މާފުށި ޖަލު.
05 ޖޫން 2025 - 10:20
މަސްތުވާތަކެތީގެ މައްސަލައެެއްގައި މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި މީހަކު ރޭ މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގޭ، މޫސާ ހަސަން އެވެ.
ކަރެކްޝަނުން ބުނީ އުމުރުން 45 އަހަރުގެ އެ މީހާއަކީ މިދިޔަ އޭޕްރީލް މަހު އިމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެއް ކަމަށެވެ. އެ މީހާ އަށް ދިމާވި ސިއްހީ ހާލަތަކީ ކޮބައި ކަމެއް ޖަލުން މީހުން ބަލަހައްޓާ އިދާރާ އިން ނުބުނެ އެވެ.
މޫސާ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަދުން
05 June 2025
އަޅެ އޭނަ އެދިޔައީ ހުކުމް ވެސް ތަންފީޜު ނުކޮށްނު
އަބްޑޫޅް +
05 June 2025
މަރުވީމަ އުމުރު ހަމަވީ. އެހެންވީމާ އުމުރު ދުވަހުގެ ހުކުން ފުރިހަމަ ކުރީމަ އެމީހާ ދޫލޮށްނުލީ ކިއެއްވެގެންތަ؟
މައްކުބޭ
05 June 2025
ހިއުމަން ރައިޓްސް ކޮންސެޕްޓްސް ޕްރީޗް ކުރާ ފަރާތްތަކަކީ ވެސް ހިއުމަން ރައިޓްސް އަކީ ކޯޗެއްކަން ދަންނަބައެއް ނޫން، ޢައްޒާ އިން އެދަނީ ވެސްޓަން ހިއުމަންރައިޓްސް ނަލަކޮށް ފެންނަމުން. އެމީހުންގެ ފޯކަަސް އަކީ މުޅީންވެސް ގައިދީންގެ ހައްޤުތަކަށް ވާކާލާތު ކުރުން، އިސްލާމް ދީނަށްވުރެ ރަނގަޅަށް ހިއުމަން ރައިޓްސް ދިފާޢުކޮށްދޭ ނިޒާމެއް ނެތް ނުވެސް އޮންނާނެ.
އަފްރާސިޔާބު
05 June 2025
ކާފަރުން މުސްލިމުންނާ ދެކޮޅަށް ނެރެފައިވާ ކޮންސެޕްޓެއް. އެންމެ ފުރިހަމައަށް ހިއުމަން ރައިޓްސް އޮތީ ﷲ ގެ ފޮތުގައި ބާވައި ލައްވާފައި. އެއާދެކޮޅަށް ނެރެފައިވާ ޑިކްލަރޭޝަނެއް ހުއުމަންރައިޓްސް ޑެކްލަރޭޝަނަކީ.