒާތު ކަންކަން ކުރަން ޤާނޫނުން ވަކި ބަޔަކު މި ރާއްޖޭގައި ނެތީތަ؟
ނޯބަލް
04 May 2025
ކުރީ ސަރުކާރުންވެސް އެސެޓް ރިކަވަރީ ކޮމިޝަނަކާއި މަރު ކޮމިޝަނެއް ހަދައިގެން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރި، ގައުމަށް ނުވަތަ ރައްޔިތުންނަށް ވީ ފައިދާއެއނެތް، އެންމެ ކުޑަ މިނުން ރިޕޯޓްގަނޑެއްވެސް ފައިނަލް ކޮށްފައި ނުނެރެވޭ، ދެން ތިޔަ ކޮމިޝަނަށް ދައުރު ނިމެންވާއިރަށްވެސް ރިޕޯޓެއް ލިޔެވޭވަރުވާނެތޯ ސުވާލު އުފެދޭ، އެއީ ކޮމިޝަންގެ ޗެއަރ އަކީ އަދި އެހެން ކޮމިޝަނެއްވެސް ޗެއަރ ކުރައްވާ ފަރާތަކަށްވާތީ، ކަނޑު ކޮމިޝަނުންވެސް ނަތީޖާއެއް ނުނެރެވޭ
ޒީނަތް އައްބާސް
04 May 2025
އެމީހުން އެ ހަވާލުވީ މިގައުމު ނިދިން ހޭލައްވާލި މައްސަލައަކާ. އެހެންވީމަ ބޮޑު ތަހްގީގެއް ދާނެ. މިކަންކަން ބަލަން ގިނަ ވަގުތު ދާނެ. އެހެން ކަމުން އުޖޫރަ ދޭން ވާނެ. ރަނގަޅު
ނިހާލް ސަލީމް
04 May 2025
ކުރާ މަސައްކަތަށް އުޖޫރަ ލިބެން ޖެހޭނެ.
މަމްނޫހް
04 May 2025
ހަގީގަތުގައި އަދި ކިރިޔާ ރަނގަޅު ކަމަކަށް ކޮމިޝަނެއް ސަރުކާރަކުން މިހެދީ.
ވަޒީ
04 May 2025
ރިޓަޔަރމަންޓު އެލަވަންސަށް ކިތަންމެ ބޮޑު އެއްޗެއް "ލިބުނަސް" އެ މީހަޔަށްވެސް ހަމަ ފަނަރަހާސް އޯކޭ؟
އަނދިރިކަމުގެ ތެރެއަށް
04 May 2025
ފުލުހުންގެ އެންމެމަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ. ފުލުހުންގެ މައްޗައް އަމުރުކުރަނީ ރައީސް އާއި ރައީސް ލާފަ ތިބޭ ވަޒީރުން، އެހެންވީމަ ފުލުހުން ތަހުގީގު ކޮއްފަ ރައީސް މިވެނި އެއްޗެކޭ ބުނާށޭ ބުނެގެން އުޅުނުހިސާބުން އަތައް ގޮވީ. މިހާރު އޭތި މަތިއަޅަްން ހަމަ ރައީސް ކޮމިޝަނެއް ތި އުފެއްދީ ތި ހަމަ ވާނީ އެހެން، ހަމަ ރައީސް ބުނާށޭ ބުނާ އެއްޗެއް ބުނާނީ. ހަމަ ވައިޑު ބޮޑީ ގެ މައްސަލައެއް ނެތްކަން ބުނެދޭން އުޅޭނީ. މަ ބުނީތީވެސް ބަލަންތިބޭތި.
ސުހާނާ
04 May 2025
ކަލޭ ތިޔައީ ހުރިހާ ކަމެއް އެނގޭ މީހާދޯ؟
އޮނަރަބްލް އަފީފު ދީދީ
04 May 2025
ޖަލުގައި އޮންނަ ކުށްވެރިޔާގެ މައްޗަށް ހަފުތާއަކު އެތައް ހާސް ރުފިޔާ ޙަރަދު ކުރާއިރު ސަރުކާރު ވަޒީރަކަށް ހުންނެވި ކ.މާލޭ މާންދޫގެއާގޭ އަމީން އެރަށު މީހުނަށް އަގުހެޔޮކޮށް ޓެކްސީ ދަތުރު ކޮށްދިނުމަށް ދައުލަތުގެ ޙަޒާނާ އިން ޙަރަދު ކޮށްގެން ގެންނަ ކާރު ދުއްވާ މީހަކަށް ގަނޑިއަކު 100ރ ލިބޭނެ ކަމަށް ވިދާޅުވި. އެކަމަކު މިފަދަ ޙައްސާސް މައްސަލައެއް ބަލާ ތަޙްޤީގުކޮށް ރިޕޯޓް އެކުލަވާލަން އައްޔަން ކުރައްވާ ތަޢުލީމީ ބޭފުޅުންނަށް ދޭން ނިންމީ 15000ރ ޖޯކެއްނު.
އޮނަރަބްލް އަފީފު ދީދީ
04 May 2025
މަސްތުޕާޓީގައި ވެއްޓުނު، ނުވަތަ ވައްޓާލި ޔުމްނުގެ މައްސަލަ ތަޙްޤީގުކުރަން މިހާތަނަށް ބަންދުކޮށްފައިވަނީ ގ.އެރިއަދޫ ރައުދު އަހުމަދު ޒިލާލު އެކަނި. އޭގެތެރޭގައި ބާކީތިބި އެހެން . ކަމަށްވާ އެރަށު ގ.ނޯތުބްރީޒް އާއިޝަތު ލަޔާލީ އިގުބާލު، މ.ތިލަފަޅު އާމިނަތު ޖުނެއިނާ ޖަމްޝީދު، ހ.މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އަދި މއ. މާންދޫގެދެކުނުގޭ އިޒުދިޔާން މުހައްމަދު މައުމޫނާއި ހަމައެގޭ ޔޫސުފް އަހުމަދު އަކްރަމް ފަދަ އެންމެން ތިބީ މިނިވަންކޮށް!؟؟؟
ސުހާނާ
04 May 2025
ޔުމްނު ވެެއްޓުނު ފެންލައިޓް ހުރި ގެއަކަށް ތިޔަ ބުނާ ބަޔަކު ނުދޭ. އެހެންވީއިރު، ޔުމްނު ވެއްޓުމާ އެމީހުންނާ އޮތީ ކޮން ގުޅުމެއް؟
އޮނަރަބްލް އަފީފު ދީދީ
04 May 2025
ރާއްޖޭގެ މަޝްހޫރު ޤާނޫނީ އިލްމު ވެރިޔާ އަދި ދައުލަތުގެ ބަންޑާރަ ނައިބު ކަންވެސް ކުރައްވާ "ދިވެހި ރައްޔިތުން އިސްލާޙަށް މަސައްކަތް ކުރިއިރު ޤާނޫނީ ގޮތުން އެކަމުގައިވެސް މުހިންމު ދައުރެއް އަދާކޮށްދެއްވި އައްޑޫ މީދޫ ހަސަންކާރިގޭ ޑރ މުޙައްމަދު މުނައްވަރު ރައީސް ކަމުގެ މަޤާމްގައި ހުންނަވައިގެން ކޮމިޝަނުން މައްސަލަ ބަލާއިރު ކީއްވެގެންތޯ ޔުމްނު އާއި އެކުގައި މުލި އެރޭ ހޭދަކުރި މިދެންނެވި .. މިނިވަންކަމާއިއެކު ދޫވެފައި ތިބެން ފުރުސަތު ދީފައިވަނީ؟؟؟!!