ހުޅުމާލޭގައި ހިންގި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިގެންގޮސް އަނިޔާވެފައި--
31 މެއި 2025 - 23:30
ހުޅުމާލޭގައި ހުންނަ ކެފޭއެއް ކައިރީ ދެ މީހަކު މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ ނޭފަތް ފަޅާލައިފި އެވެ.
ފުލުހުން ބުނީ މިރޭ 8:20 ހާއިރު މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.
އެ މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށާއި އަނެއް މީހާއަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީ ހިންގުމަށްފަހު އެ މީހުންގެ ހަރަކާތްތައް ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފިރިހެނަކު ޓިޝޫއަކުން ނޭފަތް ކައިރި ސާފުކުރާ އިރު، ބިންމަތީ ގިނަ އަދަދަކަށް ލޭ ހުރެ އެވެ. އަދި އޭނާ ކައިރީގައި ފުލުހެއް ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާނާއިލާ
01 June 2025
އަނިޔާވެރިނުވޭ އެ ހެޔޮ ދޭސީއަކަސް ބިދޭސީއަކަސް މުސްލިމަކަސް ކާފަރަކަސް،
ރަދީފްއޮފިޝަލް / ނޯ ވައޮލެންސް
01 June 2025
އަވަސް ޝިފާއަކަށް އެދެން. ކޮންމެ ދިވެއްސަކަށް ލިބޭ ހިތާމައެއް / އަނިޔާއެއް އެއީ ހުރިހާ ރައްޔަތުންނަށް ލިބޭ ހިތާމައެއް.އެކަކު އަނެކަކަށް ގަޔަތް އަތްލާ ހިސާބަށް ނުގޮސް ސުލްހަވެރިކަން އިސްކުރަން ނަސޭހަތްތެރިވަން.އިސްލާމްދީން ވެސް ބުނެދޭ ފިލާވަޅަކީ އަނިޔާވެރިނުވުން.ވ.ވެދުން
ޒައީންަ
01 June 2025
ނަމުން އިސްލާމީ، ކަމުން އިސްލާމީ ނުވެވެނީ ކީއްވެބާ؟
ކޮން
01 June 2025
އެކަން ކުރަން ބޭނުންނުވާތީ