17 ޖޫން 2025 - 19:41
މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތައް ގިނަ ކަމަށާއި، އެކަމުގައި ފަރުވާކުޑަކުރި ވަކިވަކި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިރޭ ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ވަނީ، އެ ހާދިސާ ރިޕޯޓުކުރި ވަގުތުން ފެށިގެން، ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުން އަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ބަލައިފަ އެވެ.
އެ ހާދިސާ ރިޕޯޓު ކުރުމާ އެކު، ފުލުހުންގެ ކޮމާންޑް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހެންވޭރު ޕެޓްރޯލް ބީޓަށް އަންގައި، އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެ އަށް ގޮސްފައިވާ ކަމަށާއި އަދި ޕެޓްރޯލް ފުލުހުން ދިން މައުލޫމާތުގެ އަލީގައި އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ފޮނުވި ކަމަށް ބުންޏެވެ.
ނަމަވެސް، އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯ އަށް އެތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައި ނުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ޕެޓްރޯލް ބީޓުން އެތަނަށް ދިޔަ ފުލުހުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް ކަމަށާއި ކުށުގެ ވެށި ރަނގަޅަށް ރައްކާތެރި ކޮށްދީފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނީ، އެތަނުގައި ހަރަކާތްތެރިވި ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައެއް ބެސް ނުވެ އެވެ.
އަދި ޔުމްނު އެ ރޭ ހ. ފެންޓެނޯއީ ހަތެއް، އަށެއް އަދި ނުވަ ވަނަ ފަންގިފިލާގައި އުޅުނު ކަން އެނގޭއިރު، އެ ތިން ފަންގިފިލާގެ އިތުރުން، ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ ސީން ދޫކޮށްލާފައިވާ ދިޔަ ކަން އެނގޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
އޭގެ ފަހުން، ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދަން، އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައެއް ނުވެ އެވެ. އަދި ގުދަނެއް ހިންގައި މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެއާ އެކު، ރިޕޯޓުގައި ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް، އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ބުނެފަ އެވެ.
"...މި ހާދިސާގައި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް މި ކޮމިޝަނުން ދެކެމެވެ،" ރިޕޯޓުގައި ބުންޏެވެ.
ޔުމްނު ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ ރިޕޯޓުގައި އިތުރަށް ބުންޏެވެ.
ރިޕޯޓުގައި ބުނީ، ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށާއި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
އަދި އެ ރޭ ޔުމްނުއާ އެކު އުޅުނު ރައުދު، އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދީފައިވާތީ، އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ، ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.
ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްސިލާ
19 June 2025
ބަލަގަ ފިޔަވަޅު އެޅިޔޭ. އެހެރީނު ބޮޑެތި ޕުރޮމޯޝަންތައް ދީފާ އެކަމުގައި ކަން ކުރަންވީގޮތް ކިޔައިދޭން ތިބި ބޮޑުނަށް؟
ޕިރަމިޑު
19 June 2025
ތިޔާ ކަމެއް ނުވާނެ ރަގަޅެއް. އޭގެ %80 މީހުން (ޓޮޕް ލެވަލުގެ ވެސް ބައެއް މީހުން) ތިބެނީ ޕިރެމިޑު ގޭމްބުލިންގައި ކަމަށް ނޫސްތަކުގައި އޮތީ. ނަވީނު ވީ ފުރަތަމަ އެކަން ހުއްޓުވަން ޕޮލިސް ތެރޭގައި. ޖަރީމާ ހުއްޓިވަން ތިބޭ މީހުން ޕިރަމިޑު ކުޅުނީމާ ކަޑައޭ
ޖުންޓާ
18 June 2025
ކޮމެންޓުތައް ކިޔީމަ އެބަހީވޭ ކުލީ ސިފައިންގެ ޖަމާއަތެއް ބާއޭ.
ރައްޔިތުމީހަ
18 June 2025
“ފުލުހުން ހަދަނީ ހުސް ދޮގޭ” ބަޔަކު ގޮވީ ސަބަބެއްނެތިއެއް ނޫންކަން ޔަގީންވެއްޖެ. ރައްޔިތުންނަށް މުހިންމީ ޔުމްނުއެއް ރައުދުއެއް ޔައްސާރެއްވެސް ނޫން. ފުލުހުން ކުރައިމުތައް ބެލުމުގައި އަމަލުކުރާގޮތް މުހިންމީ. ޔުމްނުއާ ރައުދަކީ ދައުލަތުގެ ބޮޑު މުސާރައާ ޕުރައިވެޓު ފުރީމެޑިކަލްގައި އުޅޭ ބައެއްނޫން. އެކަމަކު ފުލުހުން އޮން އެންޑު އޮފް ޑިއުޓީގައި އަޅާ ކޮންމެ ފިޔަވަޅަކަށްވެސް ރައްޔިތުން ސުވާލު އުފައްދާނެ، އުފެއްދޭނެ! ޖަވާބުދާރީވެ އިސްލާހުކުރަންވެސް ޖެހޭނެ!
