ކުރީގެ ރައީސް މުހައްމަދު ނަޝީދު: ކައިރި ކައިރީ އެއާޕޯޓު އެޅުމުން ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 އޮކްޓޯބަރ 2025 - 19:35
ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ހިންގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި ހަތަރު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ނަޝީދު ވިދާޅުވީ އުތުރުގައި އިތުރު ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ސްޕީޑު ބޯޓެއްގައި ދެވޭހާ ކައިރީގަ ކަމަށެވެ.
ނަޝީދު ވިދާޅުވީ އޭގެ ސަބަބުން ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނޯންނާނެ ކަމަށެވެ. އަދި ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ކުރަންޖެހޭ މަންފާ ވެސް އޭގެ ސަބަބުން ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ ސްޕީޑު ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށް ފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ އަމާޒާއި ޕްލާނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށެވެ.
Uthurugai ithuru 4 airport ovvaa, ithuru 4 airport mi alhanee 19-36 minute aa dheythereyga speed boat ga dheveyhaa kairikaireega.
— Mohamed Nasheed (@MohamedNasheed) October 16, 2025
Natheeja akee, hurihaa airport ehgeves iqthisoadhee/maalee dhekolhu jehumeh nethun, Gaumee airline ah dhe ulhi ehnuvaa kharadhuthakeh hingaan jehun,…
ށ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ ހަމައެކަނި ފުނަދޫގަ އެވެ. އެކަމަކު މި ހަފްތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އަދި މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ.
ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށް ކައިރީގައި އޮންނަ ރ. އަލިފުށީގައި ވެސް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލު.......
17 October 2025
ކޮންވާހަކައެއް، ރައްޔަތުންނަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅެއްނޫންތީ، އަދި ޚާއްސޮކޮށް އެމްޑިޕީ ބޭފުޅުންނަށް ހެއެދޭނެ ބޭފުޅެއްނޫން.. އެމްޑީޕީ އަށް އެންމެބޮޑު ގެއްލުމާއި އަނިޔާދެއްވި ބޭފުޅާ....
ޒަހާން
17 October 2025
އެއަރޕޯޓް އެޅުންފަދަ ކަންކަން ކުރާއިރު އެކަމުގެ ސަބަބުން ދެމިހުންނަނިވި ގޮތަށް މާލީ އަދި އިޤްތިޞާދީ ގޮތުން މުޅި ޤައުމަށް ކުރާނެ ފައިދާ އަށް ބަލާފައި މިފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމުގައި ޤަބޫލު ކުރެވޭ.
ވައޮލިންސް
17 October 2025
ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާނެ ވިޔާފާރި އަށް 2026 އަހަރު ބަދަލުވެގެން ދާނީ ޑޭޓާ ސެންޓަރު އަދި ޑޭޓާ ވެއަރ ހައުސް ވިޔާފާރިއޭ އެވިޔާފާރި ރާއްޖޭގައި ފުޅާ ކުރަން ކާށިދޫ ފަދަ ބޮޑު ފަޅު އޮތް ރަށުގައި ތިބި ކާށިދޫ އެންމެން ނަގާ ހުޅުމާލެ އަށް އަޅާލާ މުޅި ކާށިދޫ ފަޅު ހިއްކާ އެތަނުގައި އެއަރޕޯރޓަކާއި އެކު ތަރައްގީ ކުރާނީ އިންޓަރނޭޝަނަލް ޑޭޓާ ސެންޓަރު ތަކާއި ޑޭޓާ ވެއަރ ހައުސް ތަކޭ އެއިރުން ދެން ޓޫރިޒަމަށް ވުރެން ބޮޑު އާމްދަނީ ލިބޭނެ ގޮތް ހޯދުނީއޭ...
