ޑްރަގް މައްސަލާގައި މާމިގިލިން ހައްޔަރުކުރި މީހުން-- ފޮޓޯ: ޕޮލިސް
03 ޖޫން 2025 - 11:03
އދ. މާމިގިލީގައި ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހަތް ތަނެއް ބަލައިފާސްކޮށް 9.68 ގްރާމްގެ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އެ ރަށުގެ ފަސް މީހެކެވެ. އެއީ:
- ރިސްވާން އިބްރާހިމް، 30، ރީފްސައިޑް
- އަހުމަދު ފިރުޝާން، 28، ވިލެޖް
- މުހައްމަދު ޝަހުދު، 27، ރޯޅި
- މުހައްމަދު މަހްމޫދު، 34، ކުވައިތު
- އަލީ ޝާނީޒް، 39، އެވަރެސްޓް
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުހައްމަދު މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އަހުމަދު ފިރުޝާން އާއި މުހައްމަދު ޝަހުދުގެ އިތުރުން އަލީ ޝާނީޒަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޓަޔަރޑް ސަބް-އިންސްޕެކްޓަރ
03 June 2025
9.6 ގްރާމް މަސްތުވާތަކެތި ހޯދަން މާލެއިން ޑްރަގް އެންފޯސްމަންޓުން ފުލުހުން މިދަނީ އަތޮޅުތެރެއަށް. ކިހާ ބޭކާރު ހަރަދެއް. ތިގޮތަށް ތިކުރާ ހަރަދަށްވުރެ އުމުރާނީ ވަސީލަތްތަކާ މުއައްޒަފުން ތަމްރީންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ތިޔަކަންތައްކުރުން މުސްތަޤުބަލަށް ފައިދާއެއް ވެދާނެ ކަމަށް ބެލެވެނީ. އޭގެ އިތުރުން އިންޓެލިޖެންސަކީ ރިފޯމްކުރަންވެފައި އޮތް ޑިޕާޓްމަންޓެއް. ހަރުދަނާ ކުރަން ލަސްވެއްޖެ.
ޕޮބްލޯ
04 June 2025
9 ގްރާމް ތޯ ހޯދަން އުޅުނީ؟ ނުވަތަ މަސްތުވާ ތަކެތީގެ ޢަމަލު ހިންގާ ބަޔަކު އަތުލައިގަތުންތޯ؟ އަތުލެވޭނީ 9 ގްރާމް ކަން ކުރިން އޮތީ އެނގިފަތޯ؟ ދެން އެހެންނޫނަސް 9، ނުވަތަ 10 ގްރާމް އޯކޭތޯ<
ބޮއި ހަލާކު
03 June 2025
9 ގުރާމޭ؟ ހާދަ ގިނައޭ ދޯ
9.68
03 June 2025
ތި ވަރު އެތިކޮޅަކަށް ހަމަ ތި ބޮޑު އޮޕަރޭށަން؟
ސަނީސައިޑްބޮންޑް
03 June 2025
މިސޮރުމެނަށް އެލިބުނީ 15 ދުވަހުގެ ބްރޭކެއް. ހުރުމާއި ކެއުންހިލޭލިބޭނެ. ބްރޭކްނިމުނީމަ އަނެއްކާވެސް ބެކްޓު ބިޒްނަސް.
ރަދީފްއޮފިޝަލް / ގްރާމް
03 June 2025
9.68 ގްރާމް ދޯ.އެހެންވީމަ ބަންދުކުރާނެ.9.68 ކިލޯ ނަމަ ވޯކް ފްރީ.އެތެރޭގެ ވިޔަފާރިން މޭޒުކޮޅުގެ އަހުލުވެރީންނަށް ރަނގަޅު އެއްޗެއް ލިބޭނީ 2 ކިލޯއިން މަތިވީމަ.މިއީ ވަރަށް ވާހަކަ.އިފް ޔޫ ނޯ ޔޫ ނޯ.ވ.ވެދުން