އއ. މަތިވެރި -- ފޮޓޯ: މަތިވެރި ފޭސްބުކް ޕޭޖް
20 މެއި 2025 - 14:22
އއ. މަތިވެރީގައި ގުރުއާން ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 50،000ރ. ގެ ފައިސާގެ އިނާމެއް ދޭން ނިންމައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ ތަރައްގީގެ ޕްލޭން ފާސްކޮށްފައި ވާއިރު ހާފިޒުން އުފެއްދުން އޭގައި ހިމެނޭ ކަމަށެވެ. މިކަމަށް ހިތްވަރު ދިނުމަށް، ހާފިޒުކަމުގެ ސަނަދު ނަގާ ކޮންމެ ކުއްޖަކަށް ފައިސާގެ އިނާމު ދިނުން ޕްލޭނުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަތިވެރީގައި މި ވަގުތު އެއްވެސް ހާފިޒެއް ނެތެވެ. ނަމަވެސް، ދެ ކުއްޖަކު ގުރުއާން ހިތުދަސްކޮށް މުރާޖައާކުރުމުގެ މަރުހަލާގައި ތިބުމުން މި އަހަރު ރަށުގެ ފުރަތަމަ ދެ ހާފިޒުން ސަނަދު ނަގާނެ އެވެ.
"ގުރުއާންގެ އިލްމު ކުރިއަރުވައި އެ ކުދިންނަށް ހިތްވަރު ދިނުން ބޭނުމަކީ،" އަސްލަމް ވިދާޅުވި އެވެ.
ހާފިޒުން އުފެއްދުމަށް ބާރު އެޅުމަށް ކ. ހުރާ ކައުންސިލުން ވެސް ވަނީ ކޮންމެ ކުއްޖަކަށް 150،000ރ. ދޭން ނިންމައިފަ އެވެ.
ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް ސަރުކާރުން އިސް ނަގައިގެން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް 250 ކުއްޖަކު ހާފިޒުކަމުގެ ސަނަދު ހާސިލް ކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދިންގެ އަދަދު ފަސް އަހަރު ތެރޭގައި 1،000 އަށް އިތުރު ކުރުމެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އެންމެ ފަހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާފިޘް
20 May 2025
ދެން ދަސްކުރާނީ އެހެންވީމަ ފައިސާ ލިބޭތީ ، ސެޓްފިކެޓް ލިބުނީމަ މުރާޖަޢާ ނުކޮށްފާނެތީ ވަރަށް ބޮޑަށް ދެރަވޭ.މިހާރު ވެސް ގިނަ ހާފިޘްން ވަރަށް މުރާޖަޢާ ކުރުން މަދުކޮށް އުޅެނީ . ރޯދަމަސް އައިސްނަމަ ދިވެހިން ގެ ބަދަލުގައި ބޭރު މީހުން މި ގެންނަނީ .
ދަރިވަރެ
20 May 2025
ހައްލެއް ކަމަށް ފެންނަނީ ޙާފިޒުކަމުގެ ސަނަދު ވަކި މުއްދަތަކުން އާކުރަން ޖެހޭގޮތަށް ހެދުން. މިސާލަކަށް ކޮންމެ ދެ އަހަރަކުން އަލުން ހިފްޒު ކޮމެޓީއަށް ކިޔައިދިނުން. ކިޔައިނުދެވޭނަމަ ޙާފިޒުންގެ ދަފްތަރުން ނަން އުނިކުރުން.
ކިމް
20 May 2025
ފައިސާއަށް ކުރާ ކަމެއްތަ އަޅެ އެއީ
ލުބްލާ2025
20 May 2025
ފައިސާ ފައިސާ ފައިސާ. ފައިސާ ނުދީ އެއްކަމެއް ވެސް މިގައުމުގަ ނުކުރެވޭ. މިފަދަ ކަންކަމާހެދި މީހުންގެ މައިންޑްސެޓް ފައިސާއަށް ގޮސް ހުސްވަނީ. އެހެން ކަންކަމަށް ވެސް ދެން ފައިސާ ޑިމާންޑްކުރަން ފަށާނީ. ނަމާދު ކުރަން އެލަވަންސް. ރޯދަ ހިފަން އެލަވަންސް. ކިހާ ދެރަ ކަމެއްތަ.
ބޭޗާރާ
20 May 2025
ތި ބީދައިން ޓީޗަރުންނާއި ޑޮކްޓަރުންނަށާއި ނަރުހުންނަށާއި އިންޖިނޭރުންނަށްވެސް ފައިސާގެ އިނާމެއްދޭންފެނޭ.
ކުރަންޖެހޭ
20 May 2025
ހާފިޒުން އުފެއްދުމަކީ ކުރަންޖެހޭކަމެއް. ގައުމީ ފެންވަރެއްގައި އެކަމަށް އިނާޔަތެއް ދިނުންވެސް އޯކޭ. އެކަމަކު ރަށުކައުންސިލުގައި ހުއްޓަސް، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރަންވާނީ ގާނޫނާއި ޤަވާއިދާއި އެއްގޮތަށް. ކައުންސިލުތަކުން ބަޖެޓުން ޚަރަދުކުރަންވާނީ ދެމެހެއްޓެނިވި ތަރައްގީއަށް.
އަފްރާސިޔާބު
20 May 2025
ނުޖެހޭނެ ރައްޔިތުން ބުނާގޮތަކަށް އަދި ބަޖެޓަރީ އުސޫލުން ކަމެއް ކުރާކަށްވެސް. ޚަރަދު ކައުންސެލަރުން ބޭނުންވާގޮތަކަށް ކުރުމަށް ފައިސާ ހުސްވަންދެން ކުރެވޭނެ. ރަނގަޅު ކަމެއް އެންމެ ގިނަ ދަރިން ހޯދާ ދެމަފިރިއަކަށްވެސް ކުއްޖަކަށް 75000 ރުފިޔާގެ އިނާމެއްދޭން. މަސައްކަތުގެ އާބާދީ ދަނީ މުސްކުޅިވަމުން. އާބާދީ އިތުރު ކުރެވޭނީ ޢިނާޔަތެެއް ލިބިގެން.
ސަލީމު އިދުރީސް
20 May 2025
މިގައުމުގެ އިގުތިސޯދު ދެމެހެއްޓެވި ގޮތުގަ ކުރި އެރުވޭނެ އެއްޗެެއް ކިއަވާ ދަރިން މިގައުގަ ލައްވަވަންވީ! އެންމެ ހާފިޒުން ގިނަ ބައްރުގަ އެއުޅެނީ އެބައްރުގެ ބިމުއަޑާގަ ހުރި އަގުބޮޑު ރިސޯސްތައް އަމިއްލަޔައް ހޯދާ ނަގާލެވޭނެ ފެންވަރު ނެތިގެން! ތަރައްގީގެ މިސަލަކައް ބަލަންވީ ގުދުރަތީ ވަސީލައްތައް ވިއްކައިގެން އުސްކޮން ކުރާ ދުބައީއެންނޫން! ޓައިވާނު ދެކުނުކޮރިއާފަދަ ގައުމުތައް