ރާއްޖޭގެ "އޯޝަން އެކައުންޓްސް" އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކުރުމަށް އދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިވެންޓު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
11 ޖޫން 2025 - 11:48
ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް ނުވަތަ "އޯޝަން އެކައުންޓްސް" އެކުލަވާލުމަށް މަގުޗާޓެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިފްތިތާހުކޮށްފި އެވެ.
އެ މަގުޗާޓު އިފްތިތާހުކޮށްދެއްވީ، ފްރާންސްގައި މިހާރު ކުރިއަށް ގެންދާ އދ. ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާޓްނާޝިޕާއެކު އިންތިޒާމުކުރި ސައިޑް އިވެންޓެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަސް އަހަރަށް އެކުލަވާލި އެ މަގުޗާޓް ބެހިގެންވަނީ މައިގަނޑު ތިން ލަނޑުދަނޑިއެއްގެ މައްޗަށް ކަމަށެވެ. އެއީ؛
• އޯޝަން އެކައުންޓްސްގެ މަސައްކަތް ކުރުމަށް ފުރަތަމަ މަރުހަލާގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުން.
• 2028 ވަނަ އަހަރު ނިޔަލަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ނިންމުން.
• 2030 ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރަން ފެށުން.
Today at #UNOC3, Minister @ThoriqIbrahim launched the National Implementation Roadmap for Ocean Accounts 2025 - 2030.
— Ministry of Tourism and Environment (@MoTmv) June 10, 2025
While speaking at the Side Event “Delivering on the 2030 Sustainable Ocean Economy”, co-organized by Maldives, Minister Thoriq highlighted the Roadmap’s alignment… pic.twitter.com/rHgj4bSTQa
ރާއްޖޭގެ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގައި އުޅޭ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަމަށާއި ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން އެ މަގުޗާޓު އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގައި މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އޯޝަން އެކައުންޓްސްއަކީ ކަނޑާއި އައްސޭރިފަށުގެ ގުދުރަތީ ނަސްލުތަކާއި މާހައުލީ ނިޒާމުތައް ގުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި މިންކޮށް، އެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ، އެކަމުން ލިބޭ އިގުތިސާދީ އަދި އިޖުތިމާއީ ފައިދާތައް ދެމެހެއްޓެނިވި ތަރައްގީގައި ބައްޓަން ކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.
ކޮންމެ ދެ އަހަރަކުން ބާއްވާ އދ. ގެ އޯޝަން ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެއިކާއްލޯ
11 June 2025
ރާއްޖޭގެ ކަޑުފަޅާއި ރަށްރަށުގެ ހިސާބު ކިތާބު ލާހިކައެއްނޫން މިއިން ޒަމާނަކު ދިމާކުރަން. އެއީ ރާއްޖޭގެ ވެރިކަމުގެ ކޮއިލުތެރެއަށްވަދެވުނު ލޫޓޭރުންތަކެެއްވަނީ އެތަށް ރަށަކާއި ފަޅަކާއި ގިރިތައް ވަގަށްނަގާ ގެންގޮސްފަ. ވީތަނެއް ނުވީއެއް ސަރުކާރަށް ނޭގޭތީތާ ނުހޯދިގެން އުޅެނީ. އޭގެފަހުން އައިސަރުކާރު ނިމިގެން ދިޔައިރު ޖަލުގައިއޮތް މިކަމާއި ބެހޭމައުލޫމާތުގެ ހާޑުޑިސްކު ނަގައިގެން ދިޔައީ. ދެން ކިހިނަކުން މިކަމެއް ކުރާނީ.
މުޑަހަންޖާ
11 June 2025
ކަލޭމެން ކ.މާލޭ ފިނިކޮޓަރީގަ ތިބެގެން އަތޮޅުތަކުގެ ކަނޑުފަޅުގަ އުޅޭ މަސްމަހާމެހީގެ ހިސާބު ޖެހުމުގެ ކުރިން ތިރަށުގެ ކޮޓަރިކުލީ ވިޔަފާރީގެ ހިސާބެއް ޖަހަން ވެއްޖެއެއްނު. ކޮޓަރިކުއްޔަށް މަހެއްގެ މައްޗަށް ކިތައް ބިލިއަން ރަށަށް ވަދޭތޯއާއި ކުއްޔަށްދީފަހުރީ ކިތައް ކޮޓަރިކަން އެބަ އެނގޭތޯ. އެއްވެސް ސަރުކާރަކަށް އެކަން ބަލަން ނުކެރިގެން އުޅެނީ ކީއްވެތޯ.
ޒޫއްބެ
11 June 2025
ބަލަގަ ކަނޑުފަޅަށް ބޭނޭނުންވާނީ މަގުޗާޓެއްގެ ބަދަލުގަ ކަނޑުޗާޓެއް ނޫންތޯ!؟