މިއަދު ސްޓެލްކޯގެ ޖެނެރޭޓަރުތައް ނިވުމަށް ފަހު އަލުން ހިންގަން ފެށި ވަގުތު ދުން އަރަނީ: ސްޓެލްކޯއިން ބުނީ މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
01 ޖޫން 2025 - 18:27
މިހާރު މުޅި މާލެއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިއަދު މެންދުރު 12:45 ހާއިރު މާލެ އާއި ހުޅުމާލެ އައި ވެލާނާ އެއާޕޯޓުން ވެސް ކަރަންޓު ކެނޑުނެވެ.
ގިނަ އިރުތަކެއް ފަހުން އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައި މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި މިވަގުތު އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
"މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މެސެޖެއްގައި ބުންޏެވެ.
ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.
މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނުއިރު ހޮސްޕިޓަލުތަކާއި އެއާޕޯޓުން ވެސް ކަރަންޓު ކެނޑުނަސް އެ ތަންތަނަށް ވަނީ ބެކަޕް ޕަވަ ބޭނުންކޮށްގެން ގަޑިއެއްހާއިރު ތެރޭ އަލުން ކަރަންޓު ދީފަ އެވެ. ކަރަންޓު ކެނޑުމުން ސްކޫލުތަކުގެ މެންދުރު ދަންފަޅީގެ ކިޔެވުން ވެސް ކެންސަލުކޮށްފައި ވާއިރު މުޅި މާލެ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ އެކު ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފަ އެވެ. މިއީ މިހާތަނަށް މާލެ ސަރަހައްދުގައި ކަރަންޓަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަދް
02 June 2025
މި ގައުމުގަ އުޅެނީ ހުސް އެކްސްޕާޓުން ހުސް ދިރާސާކުރާ ޕްރައިވެޓް އިންވެސްޓިގޭޓަރުން. ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އިރުޝާދަށް ބަލާކަށް ބޭނުންނުވޭ. އަމިއްލަ އަމިއްލައަށް ކަންކަން ނިންމާލަނީ.
އެކޮއި
01 June 2025
ސޯލާ ސްޓޯމްގެ މައްސަލައެއްކަމަށް އެއްބަޔަކު ވިސްނަމުންދާއިރު އަނެއްބަޔަކު އެބުނަނީ މޭޖާރ އެއްވެސް މައްސަލައެއް ފާހަގަވެފައި ނެތްކަމަށް. މީ އަޖައިބެއްނޫންތަ؟
ވާނުވާ އެނގިބަލަ
02 June 2025
ބަލަ ޓެކްނިކަލް ޓީމްތަކުން ބަލަންޖެހޭ ކަންކަން ބަލާފަދީ އެހެން އެބުނަނީ. ހަމަ ވަރަށް ސިމްޕަލް ކަމަކުންވެސް މިފަދަ ކަމެއް ދިމާވެދާނެ. ދެން އެކަން ދެނެގަތުމުގެ މަރުހަލާ މިހާރު ކުރިޔަށްދަނީ.
ސައިނީސް
01 June 2025
ހެކް ކުރުމުގެ އަމަލެއް ބާ ، މިކަން ރަގަޅަށް ބަލަން ޖެހޭ
ޒަމަް
01 June 2025
މައްސަލަ ބެލޭނެބާ. ހަމަހުރެހުރެފަ ކުއްލިއަކަށް މުޅި ސަރަހައްދުން ކަރަންޓު އެ ދިޔަ ގޮތް
އަލްސަންް
02 June 2025
ބެލޭނެ. ނުބެލެންޖެހޭ އެއްވެސް ސަބަބެއްނެތް. ރައީސް މުއިއްޒު މިފަދަ ކަންކަން ކުޑަކަންކަމެއްގެ ގޮތުގައި ނުބަލާނެ.
މަލަސާ ސިއުނާ
01 June 2025
ތިކަމުގެ ޒިންމާ ނަގަންޖެހެނީ ކުރީ ސަރުކާރު
ޓުރޫ ސުޓޯރީ
01 June 2025
ބޮޑު އިންޖީނުގޭ ދުންހޮޅި ބަގާވަތެއް ކުރީ އެވެ.
އެލްސްޕޯ
01 June 2025
އެކްސްޕޯ އަށް ކަރަންޓު ދީނީ ސާވިސް ކުރަން ވެފަ ހުރި އިންޖީނު ތަކެއްގެ ލިިމިޓްގެ ބޭރުންތަ؟ މާބޮޑަށް ރިސްކްނެގީ ދޯ؟
ހަބް
01 June 2025
މި ހަބަރު ދޮގު. އަދިވެސް ނުލިބޭ. ގަޑިން 6:35..
މިޔަރެން
01 June 2025
ލިބިއްޖެ