މުލީ އެއާޕޯޓަށް ބޯޓު ޖައްސާފައި.-- ފޮޓޯ: މޯލްޑިވިއަން
20 މެއި 2025 - 19:52
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރަށު ބަންދު ފިލުވިޔަސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީ އަށް އޮތް ބޮޑު ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި ބޮޑު ހަރަދެއް ކޮށްގެން ހެދި އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވާފައި ވަނިކޮށް، އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި، އާއްމުން ރަށު ބަންދުން ފިލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެކަމަކު، ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހދ. ކުޅުދުއްފުށީ އެއާޕޯޓަކީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.
Dhathurufathuruge nizaamakun Raajjeyge rahthah gulhaalaa, Rayyithun rashu bandhun filuvumakee konmehen beynuntheri kameh. Ehenas Raajjeyge konme rashehgai airporteh elhumakee Raajjeyge tharaggee ah oiy nuhanu bodu huraheh. Kulhudhuffushi airport akee ves varah dherakoh kurevifai…
— Mohamed Nasheed (@MohamedNasheed) May 20, 2025
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމުގައި ހުންނެވި ނަޝީދު އެ އިޝާރަތްކުރެއްވީ ކުޅި ހިއްކައިގެން އެއާޕޯޓު އެޅި މައްސަލައަށެވެ.
ޔާމީންގެ ވެރިކަމުގައި، ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓު އަޅަން ނިންމުމުން އެކަމާ ދެކޮޅަށް ކެމްޕެއިން ފަށައި ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކަށް ކުރިއެރުމެއް ނުލިބި، ކުޅީގެ ބޮޑު ބައެއް ހިއްކައި މީގެ ހަ އަހަރު ކުރިން ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފަ އެވެ.
ނަޝީދު ވިދާޅުވީ ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް ކަމަށެވެ.
"ފައިނުގައި ވެސް އެއާޕޯޓެއް އެޅުން ރަނގަޅެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިއަދު ރަސްމީކޮށް ހުޅުވި މުލީ އެއާޕޯޓުގެ މަސައްކަތް 2021 ގައި އެމްޓީސީސީއާ ހަވާލު ކޮށްގެން ފެށީ ކުރީގެ ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އެންމެ ފަހުން ކުރި ހަރަދުތަކާ އެކު މުޅި ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ތައިލެންޑުގެ ކުންފުންޏަކާއެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކުރި އެވެ. އެކަމަކު، އެ މަޝްރޫއު ހުއްޓާލައި ސަރުކާރުން ވަނީ ތިނަދު އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލައި، އެ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ނިންމައިފަ އެވެ.
ފައިނުގައި އެއާޕޯޓެއް އަޅަން ފުރަތަމަ މަސައްކަތް ފެއްޓެވީ ޔާމީންގެ ވެރިކަމުގަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ފާޅުކުރި ކަންބޮޑުވުންތަކާ ހެދި ދެން އައި އެމްޑީޕީގެ ސަރުކާރުން ނިންމީ އެ ރަށުގައި އެއާޕޯޓު ނާޅާށެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން އަލުން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
21 May 2025
ހަމަ ޖެހޭ ވާހަކަ އެއް ދައްކާ މީހެއް ނޫނެވެ. އެއަރޕޯޓ
އޮނަރަބްލް އަފީފު ދީދީ
21 May 2025
ރައީސް ވިދާޅުވިހެން މޯލްޑިވިއަންގެ ސީޕްލޭން ފުލީޓް ބޮޑުނުކޮށް، އަދި ދަތުރުފަތުރުގެ ނިޒާމުން މުޅިރާއްޖެ ގުޅުވާލާ ފެރީނިޒާމަށް ވެސް އިސްކަމެއްނުދީ ކޮންމެ 30 މިނެޓަކުން އަތުޖެހޭ ހިސާބުގައި އެއާޕޯޓެއް ބާއްވާށޭކިޔާފައި ރަންވޭއެއް އަޅާ އެތައްމިލިޔަން ރުފިޔާ ޙަރަދުކޮށްގެން ވީލްޑްބޭސް ބޯޓްތައް ލޮލަށް ފެންނަހިސާބުގައި އޮންނަ ދެރަށް ދޭތެރޭގައި އުދުހޭގޮތަށް ހަދަނީ TMA ގެ ވެރިންގެ ލަފާގެމަތިން އެކުންފުނީގެ ވިޔަފާރީގެ ހިމާޔަތަށްޓަކައި އެމީހުން ބުނެގެންތޯ؟؟!
