23 އޮކްޓޯބަރ 2020 - 10:04
ސްޓެލްކޯ އިން މީގެ އިރުކޮޅެއް ކުރިން ބުނީ، ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު އަލުން ދޭން ފަށާފައިވާ ކަމަށް. އެ ކުންފުނިން އުންމީދު ކުރަނީ ކުރިއަށް އޮތް ބައިގަޑިއެއްހާއިރުގެ ތެރޭގައި ހުރިހާ ސަރަހައްދުތަކަށް ވެސް ކަރަންޓު ދޭން ފެށުން.
މާލެ އިން ކަރަންޓު ކެނޑި، އެތައް ގަޑިއިރެއް ވުމުން ގިނަ ބަޔަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި. މިއީ ހުކުރު ދުވަސް ކަމަށް ވުމާއެކު، މެންދުރަށް ކެއްކުމާއި ހުކުރު ނަމާދަށް ދާން ބޭނުންވާ މީހުންނަށް ވެސް މި މައްސަލައިގައި އުނދަގޫތަކަކާ ކުރިމަތިވެފައި. ބައެއް ގޭގެ އިން ކަރަންޓު ދިއުމުން ސަޕްލައި ފެން ވެސް ކެނޑޭ ގޮތަށް ވަޔަރިން އަޅާފައިވާއިރު، ހުކުރު ނަމާދަށް ތައްޔާރުވުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުން.
ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، މާލޭގެ 80 ޕަސެންޓަށް ކަރަންޓު އަލުން ފޯރުކޮށްދީފައި ވަނިކޮށް، ޑިސްޓްރިބިއުޝަން ނެޓްވޯކަކަށް ދިމާވި ކަމަކާ ގުޅިގެން އަނެއްކާ ވެސް ކަރަންޓު ކެނޑުނީ ކަމަށް. އެކަން ވެސް ހައްލުކޮށް ކަރަންޓު ދެމުން އަންނަ ކަމަށް ބުނި.
މާލެ އިން ކަރަންޓު ކެނޑުނުތާ ތިން ގަޑިއިރަށް ވުރެ އިތުރުވި އިރު އަދިވެސް މައްސަލަ ހައްލެއް ނުވޭ. ސްޓެލްކޯ އިން ފުރަތަމަ ބުރި ގަޑި ފާއިތުވި އިރު ވެސް މުޅި މާލެ އަށް ކަރަންޓު އަލުން ފޯރުކޮށެއް ނުދެވޭ. އެ ކުންފުނިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދޭން އަދިވެސް ގަޑިއެއްހާއިރު ވާނެ ކަމަށް.
މުޅި މާލެ އިން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑިއްޖެ އެވެ.
ހެނދުނު 8:30 ހާއިރުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ލަފާ ކުރީ އެއްގަޑި އިރު ތެރޭގައި މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. ނަމަވެސް އިތުރު ވަގުތު ނަގަމުންދާ ކަމަށާއި މިހާރު ވެސް މާލޭގެ ގާތްގަނޑަކަށް 39 ޕަސަންޓު ސަރަހައްދުތަކަށް ކަރަންޓު ލިބޭޏެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މާލެ އިން ކަރަންޓު ދިޔަ ނަމަވެސް ހުޅުމާލެ އަދި ވިލިމާލެއިން ކަރަންޓެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޕަދަރި
23 October 2020
އެއްވެސް ކަމެއްވެގެންނެއްނޫން އެއުޅެނީ, ބޭނުމަކީ ކަރަންޓު މައްސަލަ ހައްލުކުރާށެ ކިޔާފަ ސްޓެލްކޯ ތެރެއައްވެސް އިންޑިއާގެ ދިގު އުނދުޅި ބާނާލުން. ރައްޔިތުން ބަލަންތިބޭ މިކަން ނިމި ހައްލުވާގޮތް.
ޙަލީމު
23 October 2020
އެމްޑީޕީއަށް ނިސްބަތްވާ އެންމެން ހައްޕު ކިޔައިގެން ތިބީ.
އަހު މަދު
23 October 2020
ރާއްޖެތެރޭ ބައެއް ރަށްރަށް، ސާފު ބޯފެން ނުލިބި އެތައް އަހަރެއް!! މިހެން ވެސް ޖަހާލަބަލަ!!
