ޔުނައިޓެޑް އެއާލައިންގެ ބޯޓެއް.
27 މެއި 2025 - 17:37
ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބިގެން ކުއްލި ހާލަތުގައި އެހެން ގައުމަކަށް ބޯޓު ޖައްސައި، އެ މަނިކުފާނު އެހެން ފްލައިޓެއްގައި ވަޑައިގެންފި އެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777 ގެ ފްލައިޓެއް ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އެންޖަލީސް އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެހެންވެ ބޯޓު އަނބުރާ އިމަޖަންސީގައި ޖައްސަން ޖެހުނީ އެވެ.
އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރާ އަނބުރާ ފްލައިޓު ޖެއްސުމުން ނައިބު ރައީސް ހުސައިން ދެން ވަޑައިގަތީ އެހެން ފްލައިޓެއްގަ އެވެ.
މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ބޯޓުގައި ބޮމެއް އޮތްކަމުގެ ލިޔުމެއް ހިއްޕާފައި އޮތީ ފާހާނައިގެ ލޯގަނޑުގަ އެވެ.
އެ ހާދިސާއާ ގުޅިގެން ޔުނައިޓެޑް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ 339 ފަސިންޖަރުންނާއި 10 ކްރޫންނާ އެކު ދަތުރުކުރި ފްލައިޓު ވަނީ ރައްކާތެރިކަމާ އެކު އަނބުރާ ހޮނޮލޫލޫގައި ޖައްސާފައި ކަމަށެވެ.
އެ މައްސަލަ އެމެރިކާގެ އެފްއައިބީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަަމަމާނު
27 May 2025
މިޖެހުނީ ދެން ރައީސްއާއި ނައިބު ރައީސް ދަތުކުރަން ޕްރައިވެޓް ޖެޓެއް ގަންނާކަށްނު
ނަރުގިސްމާ
28 May 2025
ތިޔައީ މިހާރުވެސް ކުރަންލަސްވެފައި އޮތްކަމެއް. މިގައުމުގެ ރައީސުން ދަތުރުކުރަން ޖެޓެއް ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަންޖެހޭ. އަދި ވާން އޮތްނަމަ އެތެރޭގެ ދަތުރުތަކަށް ހެލިކޮޕްޓަރެއްވެސް މުހިންމު.
ސަންޑޭ
27 May 2025
ނާއިބު ރައީސްއަކީ މާ މުހިއްމު މީހަކަށް ނުވާއިރު ، ތިއީ މާމުހިއްމު ޚަބަރަކަށް ނުވޭ.
އުއްތަމަ އުސްތާޛް
27 May 2025
މަތިންދާބޯޓެއް ގައި ބޮމެއް އޮތްކަމުގެ ޚަބަރަކީ ކުޑަ ޚަބަރަކަށް ނުވާނެ. އެއީ 550 ދަތުރުވެރިން އުފުލޭ ވަރުގެ ބޮޑު ބޯޓެއް. އޭގައި 20 ކުރޫން ތިބޭ. އެއީ 570 އާއިލާ... އެކަމަކީ ރައީސްއަކަށް އަދި ނައިބްރައީސަކަށްވީމާ މުހިންމުވާޒާތު ކަންކަމެއް ނޫން.
ސައިބެ
27 May 2025
ވެދާނެ ކުރީސަރުކާރުގެ ކަމަކަށް
ހާމަ333
27 May 2025
ތީ އަނެއްކާ ކުޅުނު ޑްރާމާއެއްތަ? ސިޔާސީ މީހުން މީހުންގެ އެޓޭންޝަން ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.. ދެން މަގޭ ސުވާލައަކީ ތަހުގީގު ނުނިމެނީސް އެމެރިކާގަ އެފްބީއައި ބަލާ މައްސަލައެއްގަ ހުސޭނު އެހެން ފްލައިޓަކުން އެހާ އަވަހަށްފުރުމުގެ ހުއްދަހަމަ އެފްބީއައި އިން ދިނީހޭ...
ޙަކްމާ
27 May 2025
އާ ތަޖުރިބާއެއް ދެެއްތޯ ނައިބް ކުރަން މިޖެހުނީ
ލޫން
27 May 2025
މަޖާކަމެއްތަ މީހަކަށް ގެއްލުން ވުމަކީ، ކޮންކަހަލަ ލާއިންސާނީ ބުއްދިއެއް ތިހުންނަނީ؟ ތިބާ ލޯބިވާ މީހަކަށް މިހެންވާން އެދޭނަމުތަ؟
ާގުޑް
27 May 2025
ހެހެހެ. އާން.