އައްޑޫ ހުޅުދު އާއި މީދު އަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން، ސްޕީޑް ފެރީ ދަތުރުތައް އަންނަ އަންގާރަ ދުވަހު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުދު އާއި މީދުއަށް އަލަށް ތައާރަފްކުރާ ރޫޓްގެ ސަބަބުން ދަތުރުފަތުރު އިތުރަށް ފަސޭހަވެ ކަސްޓަމަރުންނަށް އަވަަސް ހިދުމަތެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. 

އެ ކުންފުނިން އާއްމުކުރި ތާވަލުގައިވާ ގޮތުން، އެއްފަސްކޮށް އޮންނަ އެ ދެ ރަށް ހިއްސާކުރާ ބަނދަރަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ގަމުން ސްޕީޑް ފެރީގެ ހަތަރު ދަތުރުކުރާނެ އެވެ. 

ގަމުން ސްޕީޑް ފެރީ ފުރާ ގަޑިތައް 

ހެނދުނު 7:02 ގައި

މެންދުުރު 11:32 ގައި

މެންދުރު ފަހު 3:02 ގައި

ރޭގަނޑު 8:17 ގައި 

ތާވަލުގައިވާ ގޮތުން ހުކުރުދުވަހު ވެސް ސްޕީޑް ފެރީގެ ތިން ދަތުރު ގަމުން އެ ދެރަށަށް ކުރާނެ އެވެ. އެއީ ހެނދުނު 9:02 ގައި ފަށާ ދަތުރަކާއި މެންދުރުފަހު 3:02 ގައި ފަށާ ދަތުރަކާއި ރޭގަނޑު 8:02 ގައި ފަށާ ދަތުރެކެވެ. 

އެ ދަތުރުތަކަށް ހޭދަވާނީ 21 މިނެޓެވެ.