އުއްތަމަ ފަނޑިޔާރު މުއުތަސިމް: އެ މަނިކުފާނު އެ މަގާމަށް އައްޔަންކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި.
27 މެއި 2025 - 08:50
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރިކަމާ މެދު ދުވަހަކު ވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
ނަޝީދު ތައުރީފު ބަންޑުންކޮށްލެއްވީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ އެކު ގުޅޭ ގޮތުން އެ މަނިކުފާނާ އުއްތަމަ ފަނޑިޔާރު މުއާމަލާތް ކުރެއްވި ކަމަށް ފެތުރެމުންދާ ޚަބަރަކާ ގުޅިގެންނެވެ.
ނަޝީދު ވިދާޅުވިގޮތުގައި "އަލިފުން ޔާ އަށް އޭގައި އެހަރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" އެވެ.
"އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާ މެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ ވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ،" ނަޝީދު އޮފީހުން ނެރުނު ބަޔާނުގައި ވެ އެވެ.
ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ޖޭއެސްސީން ސަސްޕެންޑުކުރި މައްސަލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ހިމޭނުން ހުންނެވުމުން އެކި ފަރާތްތަކުގެ ފާޑުކިޔުން އެ މަނިކުފާނަށް އަމާޒުވި އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ އެ މަގާމުން ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހަޅުއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު 2019 ގަ އެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.
މުއުތަސިމަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 May 2025
ރައީސް އަށް ރަނގަޅަށް އެގިވަޑައި ގަންނަވާނެ ދައުލަތުގެ އުއްތަމަ ފަނޑިޔާރަކަށް އިންނެވި ކ.މާލޭ ގުލްފާމްގެ މަރުޙޫމް އަދުނާނު ހުސޭނުގެ ދަރިފުޅު އަލްފާޞިލް އަޙްމަދު މުއުތަސިމް އަދުނާނުއަށާއި ސުޕްރިމްކޯޓުން ބޭރު ކުރި 3 ފަނޑިޔާރުންނަށް އަދި މިވަގުތުވެސް ކޯޓް ބެންޗްގައި އިންނެވި އައިޝާ ޝުޖޫން މުޙައްމަދު އަށް ދިވެހި ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ވެސް ލިބުނު ކަމާއި އަދި ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އޮތް އެންމެ ރަނގަޅު ކޯޓް ކަމަށް އެއްބަސް ވާކަން.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ސުޕްރިމްކޯޓަށް މީގެކުރިން ދުވަހަކަވެސް ހުށަހެޅިފައިނުވާފަދަ ހުޟޫރަތް ތެރި މައްސަލަ ބަލަމުންދަނިކޮށް ފުރަތަމަ އަޑުއެހުމުގައި ބެންޗްގައި ތިއްބެވި އެންމެ އިލްމީ ތަޖުރިބާކާރު ފަނޑިޔާރުންގެ ސުވާލުތަކުގެސަބަބުން ވެރިކަމުގެފަރާތުން ހިތްހަމަނުޖެހި މިދެންނެވި ފަނޑިޔާރުންނަށް އަމާޒުކޮށް ފެންމަތިކުރި އަސާސެއްނެތް ކަންތައް ރަނގަޅަށް އެގިވަޑައިގެން ހުންނަވާ މިއިން އެއްވެސް ކަމަކަށް ބަހެއް ވިދާޅުވެފައި ނުވާތީ އެބޭޅާގެ ނަޒާހަތްތެރި ކަމާއިމެދު ޝައްކު ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ފޮތްތަކުގައި ހުރި ދެލި ދަސްކޮށްގެން ހުންނެވި ކަމަށްވިޔަސް މުއުތަސިމް އަދުނާނަކީ ސުޕްރިމްކޯޓަށް އިސްކުރުމުގެކުރިން ރާއްޖޭގެ އަދި ބޭރު ޤައުމެއްގެވެސް އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަން ކުރިމީހެއްނޫން. އަދި އޭނާއަކީ ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުންނާއި އަދި ޤާނޫނީ އިލްމުވެރިންގެ ލިސްޓްގައިވެސް ނަގާ ކިޔާ ފަދަ ނަމެއްވެސް ނޫން. އެހެންކަމުން "ސުޢޫދު، އަޒްމިރަލްޑާ، މަހާޒު، ޝުޖޫން ވެގެންދިޔައީ އެބާޅާއަށް އަސާގަނޑެއް ގެ ގޮތަށް" ކަމަށް މިހާރު ޤަބޫލު ކުރެވޭ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ފަނޑިޔާރު ކަމުން އިސްތިޢުފާ ދެއްވަމުން ކޯޓް ބެންޗްގައި އިންނެވި އެންމެ ތަޖުރިބާކާރު ފަނޑިޔާރު ހުސްނު އަލް ސުޢޫދު މިކަމަކީ ދައުލަތުގެ ޤާނޫނުއަސާސީ އާއި ޙިލާފަށް ކުރާ ކަމެއްކަމަށްބުނެ އިޙްތިޖާޖު ކޮށް ރައީސަށާއި ޖޭއެސްސީ އަށް ލިއުމުން ހުށަހަޅަފައި ވާއިރު "މަޤާމުން ވަކި ކުރުމުގެ ކުރިން އިސް ފަނޑިޔާރު އަޒުމިރަލްޑާ އަށް ވަދާޢީ ސަލާމް ގަލާމް ކުރެއްވިކަމަށް" ވިދާޅުވެފައިވޭ. މިހިރީ އަދުނާނުގެ އިޙްލާސްތެރިކަން ނެތްވަރު. މިއީ ލިއުމުން ފެންނާންހުރި ކަންކަން.
