"ކޮރަޕްޝަން މަނާކޮށްފައި އޮންނާނީ. މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވައިފައި، ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅުގައި."
ފީއެންސީގެ ޖަގަހަ ޖަލްސާގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު (ޝާޑު).-- ފޮޓޯ: ޕީއެންސީ
28 މެއި 2025 - 13:16
މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު، އޮންނާނީ ކޮރަޕްޝަން ތަޅުލާފައި ކަމަށާއި އެ އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝާޑު ވިދާޅުވީ ކޮރަޕްޝަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެހެންވެ، މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ
ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ޝާޑު ވިދާޅުވި އެވެ.
"މި ސަރުކާރު އައުމާ އެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި. ތަޅުލާފައި އޮންނާނީ. ލާހިކެއް ނޫން ހިންގަން. ނުހިންގޭނެ. ނުހިންގާ އެއްޗެއްގެ ވާހަކަ ނުދެއްކޭނެ. ކިހިނެއް ހިންގާނީ ކޮރަޕްޝަން، ހިންގޭނެ ފުރުސަތެއް ރައީސް ނުދެއްވާ،" ޝާޑު ވިދާޅުވި އެވެ.
"ކޮރަޕްޝަން މަނާކޮށްފައި އޮންނާނީ. މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވައިފައި، ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅުގައި."
ރައީސް މުއިއްޒު އިސްނަންގަވައި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް މި ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުތަރު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.
ފީއެންސީގެ ޖަގަހަ ޖަލްސާގައި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީއެންސީ
ޝާޑު ވިދާޅުވިގޮތުގައި މި ސަރުކާރު ފެށުނު ދުވަސްވަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް، ރައްޔިތުން ބަނޑަށް ޖެހެން އުޅެޔޭ ބުނާ އަޑުތައް ވެސް ވަރަށް ގަދަވި އެވެ. އެކަމަކު، ރައީސްގެ ދުރު ވިސްނުންފުޅާއި ކުރެއްވި މަސައްކަތްޕުޅުން ރައްޔިތުންނަށް މިހާރު އެ ބިރުވެރިކަން ނެތް ކަމަށް ޝާޑު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ނުކުރެވޭނެ ކަމެއް ނޫން. ބުރިޖު ވެސް އަޅާނެ. އެއާޕޯޓު ވެސް އަޅާނެ. ސްޓޭޝަންތައް ވެސް އަޅާނެ. ރަންވޭ ވެސް އަޅާނެ. ފަޔާ ލޮރީތައް ވެސް ހުންނާނެ. އައިސްޕްލާންޓު ހުންނާނެ. މަސްފެކްޓަރީ ހުންނާނެ. ގޭދޮށުގައި ވެސް ހުންނާނެ. ކޮންމެ ގެެއެއްގައި ވެސް ބެހެއްޓިދާނެ. އެ ގާބިލުކަމާއި ހުނަރު ހުރި ވަޒީރުން މި ސަރުކާރުގައި ތިބީ،" ޝާޑު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯބަލް
29 May 2025
މަބުނީ ފަޒުލް އެބައިންތަ ތި ވާހަކަ އަޑުއަހަން؟
އަފްރާސިޔާބު
28 May 2025
ތިޔާ ބަހަކީ ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ނުދީ ( ކޮރަޕްސަންގެ ފައިސާ ބޮޑު ފޮއްޓަށް ލާފައި ތަޅުލައިގެން ތިބި ވާހަކަ) ދޯ؟ އާ ހިފަހައްޓާލާ ދެން އޮތީ 3 އަހަރު.
އެއަރޕޯރޓް
28 May 2025
ތިބޭފުޅާގެ، ކޮޓަރިން ފާހަނައަށް އެއަރޕޯރޓެއް އަޅައިދޭނަން މިސަރުކާރުގަ. އަތްޖަހަން ރެޑީގަ ހުންނާތި ހަވާ އަރުވާފަ.
