ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
07 މެއި 2025 - 16:12
އައްޑޫ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ކަމަށް ވިޔަސް އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ މުޅިން ވަކިން އޮންނަ ހުޅުމީދު އަށް ވެސް މިހާރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ ކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އެންމެ ސީނިއާ އެއް މެމްބަރު އެހެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލްގެ ބަހުސްގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ހުޅުދު އާއި މީދުއަކީ އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ ވަކިން އަދި ކަނޑެއް ހުރަސް ކޮށްފައި ނޫނީ ނުދެވޭނެ ދެ ރަށް ކަމަށް ވާތީ ހުޅުމީދޫގެ ރައްޔިތުންނަށް ވަކިން ހާއްސަ އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
އޭނާ އެހެން ވިދާޅުވިއިރު، އައްޑޫގައި ގަމުގައި އިނގިރޭސިން ހަދާފައިވާ އެއާޕޯޓު ތަރައްގީކޮށް، އެ ތަން ބޮޑުކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ހިތަދު އާއި މީދޫ ބްރިޖަކުން ގުޅުވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ވެސް އެ މަނިކުފާނުގެ ވެރިކަމުގައި ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން އެކިއެކި ފޯރަމްތަކުގައި ސަރުކާރުން ވަނީ ދީފަ އެވެ.
ދިގު މިނުގައި 13-15 ކިލޯ މީޓަރުގެ މި ބްރިޖުގެ މަސައްކަތް "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާ ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހަވާލުކޮށްފަ އެވެ.
ގަމުން ހުޅުމީދު އަށް ސްޕީޑު ލޯންޗެއްގައި ދާނަމަ ނަގާނީ ވިއްސަކަށް މިނިޓެވެ.
- ހުޅުދު އާއި މީދޫގެ ޖުމުލަ އާބާދީއަކީ 3،074 (ހުޅުދޫގައި ތިބީ 1،182 މީހުން، މީދޫގެ އާބާދީއަކީ 1،892)
- ހުޅުމީދުއާ ވަކިން އެއްފަސްކޮށް އޮންނަ ހިތަދު އާއި ފޭދު އާއި މަރަދު އާއި މަރަދޫފޭދޫގެ އާބާދީއަކީ 21،979
ހުޅުމީދު އަށް ހާއްސަ އެއާޕޯޓެއް ބޭނުންވާ ސަބަބަކީ ޝާހިދު ވިދާޅުވިގޮތުގައި ކަނޑުގަދަ ދުވަސްވަރެއް ނަމަ ދަތުރުރުކުރުމުގައި ދިމާވާ އުނދަގޫތަކެވެ.
"ދުވާލަކު 300-400 ރައްޔިތުން އެބަ ދަތުރުކުރޭ ހުޅުދު އާއި މީދު އާއި ގަމާއި ފޭދު އާއި ހިތަދުއާ ދޭތެރޭގައި،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ހުޅުދޫގައި އެއާޕޯޓެއް ހެދުމަކީ ނުވާނެ ކަމެއް ނޫން ކަމަށާއި ހުޅުމީދޫގެ ރައްޔިތުންގެ ހައްގުގައި އެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުޅުދު އާއި މީދުއަކީ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމެވެ.
އައްޑޫ ހުޅުދޫގެ މައި މަގު
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ވެސް އަޅުގަނޑުމެން ކުރާނަން. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މި ތަނަށް އައިސްފައި މި ތިބީ. ރައްޔިތުން އަޅުގަނޑުމެން ގާތު މި އެދެނީ މި ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަނީ ވަރަށް ގިނަ ވައުދުތަކެއް ވެފައި. އަޅުގަނޑަށް ޔަގީން، އެ މަނިިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް މިދަނީ ކުރަމުން."
އައްޑޫގައި އެއްފަސްގަނޑަކުން ގުޅިފައި އޮންނަ ފަސް ރަށާ އެކު، ހުޅުދު އާއި މީދޫ ވެސް ހިމަނައިގެން އައްޑުއަކީ ސިޓީއަކަށް ހަދާފައި ވިޔަސް ހުޅުމީދޫގެ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށް ހިމެނޭ ވަކި ސިޓީއަކަށް ބަދަލުކުރާށެވެ. އެ ކަމަށް ދޭތެރެދޭތެރެއިން ވަކާލާތުކޮށް އަޑު އުފުލަމުން އައި ނަމަވެސް އަދި ހަގީގަތަކަށް ނުވެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ބޭރުވާން ހުޅުމީދޫގެ ބައެއް މީހުން ބޭނުންވާ މައިގަނޑު ސަބަބަކީ އެ މީހުން ބުނާގޮތުގައި، އައްޑޫގެ މުހިންމު ގިނަ ވަސީލަތްތަކާއި އުމްރާނީ ތަރައްގީ ހިތަދު އާއި ފޭދު އާއި މަރަދޫ އަދި މަރަދޫފޭދު އަށް އެކަނި ގެންދަން ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
08 May 2025
އައްޑޫ މީހުން އެމީހުންގެ ހިތް ކަމަށް ދެކެމުން އަންނަ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް އޮންނަ ރަށް "ގަން" ވީރާނާކޮށް އެތަނުން އައްޑޫ މީހުނަށް މަންފާހުރި ބޭނުމެއް ނުކުރެވޭނެގޮތް ހަދާން ކ.މާލޭގެ ބޮޑުން މަސައްކަތް ނުކުރާ ޒަމާނެއް ނުދޭ. މިހާރުގެ ޑިފެންސް މިނިސްޓަރ މަޖިލީހުގައި ދެއްކި ވާހަކަ ތަކަށް ބަލާލިޔަސް މިކަމުގައި އެރަށުމީހުން ގެންގުޅޭވިސްނުން ސާފުކޮށް އިގޭނެ. ދެރަކަމަކީ ޝާޑު ފަދަ އައްޑޫ މީހުންވެސް އެމީހުންގެ މަޅީގައި ޖެހި ތިފަދަ ވާހަކަ ދައްކާކަން.
