މާލޭގެ މަގެއް: ގިނަ ވަގުތުތަކަށް ކަރަންޓު ދިއުމުން ސްޓެލްކޯ އިން މައާފަށް އެދުނު: ފޮޓޯ: މިހާރު
23 އޮކްޓޯބަރ 2020 - 20:53
ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ދެފަހަރެއްގެ މަތިން މާލެއިން މިއަދު ކަރަންޓު ކެނޑެން ދިމާވި ކަންތައްތައް މިހާރު ހައްލުކޮށްފި ކަމަށާއި ދެން ކަރަންޓު ނުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިއަދު ހެނދުނު 8:30 ހާ އިރު މުޅި މާލެއިން ކަރަންޓު ކެނޑުނެވެ. އޭގެ ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މުޅި މާލެއަށް ކަރަންޓު އަލުން ލިބުނީ މެންދުރު 12:30 ހާ އިރެވެ. އަދި އޭގެ ފަހުން މެންދުރު 2:15 ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުނެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހެނދުނު ކަރަންޓު ކެނޑުނީ އެ ކުންފުނީގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިސްޓަމްތައް ހުންނާނީ އޮޓޮމޭޓްކޮށްފައި، މައްސަލައެއް ދިމާވެއްޖެ ނަމަ އަމިއްލަ އަށް ޝަޓް ޑައުންކުރަން [ސިސްޓަމަށް] އިތުރު ގެއްލުން ވުމުގެ ކުރިން. ވޮލްޓޭޖު މަތިވުމުގެ މައްސަލައެއް އުޅުނީމައި އެގޮތަށް އަމިއްލައަށް ޝަޓްޑައުންވީ. އެހެންވެ ކަރަންޓު ކެނޑުނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެންދުރު ކަރަންޓު ކެނޑެން ވެސް ދިމާވީ ހަމަ ވޮލްޓޭޖްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ވޮލްޓޭޖްގެ މައްސަލަ ޖެހުނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށެވެ.
"މެންދުރު މާލޭގެ 20 ޕަސެންޓަށް ކަރަންޓުގެ ހިދުމަތް ކެނޑުނު. ގާތްގަނޑަކަށް 2،300 ކަސްޓަމަރުންނަށް އެކަމުގެ އަސަރު ކުރި،" އޭނާ ވިދާޅުވި އެވެ.
މި ދެ މައްސަލަ ވެސް މިހާރު ވަނީ ހައްލުކޮށްފައި ކަމަށާއި ކަރަންޓުގެ ކެނޑުމުގެ އިތުރު ހާދިސާއެއް ދިމާވާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިމާވި މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް މިހާރު ވަނީ ކަރަންޓުދެވިފައި. ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން.
— STELCO (@STELCOMALDIVES) October 23, 2020
ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއް
ހުކުރު ދުވަހެއްގެ ހެނދުނު ގިނަ ވަގުތުތަކަކަށް ކަރަންޓު ކެނޑުމުން ދިމާވި އެކި މައްސަލަތަކާ ގުޅިގެން އާންމުން ޝަކުވާ ކުރި އެވެ. އޭގެ ތެރޭގައި މެންދުރަށް ކެއްކުމުގައި ދިމާވި ދަތިތައް ހިމެނެ އެވެ. އަދި ކަރަންޓު ދިއުމުން ސަޕްލައި ފެން ވެސް ކެނޑޭ ގޮތަށް ބައެއް ގޭގޭގެ ވަޔަރިން އަޅާފައިވާއިރު، ހުކުރު ނަމާދަށް ތައްޔާރުވުމުގައި ވެސް ދަތިތައް ދިމާވި ކަމަށް ބައެއް މީހުން ބުންޏެވެ.
ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާމިޒުގެ ގަލަން
25 October 2020
ހަލާކުވި އެއްޗިއްސައް ލާރި ދެނީ ކޮން އިރަކު ؟
ރާޖާ
24 October 2020
ކޯލިޝަން މައްސަލަވެސް ރަނގަޅުކޮއްފި. ހަމަބުނެލީ
ދިވެއްސެއް
24 October 2020
"ކަރަންޓުގެ ކެނޑުމުގެ އިތުރު ހާދިސާއެއް ދިމާވާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ". މިހެން ކިޔާތާ މިހާރު ކިތައްއަހަރު ވެއްޖެބާ.
wadde
24 October 2020
ކަރަންޓަކީ ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެނަމަ ހަމަ ކޮންމެ ވަގުތަކުވެސް ކެނޑިދާނެ އެއްޗެއް،
ސރކއމަކ
23 October 2020
ރައްޔިތުން ހަމަ މައާފު ކޮށްކޮށް ތިބެނީ ކަރަންޓު ބިލު 5ގުނަ ބޮޑުކޮށްފަ ފޮނުވިޔަސް.
ޗޯރު101
23 October 2020
މައާފަށް އެދުނީމަ ނިމުނީ. ފޯނު، އިންޓަނެޓު، ކަރަންޓު، ފެން އަދި އާންމު ވިޔަފާރިތަކުގެ މިފަދަ އިހުމާލުން ލިބޭ ކިތަންމެ ކުޑަ ގެއްލުމަކައްވެސް ކޮމްޕަންސޭޝަން ލިބެން ޖެހޭނެ. ވިޔަފާރިވެރިން މަޖުލީހާ ގުޅިގެން މިފަދަ ކަންތައް މަތިއަޅައިގެނެއް ނޫޅެވޭނެ. ދިވެހިން ހޭލުންތެރިވާންވީ މި ކަން ކަމާ. ކޮންސިއުމަރ ރައިޓްސް މިގައުމުގައި އޮންނަނީ ނަމަކަށް.
ޢަހާ
23 October 2020
ކަރަންޓް ބިލްބޮޑުކުރަނީ ވޯލްޓޭޖް މަތި ކޮށްގެންތަ ނޫނީ ދަށްކ ކޮށްގެންތަ. މިހާރު ގަބޫލެއް ނު ކުރެވޭ ހޫނު ގަދަވާތީކ ކަމަ ކަށްވެސް.. ހުއްޓާނުލާ ވާރޭވެހުނަސް ބިލް ކުޑައެއްނުވޭ. އަނެއް ކާބިލްބޮޑުވަނީ ވާރޭވެހޭތީތަ؟؟؟
1828
24 October 2020
ހީޓަރު ޗައްސާތީ
ހަލީމާފުޅު
23 October 2020
ދެން މުގުނީ އަށް އިތުރު އެވޯޑެއް! އަދި މީގެ އިތުރުން ހުރިހާ ސިޔާސީ ވެރިންގެ އެކްޓިވިސްޓުންނަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ ވަޒީފާ! އޯކޭތަ؟ ހެޕީ؟ ނަޝީދު ހެޕީ! މައުމޫނު ހެޕީ، ގާސިމް ހެޕީ! ޔާމީން ހެޕީ! އިމްރާން ހެޕީ! އިބޫ ހެޕީ! ނަކަމެތި ރައްޔިތުން ނޮޓް ހެޕީ! އޯކޭ؟
މައާފްމީހާ1
23 October 2020
ޢަޅެ މައާފު ކަރަންޓް ބިލް އިން ހަމަޖައްސައިދޭނަނަމަ
ޢަނީ
23 October 2020
އެވޯޑު މިލިބޭގޮތެއް ނޭންގުން
ކަރުކެހޭމީހާ
24 October 2020
އެވޯޑު ލިބޭނެ ބްރޭންޑިންގް އިންސްޓިޓިއުޓަކަށް ފައިސާދީފަ އެމީހުން ލައްވާ އިންޑިއާގެ އެކަމަށް އޮންނަ .. ޔައުނީ އެވޯޑު ދޭން އޮންނަ 2 ކުންފުންޏަށް ފީދެއްކީމާ.
ލާލުޕަރީ
23 October 2020
ތިކޮއްލެވުނީ ވަރައްބޮޑުވަރެއް. ޕާޓީ ބާއްވާފަ ކަރަންޓް ބިލްތައް ބޮޑުކޮއްލާ ދެން. ރައްޔިތުން އްތްޖަހާނެ އޭރައް.
އަންޑޭ
24 October 2020
މަސްދަތުރެއްވެސް ރަނގަޅުވާނެ