އައްޑޫ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހެއް ވެއްޓިފައި.--
06 މެއި 2025 - 15:09
އައްޑޫ ހަންކެނޑެ ބްރިޖުގައި ބާރު ސްޕީޑްގައި ސައިކަލެއް ދުއްވާފައި ދަނިކޮށް ބްރިޖްގެ ފެންސުގައި ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހިތަދޫއިން މަރަދޫ އަށް ބްރިޖުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފެންސުގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ އެކްސިޑެންޓުގެ ވީޑިއޯ ތަކެއް ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސައިކަލައި ދިޔައީ ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް ވެއްޓިފައި އޮތްއިރު އެކަކު އޮންނަނީ ފެންސުގެ ބޭރުގަ އެވެ.
ބެލެވޭ ގޮތުގައި ބޮޑަށް އަނިޔާވެފައި ވަނީ އޭނައަށެވެ. އެ މީހާ ވެއްޓިފައި އޮތް ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުއްޓެވެ.
ހަންކެޑެ ބްރިޖުގައި މިއަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
06 May 2025
ތިޔައީ އައްޑޫގައި އާކަމެއްނޫން. އެވާހަކަ ނޫހުގަ ޖަހާލީމަ އެނިމުނީ. އެކަމަކު ކ.މާލޭގަ ބުރިޖުއަޅައިގެން އެކްސިޑެންޓެއް ހިނގިފަހަރު ކަންތައްވީ ކިހިނެއްތޯ. ސަރުކާރުގެ މައްސަލައެއްކަމަށްބަލާފަ ރަށުތެރޭ ބައިތުލްމާލުން ހެލްމެޓު ބެހިތޯ، އަނެއްބަޔަކު ކެމެރާ ނުޖަހައިގެން ދުވިތޯ. ކޮންމެ ކަފިހުރަހެއްގެ ދެފަރާތަށް ފުލުހުންލާފަވެސް ހުރިނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
06 May 2025
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މަގެއްގެ މަތިން ފުލުހަކު ނުފެނޭ. އެހެން މީސް މީހުންވެސް ވެހިކަލް ދުއްވާފައި އުޅޭ ފަދައިން މިތަނުގައި އުޅޭ ފުލުހަކު ފެނުނު ނަމަ ފެންނާނީ އެއަރޕޯޓުން ހިތަދުއަށް "ފިނިބުރެއް ޖަހާލަން" ބާރު ސްޕީޑްގައި ފުލުހުންގެ ވެހިކަލް ދުއްވާފައި ދާތަން އެކަނި. އެކްސިޑަންޓެއް ނުވަތަ އެހެންކަމެއް ދިމާވެގެން ގުޅާލީމާ 45 މިނިޓް ފަހުންނޫނީ ފުލުހެއްގެ ޙަބަރު ނުވާނެ. 40 ހާސް ރަށްވެހިން ތިބި އައްޑޫ މިއަށްވުރެން ރަނގަޅަށް ބަލަހައްޓަން ޖެހޭ.
އަސްލު އަފީފު ދީދީ
07 May 2025
ދަރިފުޅާ، ކޮންމެކަމެއްގައި ފުލުހުން ޒިންމާވާން ނުޖެހޭނެ؟ ތަނެއްގައި ހެދިގައި ހުންނަ ގަވާއިދުތަކަށް ތަބާވުމަކީ ފަރުދީ ޒިންމާއެއް، ފުލުހުން މަގުތަކުގައި ތިބޭތީ ބާރު ސްޕީޑްގައި ނުދުއްވުން، ރުއްކައިރީ މީހަކު ހުރީމަ ވަގަށްނޭޅުން، މި ވިންނުންތަކަކީ ތަހުޒީބީ ވިސްނުމެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
06 May 2025
އައްޑޫ ފަޅު ރަށެއްގައި (އެއަރޕޯޓް ގައި) ބޮޑު ސަރަޙައްދެއްގައި ފެންސް ޖަހައި ބާބަކިއު ހަދާ އެކިކަހަލަ ކުޅިވަރު ކުޅޭނެ ގޮތް ހަދާފައި އެތަނުގައި ޕިކްނިކް ހަދާން ހޮލިޑޭ ހޯމެއްގެ ގޮތުގައި މާލެއިން އެތަނަށް ދަތުރު ކޮށް މަޖާ ނަގަން ނުތިބެ އެއަރޕޯޓާއި އިންވެގެން އޮތް މީހުން ދިރިއުޅޭ 2 އަވަށް ކަމުގައިވާ މަރަދޫ ފޭދޫގައި ފުލުހުންގެ މަރުކަޒު ހަދައި އެތަނުގައި ފުލުހުންތިބުން މާރަނގަޅު ނޫންތޯ؟! ފުލުހުން މިހާރުތިބެނީ އެމީހުންގެ އަމިއްލަބޭނުމަކަށް ތިބޭ ތަނެއްގަ.