އޮނަރަބްލް އަފީފު ދީދީ
27 May 2025
އިޙްލާސްތެރި މީހެއްނަމަ ދައުލަތުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނަވާފައި ޤާނޫނުއަސާސީގެ ބަދަލުވެރި ފަރާތުގެ ޙައިސިއްޔަތުންވެސް އުފުލަންޖެހޭ ޤާނޫނީ ޒިންމާއަށް ފުރަގަސް ދީފައި ބޮޑު ލާރި ބޮނޑިއަކާއި އެކުގައި (ރިޓަޔަރމަންޓް ޕެކޭޖް) ގެއަށް ނުދާނެ. ރައީސް ތިޔަ ވިދާޅުވާ "އިޙްލާސް ތެރިޔާއަށް އެގުނީކަމަށްވެދާނެ ކޮޅަށްހުންނެވުމަށް ބޭނުންކުރެއްވި އަސާގަނޑު ބިނދުނީމާ، ދެން އޮތީ ބޭޒާރު ވުމުގެކުރިން ގެއަށްދިއުން" ކަން. ޝުޖޫން ކެތްކުރާނެ ކަމަށް އުއްމީދު ކުރަން.
ކައްތިރު.
27 May 2025
ބަލަ ފަދަ ބައެއް މީހުންނަށް އަދިވެސް ހީވަނީ ޒަމާރެއްގައި ބޭފުޅި ވެގެން އުޅުނީމާ އަދިވެސް ރައްޔިތުން އެމީހުންގެ ފައިގައި ބޮސްދޭން ޖެހޭނެ ކަމަށް. ކޮންހާ ވާހަކަ އެއް. ހަމަ ރިޓަޔަރމެންޓް ފައިސާގަނޑު ބޭނުންވާލެއް ބޮޑު ކަމުން ބަހެއް ނުބުނެ މަޑުން ހުރީ. ވަރަށް ސުމެއްގެ މީހެއް. ކަޑަ ގޮލައެއް.
ކަތްދައްތަ
27 May 2025
މުއުތަސިމާ އެއްކޮޅަށް ހެކިބަސްދޭން ނަޝީދު ނުކުތުމެކޭ ބަފަޔާ އެއްކޮޅަށް ހެކިބަސްދޭން ދަރި ނިކުތުމެކޭ ތަފާތަކީ ކޮބާ؟ ތިޔަ ބަޔާން ނުނެރުނުނަމަ މުއުތަސިމްގެ ނަޒާހަތްތެރިކަން ކަށަވަރުވާލެއް ބޮޑުވީސް ބަޔާން ނެރުނީމާ ލިބޭ ގެއްލުމަށްވުރެ.
ޝަޖޫ
27 May 2025
ނަޒާހަތްތެރި ކަމާމެދު ހަގީގަތުގައިވެސް ޝައްކެއް ނުކުރަން. ހަމަ އެހެންމެ ލޮނުމަޑުކަމާ ފިނޑިކަމާއި މެދުވެސް ޝައްކެއް ނުކުރަން!
ހަސަނު.
27 May 2025
އޭނާގެ ގައިގައި ތިޔަބުނި ހުރިހާ ސިަފަތަކެއްވެސް އެބަހުރިދޯ ؟
ހިމާރުލްގައުމު
27 May 2025
ފެށުނީއްސުރެ އެމްޑީޕީގެ އެޖެންޓެއް ތިޔައީ
މިހާދު އަލީ
27 May 2025
ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ހިސާބަކީ މާސިންގާ ރިޓައިމަންޓު ޕޭކޭޖަކަށް ހުރަސް އެޅިދާނެތީ ވަގު ޖަހައިގެން ތުން ފިތްތައިގެން ހައްގު ބަސް ނުބެނެ އިންނަން ފެށިހިސާބު