މެޒް
18 June 2025
ﷲ ގަންދީ ހުވާކޮށް ހުވާ އެހާ އަވަހަށް ހަދާންނެތޭ ބަޔަކު މަދުވާނެ. ކޯޑު އޮފް ކޮންޑަކުޓު އެއީ އޮތް އެއްޗެއްކަންވެސް ނޭގެ
ރުމާލު 1
18 June 2025
ޔުނީފޯމެއްގެ ނިވަލުގައި ތިބެ އެޔުނީފޯމު އައްޑަނައަކަށް ހަދައިން ބައެއް ފުލުހުން އުޅޭގޮތުގެ ވާހަކަ އަޑުއިވި، ފެނި ވަރަށް ހިތާމަކުރަން. ބައެއް ފަހަރު އެއީ ހަމަ ޕޮލިހެއް ބާއޭ ސުވާލު އުފެދޭ ލެވަލުގެ ޑީގުރޭޑު އަމަލުތަކާ ބަސްމަގު ފެނޭ.
ނަވީން ބެެއްޔަ ….
18 June 2025
މިތާހުރި ކޮމެންޓުތައް ކިޔާފަ ދިވެހި ދިދަ ކަރުނައަޅާ ރޯނެ. ހާދަ ދަށް ފެންވަރަކަށް ވެއްޓިއްޖޭ ފުލުހުން. ކޮއްގެން ތިބި ހުވަޔާ، ފުލުހުންގެ ކޯޑް އޮފް އެތިކްސާ، ފުލުހުންގެ ގާނޫނާ، މުވައްސަސާގެ އަގު ފުލުހުން އަމިއްލައަށް ވައްޓާލާ ވެއްޔާ މޮޑެލައިފި. ކޮބާތަ އާ ކޮމިޝަނަރު؟
ޕެޓޯނީ
18 June 2025
ލޮލް.. މުޅި ރިޕޯޓް ލިޔެފައި އޮތީ ރައުދު އާއި ބޮޑުން ސަލާމަތްކުރަން. އެކަންކުރަން ބްލޭމް މި އޮތީ ފުލުހުންނަށް ޝިފްޓް ކޮށްލާފައި. ބަލަ ފްލޯރ ފްލޯރ ގައި އޭނަ އުޅުނުކަން އެނގުނީ މާފަހުން ފުޓޭޖް ބެލީމަ. އޭގެ ކުރިން ކްރައިމް ސީނަށްވާނީ ފުރާޅުމަތި އެކަނި. ކްރައިމް ސީން އިންވެސްޓިގޭޝަން ގެ އަލިފުބާ ނޭންގޭ މީހުން ކޮމިޝަނަށް ލައި ރިޕޯޓް ހެދީމަ އޮންނާނީ ތިހެން.
ކަޑައީ
18 June 2025
ކްރައިމް ސީނެއްގައި ޓޭޕް ދަމަންޖެހޭކަން ތިބުނާ އެއްޗެއް ނުކިޔެވިޔަސް އިގޭ އަހުންނަށް. ޒަކިއްޔާ މަރުގައި އަދި މާކަޑަކޮށް ސީން އޮޅާލީ. ދެން މާ އީގޯ ހާޓުވެގެން އުޅޭނެ ކަމެއް ނެތް. ކައެމެން ހަމަ ކަޑައީ..