ސިންބިން
06 May 2025
ހިތާ މަކެރަން. ކަމާއިބެހޭ އިދާރާތަކުގެ ފަރުވާ ކުދުކަމުން ވޭލެމީ ﷲ ހަމުދު
ބުރިޖް
06 May 2025
އަވަހަށް ބަޔަކު ނިކުމޭ އިންސާފް ހޯދަން. ވެރި ވެރިމީހާ ގޯސްކޮށްފަ
ކޮވާޑް ޕައިލެޓް
06 May 2025
ބަލަ މިމައްސަލައިގަ ވެސް ފުލުހުން މިނިސްޓަރެއްގެ ތިމާގެ ކުދިންކޮޅެއް ސަލާމަތް ކުރަން ދޮގު ހަދަން ފަށައިފިއްޔާ ނިކުންނާނަން!
ކިއްލާ2222
06 May 2025
މާލޭ ގެ ހައިވޭ ތަކުގަ އެކްސިޑެންޓް ވަނީ ސިކުޑީ ތަރައްގީ ވެފަ ތިބޭ ވަރު ބޮޑުވީމަ އުތަ!
ކަލޭނޭ.
06 May 2025
މިގައުމުގައި ބުރިޖު އަޅާނެކަމެއްނެތް. ވަރަށްވެސް ހިތާމަހުރި. އަވަސްޝިފާއެއް ދެއްވާށ!ި
ބޮޑުވަރު
06 May 2025
ކޮންފަދަ ގޮތްކުޑަ މީހުންނެއްތަ މީހަކު އެހާލުގަ އޮއްވަ ގޮސް ފޮޓޯ މިނަގަނީ! ނޫސްވެރިންވެސް ވެއްޖެނު މިއަށްވުރެ ތަންކޮޅެއް އަގަލު ހުންނަން!
ހުސެން656
06 May 2025
ދެން ތީގަ ދުއްވާއިންމީހާ ފަރުވާކުޑަވެގެން މިކަންމިހެންހިގީމަ މަތިމައްޗައް ސްޕީޑްބުރޭކަރު ހަރުކުރާނެ
ރކޖކޖކ
06 May 2025
ތިތަންތަނުގަ އުޅޭމީހުންގެ ސިކުނޑި އަދި ތަރައްގީ ނުވޭ ހައިވޭތަކުގަ ދުއްވޭވަރަށް.
ޛުރި
06 May 2025
ކޮންތަނެއްގައި އުޅޭމީހުންގެ ސިކުނޑިތޯ ތިބުނާވަރަށް ތަރައްގީވީ
އަފީފާ ބީބީ
06 May 2025
ނޫނޭ، ތިޔަހެން ވާކަމެއް ނޫން އެއަކީ. އައްޑޫގަ އެކްސިޑެންޓް ހިނގަނީ މާލޭ މީހުންނާ ހެދި!
އުދުޅި
06 May 2025
ހާދަ ނަސްލީ ކަން ބޮޑޭ!ް އަމިއްލަ ސިކުޑި ހަމައިގަ އިންނަ ނަމަ ތިހެން ނުލިޔާނެ! ބަލަގަ މާލޭ ގެ ހައިވޭ ތަކުގަ އެކްސިޑެންޓް ހިގަނީ ކީއްވެ
ޙުސެންބެ656
06 May 2025
ހަމަ ތިގޮތައް މާލެ ހުޅުމާލެގަވެސް ތިބޭ
އަހޫމަ
08 May 2025
އެންމެފަހުންވެސް އައްޑޫ ބުރިޖުގަ މަރުވީ ރޭސްޖަހަން އުޅޭ މާލެ ސޮރެއް ނޫންދޯ.އައްޑޫގަ ހައިވޭހެދިމާލެއައް ވުރެ ކުރިން.