ގިނަވުމުމުންނޭދޯ
17 October 2025
ކައިރި ކައިރީގައި އެއަރޕޯރޓް މުޅި ރާއްޖޭގައި ބިނާ ކުރި ނަމަވެސް އެއީ ބިން ހިއްކައިގެން ބިމުގައި އަޅާ އެއަރޕޯރޓްސް ތައް ކަމަށްވާނަމަ އެއިން ކުރާނީ ފައިދާއޭ ރާއްޖެ އަށް ބޭނުންވޭ އެބަ މިލިޓަރީ އެއަރޕޯރޓް ތައް ވެސް ކޮންމެ އަތޮޅަކުން މަދުވެގެން 5 މިލިޓަރީ އެއަރޕޯރޓް މާލެ އަތޮޅުން ކާށިދޫގައި މިިލިޓަރީ އެއް އެއަރޕޯރޓް އަދި ރިހިވެލި ހުޅަނގުން ކަނޑުހިއްކާ އެތަނުގައި މިލިޓަރީ އެއަރޕޯރޓެއް ވެސް ބޭނުންވޭ މިލިޓަރީ ޕަވަރ ވެސް އެންހޭންސް ކުރެވޭނީ އެއަރބޭސް
ދަޗޮއިސް
17 October 2025
މާލޭން ރިހިވެލި ރިސޯރޓަށް ދާން ކަނޑުދަތުރު ކުރާ ސްޕީޑް ބޯޓަށް އެބަނަގާ ކޮންމެ ގެސްޓެއްގެ ބޮލަކަށް 300 ޑޮލަރު އެއީ ބޮޑު އަދަދެކޭ އެއަދަދު 75 ޑޮލަރަށް ކުޑަކުރެވޭނެ މާފުށީގައި އެއަރޕޯރޓެއް އަޅައިފިނަަމަ ހަމަ އެގޮތަށް ރީތި ރަށް ގާތުން ފަޅެއް ހިއްކާ އެތަނުގައި އެއަރޕޯރޓެއް ހަދައިފިނަމަ އެ ސަރަހައްދުގެ ޓިކެޓް ވެސް 75 ޑޮލަަރަށް ބޮލަކަށް ތިރިކުރެވޭނެއޭ މީއޭ ވިޔާފާރި ދަންނަ ތިއަރީ އަކީ ސްޕީޑް ބޯޓް ދަތުރު އެއީ ދަތުރުކުރަން ޖެހޭ ޗޮއިސް އެއް ނޫނޭ
ފާޠި
17 October 2025
ވަރަށް ތާއީދު އެއަރ ޓެކްސީ ޕްލެޓް ފޯމެއް ފަޅުގައި ހެދުން މާ ރަގަޅު ވާނެ ޚަރަދުވެސް ކުޑަ ވާނެ
އެބަޖެހޭދޯ
17 October 2025
މާފުށީގައި އެއަރޕޯރޓެއް އޮންނަން އެބަޖެހޭ އެކަން ކުރެވޭނެއޭ މާފުށި ފަޅު ހިއްކައިގެން އެއިރުން ދެން ކަނޑުދަތުރު ކުރުން ހުއްޓާލާ މާފުށިން ވެލާނާ އެއަރޕޯރޓަށް ދިއުމުން މާފުށި ސަރަހައްދުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ހުރިހާ ރިސޯރޓް ތަަކަށް ފަސޭހައިން ގެސްޓުންނަށް ދަތުރު ކުރެވޭނެއޭ ދެން ރީތި ރަށް ގާތުން ފަޅެއް ހިއްކާ އެފަޅުގައި އެއަރޕޯރޓެއް އަދި ގާފަރު ފަޅު ހިއްކާ އެފަޅުގައި އެއަރޕޯރޓެއް ދެން ކާށިދޫ ފަޅުހިއްކާ އެފަޅުގައި އެއަރޕޯރޓެއް ހަދަން
އައުމޭދޯ
17 October 2025
ރާއްޖޭގައި ގާތްގާތުގައި އިންޓަރނޭޝަނަލް އެއަރޕޯރޓް ތައް ހުރުން މައްސަލަ އެއް ނޫނޭ މިސާލަކަށް މާލޭ އެނބޫދޫ ފަޅުގައި އެއަރޕޯރޓެއް ހުރެއްޖެނަމަ ސިންގްހާ އެސްޓޭޓް އިން ތަރަައްގީ ކުރާ 12 ރިސޯރޓް ގައި 1 މިލިއަން ހޮޓެލް ރޫމްސް ހިމެނޭ ހޮޓާ ތައް 150 ބުރިއަށް އިމާރާތް ކޮށް ހަދާ ކުޑައަގުގައި ރޫމްސް ތައް ވިއްކާނަމަ އެއަރޕޯރޓް ފީސްބްލް ވެފައި އަދި މާލޭގެ އިގްތިސާދުވެސް ދެގުނަ ވެގެންދާނެއޭ ނަތީޖާ އަކީ މާލެ ތިލަފުށީގައި އިންޑަސްޓްރިއަލް ޕާރކް ތައް އުފެދިގެން
ކޮސް
17 October 2025
ވައުދުގެ 20 % ވެސް ނުނިމޭނެ. ފަށާފަ ބޭކާރު އެތައް ހަރަދެއް ހިނގނ. ދެން ބުނާނީ 2 ވަނަ ދައުރެއް ދީފިއްޔާ ނިންމާނަމޭ.މިގޮތަށް ރައޔިތުންގެ ބޯކާލެވޭތޯ ބަލާނީ.
ޑރ ވާންޗޯ
17 October 2025
ގިނަ އެއަރޕޯޓުއަޅާތީ މައްސަލަޖައްސާމީހާ އަމިއްލަވެރިކަމުގަ ހަމައެއްކަމެއް ނުކުރެވި، ކުރަންއުޅުނު ހުރިހާކަމެއް ދަރަނީގެގޮތުގަ ދެންއައިވެރިންނަށްދީފަ ގައުމު ވިއްކާލައިގެން ކާލުން ފިޔަވާ ހަމައެއްކަމެއް ނުކުރެވޭކަން ހަނދާންކޮއްލާފަ ހަނުހުރުން ބުއްދިވެރި.