އަރަފަ
08 May 2025
މިހާރު ދެން ރައީސް ވައުދުވި ބުރިޖު ނިމުނީތާއެވެ. ދެން މަދުވަނީ ތިރަށަށް އެއާޕޯޓެއް
ޖަހާންގީރު
08 May 2025
މިސަރުކާރު އޮތިއްޔާ މިސަރުކާރުން އަހަރެން މިތިބީ މިކަންކަން ކުރަން. މީ އެހެން ދާއިރާއަކަށް މިސަރުކާރުން ކަމެއްވާން ވާން ބޭނުންނުވާ މަޖިލީހުގެ މެމްބަރުން. މަޖިލީހުގައި ވާހަކަ ދައްކާނީ މުޅި މުޖުތަމައަށް ފައިދާ ކިރާނެ ގޮތަކަށް. އަމިއްލަ ފައިދާގެ ވާހަކަ ދައްކަން މަޖިލިސްނޫން އެހެން ގޮތަކުން ވަހާކަ ދައްކަންވާނީ. މަޖިލިސްގެ ރައީސްވެސް މަޖިލިސް ކޮންޓްރޯލު ކުރަންޖެހޭނެ މިކަހަލަ ވާހަކަ ދައްކާއިރު. ބަޖެޓު މަރުޙަލާގައި ތިކަހަލަ ވާހަކަ ދައްކަބަލަ.
ލޮލްލޮލްލޮލް
08 May 2025
މެންބަރު އެ ވިދާޅުވީ ބަޖެޓަށް ބައްލަވާފައި އެންމެ ލުއި ގޮތް. އަސްލު ބޭނުންވާ ހުޅުދޫ އަވަށަށް ވަކި އެއަރޕޯޓަކާ މީދޫ އަވަށަށް ވަކި އެއަރޕޯޓަކާ އެއިން ކޮންމެ އަވަށަކަށް ހިތަދޫއިން ފެށިގެން ވަކި ބްރިޖެއް.
ބަޑިތަކުރު
08 May 2025
އެއަރޕޯޓް އަޅާފައި ދެން ބްރިޖްއަޅާށެވެ. މާލެއާ ހުޅުމާލެއާދެމެދު ބްރިޖްއެޅުމުގެކުރިން ހުޅުމާލޭ ފެރީ ޓާމިނަލް އަޕްގްރޭޑް ކުރިހެންނެވެ. ގައުމުގައި ހިސާބަށްވުރެ ފައިސާ ގިނަވީމާ ކޮންމެ ދެރަށެއް ދޭތެރޭގައިވެސް ބުރިޖް ނާޅާނެކަމެއްނެތެވެ.
އަސްލު......
08 May 2025
ކިތަންމެ ޙިދުމަތްތެރި އަންބަކު ހުއްޓަސް އިތުރު ތިން އަބިން ބޭނުންވާނެ....
ޕާޓް
08 May 2025
ކީއްކުރާނީ. ހިތް ނުފުރޭތީ ވާ ގޮތް ހައްތާ ވެސް.
ސަހީމާ ދީދީ
08 May 2025
މަރަދޫ ކޮންމެ މީހަކަށް އެއަރޕޯޓެއް ބޭނުންވާނެ.
ހާލުފޮޅިފޮޅި
08 May 2025
ކޮންމެ ރަށެއްގައި އެއަރޕޯޓެއް އޮންނާކަށް ނުޖެހޭ . . .
ރިބަން
08 May 2025
ތި ދާ ވަރުން ދަންޏާ މީދޫ ގައި އެއަރޕޯޓް އަޅައި ދުވަސްކޮޅަކުން ހުޅުދޫ މީހުން ސިލުވާންކުރަން ފަށާފާނެ ހުޅުދޫ ގައި ވަކި އެއަރޕޯޓެއް އަޅަން ވެސް. ތި ދެ ރަށަކީ ވެސް އެއްގަލަކަށް އަރާ ބައެއް ނޫނިއްޔަ! ދައްކަން ވާނީ ދެކޮޅުޖެހޭ ކަހަލަ ވާހަކަ، ދުނިޔޭޣެ ކޮން ޤައުމެއް ގައި ތަ އެހާ ކައި ކައިރީ ގައި އެއަރޕޯޓް އަޅައިގެން އުޅެނީ؟؟ މީކީ ވެހިކަލް ގަރާކެއް ނޫނިއްޔަ. މީ އެއަރޕޯޓް. ހަމަ ބަޔަކު ސިލުވާންކޮށްލާ އިރަށް އެ ރަށުގައި އެއަރޕޯޓް އަޅާކަށް ނުޖެހޭ.
ލޮލޮް123
08 May 2025
ހޮޅި ނިހޮއްލަ އޮއް އެއާޕޯރޓް ރަނގަޅަ ކޮށްފެލަ ހާލި ބާލި ނިކެއި.. ލަދުނަސް ބޯހަލީކި މެމްބަރާއު ކޭފެއި ވަރިހަމަ ކޮންމެ ފަދައެއްތަކާއު ކިޔަސް...ޕިސް ޕިސް