ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު - ފޮޓޯ: މަޖިލިސް
13 މެއި 2025 - 10:05
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި 1،300 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް އެދި 1،351 ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ.
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށާއި މި އަހަރު ވެސް އަމަލުކުރާނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެ ކަމުގައި ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް 500 ޖާގައަށް ހުޅުވާލިއިރު، ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފައިވެ އެވެ.
ހައިދަރު ވަނީ ލޯނަށް ހުޅުވާލުން ލަސްވި ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް މިއަދު ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ލޯނު ދޫކުރަނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާގެ މެރިޓަށް ބެލުމަށް ފަހު ކަމަށް ވާއިރު، މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ލިބިފައިވަނީ ފެބްރުއަރީ މަހުގެ ފަހުން ކަމަށެވެ.
"ޖެނުއަރީގައި ހުޅުވާލިނަމަވެސް އެބަ މަޑުކުރަން ޖެހޭ ފެބްރުއަރީ ނިމެންދެން ކުދިންނަށް އެވޯޑުކުރުމުގައި،" ހައިދަރު ވިދާޅުވި އެވެ.
ލޯނު ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ. މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
13 May 2025
ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވާ ނިއްމެނީ އަދި އިތުރު ލޯނެއްވެސް ނަގައިގެންނެވެ! އެލޯނުގެ ދަށުން ދޫކުރާ މިންވަރަކީ ކޯސް ފުރިހަމަވަންދެން ގޭބަންދުގަ ހުރެގެން ކިޔެވޭނެ މިންވަރެކެވެ!
ތިކާކު، ހަފްތާ ނިމޭތަ؟
13 May 2025
ގޯތި އަދަދުތަށްވެސް ތި ގޮތަށް ބެލެހެއްޓި އަހަރެމެނަށް އިނގޭ އާޚިރުގަ ކަންވީގޮތް.
ދަރިވަރުން
13 May 2025
ތިޔަ ލޯނު ނަގައިގެން ބައެއް ކުދިން އެބަތިބި ބޮޑެތި ސައިކަލް ގަނެ ކާރު ގަނެ ޓެކްސީކޮށް ދެން ހީވަނީ މީ ކި މިކުދިން ބިޒްނަސް ކުރަން ބޭންކުންދޭ ލޯނެއް ހެން.
އެމްސް
13 May 2025
ސުރުޚީގަ އޮތީ ބޭންކް ލޯނުގެ ވާހަކައެއް ނޫނެވެ!
ލކލކޖ
13 May 2025
އަމިއްލަ ޚަރަދުގަ ކިޔަވާ ދަރިވަރުންނަށް އަމިއްލައަށް ޚަރަދު ނުކުރެވިގެން ލޯނަށް އެދުމުން އެ ރިޖެކްޓް ކުރެއވިކަން ވަރަށް ހިތާމަ. އެދަރިވަރުން ނުފެތޭ، އަލަށް ފަށާ ކެޓަގަރީއަށް. އެދަރިވަރުން ނުފެތޭ ޓޮޕްއަޕް އަކަށް. އެކަމަކު އެއީވެސް ދިވެހި ދަރިވަރުން. ރައީސްއަށް ވަރަށް އާދޭހާއެކު ދަންނަވަން ކިޔަވާ ކުދިންގެ މެދުގައި ތަފާތު ނުކުރުމަށް. އަމިއްލައަށް ބައެއް ޚަރަދުކޮށް ދެން ނުވީމަ ދައުލަތުން ލޯނެއް ނެގުން މާރަނގަޅު ނޫންތޯ؟
އެމްސް
13 May 2025
ބީއެމްއެލްގަ އޮންނަ ސީއާރު ބިޔަ ބަޖެޓުން ނުވަތަ ރަހުނަކާއިނުލާ ތިފަދަކަންތައް ކޮށްދޭނެނަމަވެސް ކިހާރަގަނޅުތޯ!
ބަދަން ސިތާރާ
13 May 2025
ލޯނު ލިބޭ ކުދިން އަވަސް ނުވާނެތާ! އަޑިއަޑިން އަވަސްކުރަންޖެހޭ ކުދިންގެ ކަންތައް ހަމަޖައްސާފައި ނޫނީ އެހެންކުދިންގެ ކަންކަމަކަށް ނުވެސް ބެލޭނެ. ކަނައަތުގައި ތިއިނީ ދޮގުހަދާ މީހެއް. ދެން އިނީ އަޑިއަޑިން ކަައްކާކުއްޖާ. ހައިދަރަކީ މި ދާއިރާއަށް މާބޮޑަށް ވަދެވިފަ ހުރި މީހެއްނޫން. މި މީސްމީހުން އުޅެނީ އެސޮރު ބޯކާލައިގެން.
އެމްސް
13 May 2025
ޙައްޤު ތެދު!
ލލލލލލޕ
13 May 2025
ގައުމުއަހަރަކު ވަންނަންޖެހޭ ޑޮލަރު 2.4 ބިލިއަން. އެކަމަކު ސުޓޫޑެންޓް ލޯނޭ. ނޫސްވެރިންވެސް ނުލިޔާނެ މިކަމަކަށް