ރުފިޔާއޭ
23 October 2020
ސްޓެލްކޯ އަށް ސަރުކާރުގެ ބަޖެޓުން ކުރާ ޚަރަދު މިދިޔަ 10 އަހަރުވަނީ ކުޑަ ކޮށްފައޭ ފެނަކަ އެއީ އޮންނަން ޖެހޭނެ ތަނެއް ނޫނޭ ރާއްޖެތެރޭގައި 10 ހާހުން ދަށުގެ ހުރިހާ އާބާދި ތަކަށް މާލެ ސަރަހައްދުން ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދީ އެތަނަށް އެމެން ޖެހޭނީ ބަދަލުކޮށްލާ ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު 3 އަށް މަދުކުރަން ދެން މާލެ ސަރަހައްދަށް މާލެ ސަރުކާރުން ޚަރަދުކުރަން ޖެހޭނީ މާލެ ސަރަހައްދުގެ ތަރައްގީއަށް އަހަރަކު 20 ބިލިއަން
ޖައްސަބަލަ
23 October 2020
ފުރަމާލެ އަކީ ވެރިކަން ކުރާ ރަށް އަދި ސްޓެލްކޯގެ ބޮޑު ޓިނުން ހަދާފައި ހުރި އިންޖީނުގެ ގަނޑު މިހާރު މާބޮޑަށް ބާވެއްޖެއޭ އެތަން ދޫކޮށްލާ އާ ގިގަ އިންޖީނުގެ އެއް އެޅުމަށް ޓަކައި މާލެ އާއި ވާދޫ އާއި ދެމެދުގައި އޮތް ބޮޑު ފަޅު ހިއްކާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް އަޅާ އަދި އެތަނާއި ވިލިގިލި އާައި ދެމެދު ވެސް ބްރިޖް އަޅާ އެތަނުގައި 100 ގިގަ ވޮޓްގެ 100 އިންޖީނު ބަހައްޓައިގެން މުޅި މާލެ އަށް ކަރަންޓް ދޭން ލޯން ނަގަންވީ ޗައިނާ އިންނާއި ޖަޕާނުންނާއި ޖައްސަންވީއޭ
މިރުސް
23 October 2020
ފެންކުންފުނިން ޚިދުމަތް ކެނޑުނުތާ ބައިގަޑިއިރުތެރޭ މަގުމަތީގަ ބަހާންފެށީ މިނަރަލް ވޯޓަރ. ރައީސް ރާއްޖެއިން ބޭރުގައި ހުންނަވާފައި ދަތުރު ކުރުކޮށްލެއްވުމަށްފަހު ރާއްޖޭގެ ބޮޑު އާބާދީގެ ހާލުބެއްލެވުމަށް ރާއްޖެ ވަޑައިގަތީ.
ތޮޅިމިރުސް
23 October 2020
ފިނޑިއަކާ ކެރިގެން ވެރިކަމެއް ކުރަން އިނގުނު މީހެއްގެ ތަފާތު ތިކިޔާދިނީ.
ޗިޓިޒަން އޮފް މާލެ
23 October 2020
ޜައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫނޭ ބުނީ! އަހަރުމެން ސަލާމަތްވީ ގޭގައި ވާރޭފެން ނެގިފައި ހުރީމަ! ދޮގުނުހަދާ!
ގައުމު
23 October 2020
އާއިޒް.. ހައްގު މިންވަރަކީ އެއްގޮތަކަށްވެސް ކަރަންޓް ނުކެނޑުން ނުވަތަ ކަރަންޓް ކެނޑޭތާ ލަސްވެގެން 15 މިނެޓްތެރޭ ކަރަންޓް ލިބުން. ޝުކުރުކޮށް ބަސްއަހާ ދިވެހިންގެ ލަދުކެނޑުވީ މަގުމަތީ ޕާޓީގެ ކުދިންކޮޅު. އެހެންވީމާ އެކުދިންކޮޅު ވަރަށް ޕާރފެކްޓް ވާންޖެހޭނެކަމަށް ދިވެހިބް އެކްސްޕެކްޓްކުރަނީ.
އެތަނަށް
23 October 2020
ރާއްޖޭގެ ވެރިކަން ކުރާ މައިރަށް ކަމަށްވާ ދަ ގްރޭންޑް މާލެ އިން އެންމެ ފަޅި ސިކުންތަކަށް ކަރަންޓް ވެސް އަދި ފެން ވެސް އަދި ފާޚާނާ ނިޒާމްގެ ޕަންޕް ސްޓޭޝަނެއް ވެސް ކެނޑިގެން ނުވާނެއޭ ކެނޑިއްޖެނަމަ އެއީ އެކަން ކުރަން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި ތަކުގެ ބޯރޑަށް އެކަން ނުވީއޭ މުޅި މާލޭން 3 ގަޑިއިރަށް ކަރަންޓް ކެނޑުން އެއީ ބިލިއަނުން ވިޔަފާރި ތަކަށް ގެއްލުންވެގެން ދާނެ ކަމެކޭ ސްޓެލްކޯގެ އެމްޑީ ބޭރުކުރޭ މިހާރުން މިހާރަށް އެމްޑީޕީގެ ޓެކްނިކަލް މީހަކުލާށޭ
މާރަނގަމާކުންބެ
23 October 2020
ކޮބާހޭ ޖަޒީރާރާއްޖެ. މިއޮށް އެކްސްޕެރިޑޭޓު ހަމަވަނީ ވެރިކަމުގެ.
އަބުޖީ
23 October 2020
އެއީ ވައުދުތައް ފުއްދަނީ އެޖެންޑާ19 ގެ.
ބަބުރަންޖީ ހާޖީ
23 October 2020
ދެން ރައްޔިތުމީހާ ބޯގޮވީމާ ބީގޮވާވާހަކަ އެންމެންވެސް ބުނާނީ.