އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81) ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ނޭ ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނައިބު ރައީސް ކުރައްވާ މި ދަތުރުފުޅުގައި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ދޭދޭ ގައުމުތަކުގެ އިސްވެރިންނާ އެކުގަ އާއި ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބުންޏެވެ.

"މީގެ އިތުރުން، އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ޙަފްލާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.