ޖުއްލާބު
18 June 2025
ތިއޭ ފުލުހުންގެ މައްސަލަ އަކީ. ގޯހެއް ހެދިއްޖެކަން ގަބޫލު ނުކުރެވުން! ދެން ކިހިނެތް ތިތަން ރަނގަޅުވާނީ؟
އަލިފު ބާ
18 June 2025
ކޮން ގައުމެއްގާ ބާ ފުލުހުން ބޮޑު ކުރައިމެއް ހިނގީމަ ކުށުގެ ވެއްޓެއް ކިރިޔާވެސް ވާ ހިސާބު ކޯޑުން ނުކުރާނީ؟ މަށަށް ހީވަނީ ފުލުސް އޮފީސް ދޮރުމަތިން ހިނގާލާ މީހަކަށްވެސް އެވަރު އިގޭނެ ހެން. މިހާރު އެގިއްޖޭ ކައެމެނަށް ނޭގޭކަން އަލިފުބާ ވެސް ބޮޑެތި ކުރައިމްތައް ބަލަންޖެހޭ
ހާމަޔ333
18 June 2025
ފުލުހުން ފަރުވާ ކުޑައޭ އަނެކައްޗެކޭ ނުކިޔާ....ފުލުހުންނަކީ މަތިން އޯޑަރު އަންނަ ގޮތަކަށް ކަންކުރާ ބައެއް...ކަލޭމެން ސިޔާސީ މީހުންނާ ހެދި ފުލުހުންނަށް އެހެންވަނީ...ކަންކަން ފޮރުވަން އޯޑަރުދިނީމާ ދެންވާނީ އެހެން..ގައުމު ހަލާކު ކުރަނީ ވެރިކަމަށް އަންނަ ސިޔާސީ މީހުން....ދެން ތަނެއްގަ ހުންނަ ވޮޗަރުމީހާ ބޮލަށް ކޭޝިއަރު ބޮލަށް ވެއިޓަރު ބޮލަށް ކައުންޓަރުގަ ހުންނަ ކުއްޖާ ބޮލަށް ތަނަށް އެޓެންޑްވި އާދައިގެ ފުލުސްމީހާ ބޮލަށް ކަނޑާނެ ކަމެއްނެތް ތިމާމެން ހަޑިހާވާފަ
5555
18 June 2025
ޢޯޑަރު އައިސް ގެންތޭ ފުލުހުންގެ ގަވައިދާ ހިލާފަށް ބަޖިޔާ ވިއްކަމުން އޮފު ޑިއުޓީ ޖަރީމާ ހިންގަނީ ވެސް؟
ގައުމެއްހަލާކުވާނީމިހާވަަރަށް
18 June 2025
ޓެކްސީ ކުރުމާ އުގުވިޔަފާރިކުރުމާ ޖުވާކުޅުމާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާ ކަންމަތީ މާރުކޭޓު ހިންގުމާ ޑެލިވަރީ ޕެކޭޖަށް ސެކިއުރިޓީ ދިނުމާ އާއްމުތަންތާ ސިނގިރޭޓްބުއިމާ ކޮންސްޓްރަކްޝަން ވިޔަފާރ ކުރުމާ ހުރިހާބާވަތެއްގެ ޖަރީމާގެއިތުރަށް ހުތުރުބަހުން ވާހަކަދެއްކުން އާއްމުވެފައިވަނީ އެފަދަކަންކަން ޔުނީފޯމެއްގެ ނިވަލުގައިތިބެ ކުރަންބޭނުންވާބަޔަކު އެތަނަށްވަދެތިބީމަ. އެއީ ދިމާކުރަފީއާއެކު ފެށިގެންއައިކަންކަން.
އަހާލީ ބައި
18 June 2025
ދިމާކުރާތީ އައީ ފުލުހުންނަށް އެކަނިތަ؟ ސިފައިން ނަށް ނާދޭ؟
އައްޑަނަ
18 June 2025
ބައެއް ފުލުހުން ޕޮލިސް ޔުނީފޯމުގެ ނިވަލުގައިތިބެ ހިންގާ ޖަރީމާތައް ނަވީނާ އެހެން ވެރިންނަށްވެސް އެގޭނެ. ފުލުހުންގެ ބޭންކު އެކައުންޓުތަކުންވެސް ފެންނާނެ.
ޖާބު
18 June 2025
ނޮން ޕުރެކްޓިސިން އެލަވަންސް ނަގައިގެން ތިބާވަތު ކަންކަންކޮށް ޖަރީމާ ހިންގުމަކީ އިތުރު ޖަރީމާއެއް.
ލޯ ބުރޭކާ
18 June 2025
ތިކީ ކަންތައްތައް ހުއްޓުވުމަކީ ކޮމިޝަނާ އާ ހޯމް މިނިސްޓަރުގެ ޒިންމާއެއް. ދައުލަތުގެ މުވައްސަސާއެއްގެ މުވައްޒަފުން އެދަރަޖައަށް ސޮއްސާލައިގެން ދާނީ އެންމެ ދުވަހަކުން ނޫން. ލޯ އެންފޯސް ކުރަންތިބޭ މީހުން ލޯ ބުރޭކު ކުރީމަ އަދަބުވެސް ބޮޑުވާންޖެހޭނެ ވަޒީފާއިން އެކަހެރިވެސް ކުރެވެން ޖެހޭނެ!
އުވާލާ
18 June 2025
ޕޮލިސީ އިންޓެގުރިޓީ ކޮމިޝަންއަކީ ހަމަ އެކަނި ކަރުދާހުގައި އޮންނަ ނަމެއްބާ؟