މައިނޫ
28 May 2025
ތަޅުއަޅުވާފަ އޮތީ ފުއްޑަނުގައި ކަންކުރަނީ ވަލު ދޮރާށިން. ބަލާލާ ކޮންމެ ދިމާލަކުން ހާމައަށް ފެންނަން ހުރީ ހުސް ކަރަޕްޝަން. އަތް ނުބާނާ އެންމެ ދިމާލެއްވެސް ނެތް. ކަރަޕްޝަން ކައިގެން ބޮއިގެން އުޅޭ މީހުން ތިފާޑަށް ވާހަކަ ދައްކާނީ
ހަމްދާ
28 May 2025
ތަޅުލީމަވީދޯ. ރައްޔިތުން ހަނާވަނީ.
ހމނ
28 May 2025
ތިހިންވެއްޖިއްޔާ ބަލާނެކަމެއްވެސްނެތް ދިހަގުނައަށް އޮންނާނީ ތިކަންކުރިއަށްޖައްސާލާފަ. ތަޅުއެޅުވާފައޮތްކަން އެނގޭނީ މުޅިރާއްޖެ އެއްކޮށް ބައިންލްއަޤުވާމީ އޯޑިޓް ކުންފުންޏެއް ބޭނުންކޮށްގެން އޯޑިޓުކޮށްލީމަ. ތަންތަންއެބަހަދާ އެކަމަކު ހިސާބުބަލާތަނެއް ހެދޭތަން ބަލާތަނެއް ނުފެނޭ.
ޑެބީ
28 May 2025
ލޮލް. އިހައްދުވަހަކު ވާހަކަ ދެއްކި މެންބަރު ބުނީ ހުސްގޮނޑި އެއީ އަބްދުއްރަހީމަށް ބެހެއްޓި ގޮނޑިއެކޭ. މިއަދު އެބުނީ ކަރަޕްޝަން ތަޅުދަނޑިއޮތީ އަބްދުއްރަހީމް އަތުގައޭ. ހާދަހީވެއޭ އަބްދުއްރަހީމް ގުރުބާން ކުރަން ރެޑީވަނީހެން
ކަތްދައްތަ
28 May 2025
މަގޭ މާމަ ގެންގުޅޭނެ އޭރު ވަރަށް ބޮޑު ފޮއްޓެއް. ކާޑު ފޮށި ކިޔާނީ. ލަކުޑިން ގަދަޔަށް ހަދާފަ މަތިޖަހާ ހަމަ ބޮޑު ތަޅެއް އަޅުވާފަ ހުންނާނީ. އެކަމު އެފޮށީގެ ފޫ ފީވެދާނެތީ ހުންނާނީ ކުޑައިކޮށް ހިއްލައިލާފަ ހަތަރު ފައިޖަހައިގެން. މާމަ ހިތުން އުޅެނީ ބޮޑު ތަޅު އަޅުވައިގެން. ތަޅުލާފަ ހުންނައިރު ބައެއް ތަކެތި ގެއްލި ކައި ހަދާފަ ހުންނާތީ ބެލިއިރު މިކަހަލަ މީދާތައް މިއޮތީ ފުލުން ކައިގެން ވަދެ ކޮރަޕްޝަން ހިންގާފަ.
ހަގީގަތް..
29 May 2025
ވިސްނާ ފިކުރުކުރާބަޔަކަށް އިބުރަތް ހާސިލް ކުރަން ރަނގަޅު ވާހަކައެއް ތިބުނީ.
ހާމަ333
28 May 2025
ވެރިކަމަށް ކޮންމެ ބަޔަކު އަންނަނީ އަމިއްލަ މަންފާ ފައިދާ އޮތީމަ.. ސިޔާސީ މަސައްކަތުގަ ކޮރަޕްޝަން އެއީ ނުހުއްޓުވޭ އެއްޗެއް....ދެން ރައްޔިތުން އޮޅުވާލަން އެއިރެއްގަ އޮންނަ ސަރުކާރަކުން ލައްކަ މޮޅުވާހަކަ ދައްކާނެ...ފޭބީމަ އެނގޭނީ ކެވުނު ވަރެއް....ސޯލިހުވެސް ސޯލިހެއް ނުވި...ކައިރީގަ އުޅޭމީހުން ގިނަފަހަރު ބޮޑަ ކައިފަ ހުންނާނީ
ދޮންކަރާ
28 May 2025
ތަޅުލާ އެއްޗިއްސަކީ ބޭނުން އިރޭގަ ނެގޭއެއްޗެއް.. އެއީ ދޯ ތި ކުރިކަމަކީ؟