އައިމިނާ
21 May 2025
މެންބަރު ކަމަށް ކުރިމަތިލައި ހޮވެންޖެހޭ. ލޯންޗުގަ، ފެރީގަ، ދޯނީގަ، ބޮއްކުރާގަ ދަތުރުކޮށްލެވޭހާ ހިއްވަރެއް ނުހުރޭ. ޢިއްޒަތްތެރިވީމަ ކޮންމެހެންވެސް މެންބަރަށް އެއާޕޯޓެއް ހަދަންބޭނުންވޭ.
އައިމިނާ
21 May 2025
ކޮންމެ ދެ ގެ ދޭތެރޭގަވެސް އެއަރޕޯޓެއް. ކޮންމެ ގެއެއްގެ ދޮރުމަތީގަވެސް އެއާޕޯޓެއް ހަދަންވީ. އެއިރަށް އަސްލު ދިވެހިންނަށްވާނީ. ޓެކްސީވެސް ރަނގަޅުވާނީ އެނދުކައިރިއަށް މަޑުކުރެވޭނަމަ. ސައިކަލުވެސް ގޭގެ ސިޓިންރޫމަށް ވައްދާލެވޭނަމަ.
ކައުންސެލަރު...
21 May 2025
ތިޔަހުރިހާ އެއްޗެއް ތިގޮވާ ނަގަނީ ހަމަ ކަލޭމެން ސިޔާސީން. މުޅިންވެސް ވެރިކަމުގެ ދަހިވެތިކަމުގަ. ގިނަވޯޓް ހޯދަން ވެގެން. އެހެޔޮ ރައްޔިތުން ކިތަންމެ ނުރުހުނަސް. މިސާލަކީ ހަނިމާދޫ އެއާޕޯރޓް އޮއްވާ ކުޅުދުއްފުށީގަ، (ދޭތެރޭގަ އެންމެ 7މޭލު)، އެކަމަކު ވޯޓުން ނުހޮވުނު. އަނެއްކަމަކީ ކަނޑުން ގޯތިދިނުން. އެކަމަކު ވޯޓުންވީ ބަލި. މިކަހަލަމީހުން ލައިގެން ކިހިނެއް ޤައުމު ކުރިޔަށްދާނީ
ހަސަނުގެ ދެފައި.
21 May 2025
ކޮމެންޓް ކޮލަމްގައި މިއަދު މިއޮތީ ދީދީގެ ދެފައި އެކަނި.
ކޮރަކަލި ރައީސް
21 May 2025
މާލެ ސަރަހައްދު އެކަނި އިންޓަރނޭޝަނަލް ވާންވީވެސް ދޮންމީހުން އުޅޭގޮތަށް އުޅެވެންޖެހޭނީވެސް މާލޭ މީހުނަށް އެކަނިދޯ/ އެޒަމާން ބަދަލުވެއްޖެ އަޕްޑޭޓް ކޮށްބަލަ 2008 އެއްގައި ވިއްކި އެއްޗެހި ހަނދާންނެތުނީދޯ
ހުންނާން
21 May 2025
އައްޑު އަތޮޅު ގަމު އެއަރޕޯރޓް ހިންގަމުން ދަނިކޮށް ފެށި އެއަރޕޯރޓް މިހާރު އިިންޓަނޭޝަނަލް އެއަރޕޯރޓް ތަކަށް ބަދަލުވެގެންދަނީ. އެތައް މިލިއަން ޑޮލަރެއް ގަމުއެއަރޕޯރޓަށް ޚަރަދު ކޮށްފައިވާ ކަމަށް ފޮތުން ދައްކާ. އެކަމަކު އެތަނަކުން ފެންނާކަށެއްނެތް. އަޅެފަހެ މިތަން ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯރޓެއްގެ ގޮތުގައި ހިގަމުންދާނެ ދުވަހެއް ހަމަ އަހާލާއިރަށް ބުނޭ މި ފަށަނީ އޭ. އެ ދުވަހެއްނައި. ރަންގަޅު ނަމެއްގައި އިންޓަނޭޝަނަލް.
ހާމުދުރޭ
21 May 2025
ދެރިސޯޓާ ލެޕްޓޮޕަކުން ގައުމުހިންގޭނޭގޮވާފަ އައިސް ވީފަލީހަތް ހަނދުމަނެތުނީތޯ؟.
ކޮތަރޭ
21 May 2025
އައްޑޫ ގަން އެއާޕޯޓާއި ހިތަދޫއާއި ދުރުވީމަ ހިތަދޫ މޫލެކެޑެ ސަރަހައްދުގައި ވެސް އެއާޕޯޓެއް އަޅަން ފެނޭ