ސިއްހީ ހިދުމަތްތައް ދިނުން އަވަސްކޮށް، ރަނގަޅުކުރަން ރަށްރަށާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް މިހާރު ވެސް ވަނީ 300 އަށް ވުރެ ގިނަ މުވައްޒަފުން ނަގާފައި.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ޖައުފަރު އަލީ | ކުޅުދުއްފުށި އޮންލައިން
29 ޖޫން 2025 - 15:57
ސިއްހީ ދާއިރާއަށް މި އަހަރު 600 އަށް ވުރެ ގިނަ މުވައްޒަފުން އިތުރަށް ނަގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ސިއްހީ ހިދުމަތްތައް ދިނުން އަވަސްކޮށް، ރަނގަޅުކުރަން ރަށްރަށާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން މި އަހަރު ނަގާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ރަށްރަށުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކަށް އެކަނި ވެސް ގާތްގަނޑަކަށް 330 މުވައްޒަފުން ވަނީ ނަގައިފަ އެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 300 އަށްވުރެ ގިނަ މުވައްޒަފުން ނެގުމަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ނާޒިމް، މިދިޔަ ހޯމަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ މުވައްޒަފުންގެ ތެރޭގައި ގިނައީ ނަރުހުން ފަދަ ޓެކްނިކަލް މަގާމުތަކެވެ.
މިއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފަހުގެ ތާރީހެއްގައި ސިއްހީ ދާއިރާއަށް އެންމެ ގިނަ މުވައްޒަފުން ހޯދުނު އަހަރެވެ.
ނާޒިމް ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ އުމްރާނީ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އެ މަޝްރޫއުތައް ނިމުމުން ޖާގައިގެ ދަތިކަމާއި ހިދުމަތް ދިނުމުގައި ދިމާވާ އުނދަގޫތަކަށް ހައްލެއް އަންނާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރަށްރަށުގެ އިންފްރަސްޓްރަކްޗާ ކުރިއަރުވަން މި ވަގުތު ވެސް 41 އަށްވުރެ ގިނަ ޕްރޮޖެކްޓު އެބަ ހިންގަ އެވެ. އެއީ އަގުގެ ގޮތުން ބަލާނަމަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
30 June 2025
ވަސީލަތްތައް އިތުރު ކުރަންވީ، ބޭސްލިބޭނެ ގޮތް ހަދަންވީ، 1000 މުވަޒަފުން ލިޔަސް ވަސީލަތް ނެތީޔާ ވާނީ ބޭކާރުހަމަ، ކީއްވެތަ މިކަން ނުވިސްނެނީ ބޮޑެތި މަގާމުތަކުގަ ތިބި މީހުން.
އަބްދުﷲ ޝާފިއު
30 June 2025
ވަރަށް މުހިއްމު ކަމެއް. މީގެ ސަބަބުން ހަމަ ޔަގީނުންވެސް އެތައް ފަސޭހަތަކެއް ލިބޭނެ. މިސާލަކަށް ހިދުމަތް އަވަސް ވެގެން ދާނެ ކަމާމެދު އެއްވެސް ޝައްކެނެތް
ހަސަން ވަހީދު.
30 June 2025
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން އަދުގެ ސަރުކާރުން ކުރާ މަސައްކަތް ހަމަ ވަރަށް ފުރިހަމަ. ހަމަ ޔަގީނުންވެސް މީގެ ސަބަބުން ތަޖުރިބާ ހުރި ރަނގަޅު މީހުން ލިބޭނެ
އިބޫ
30 June 2025
އެހެންވީމަ 600 އިތުރު ބިދޭސީން ގެންނަން އުޅޭ ވާހަކަދޯ ތިބުނަނީ
ޕްރޮފެސަރ. ތާކިހާބެ
30 June 2025
ސަޅި ބާސާ ނުކަނޑާ މިގައުމުގައި ޑޮކްޓަރުކަން ކިޔަވައިގެން ތިބި އެތަށް ސަތޭކަކުދިން އިންޓާންޝިޕް ފްރުސަތުނުލިބި އެބަތިބި . ޢެކުދިންނަށް އިންޓާންޝިޕް ހެދޭގޮތަށް ހަދާފަ ދެން 600 މީހުނަށް ވަޒީފާ ދެއްވާ.
ބާގީންހައްދު
30 June 2025
ހުރިހާ އެންމެންވެސް ބޭނުންވަނީ މާލޭ ހޮސްޕިޓަލްތަކުން
ފެކްޓްް
29 June 2025
ވޯޓެއް ކާރިވާ ވަސްދުވާ މިހާރު! ވަރަށް "ރައްޔިތުން" ވެގެން އުޅޭނީ ސަރުކާރުގެ އެންމެ އާދައިގެ މީހާވެސް. ވަރަށް ވާހަކަ.
ހަންކެނޑީ
30 June 2025
އަޅެ ކޯޓްތަކަށް އޮނިގަނޑާ އެއްވަރަށް މުވައްޒަފުން ހަމަކޮށްދޭނީ ކޮންސަރުކާރަކުންބާ
ޗާންދަނީމަގުން
29 June 2025
ވ އުފާވެރި ޚަބަރެއް. ހުރިހާ ދިމާލަކުންވެސް ވަޒީފާ އުފައްދަންވީ، ބޭރުމީހުން މަދުކުރަންވީ.
ކިނާރީ
29 June 2025
ބޭރު ބިދޭސީ އަންހެނުން އަންހެނުންގެ ވޯޓް ތަކަށް ވަޒީފާ އަށް ނުނަގާ . ދިވެހި އަންހެނުން ނަގާ ބަލަ . ގޭތެރެގަ ތިބޭ ދަރިން ބޮޑެތިވީމަ ވަޒީފާ އަށް ދާން ބޭނުން ވެފަ ތިބޭ މީހުން. މައުމޫނުގެ ދައުރުގަ ފޫޅުމައިންގެ ގޮތުގަ ތަމްރީނު ވެފަ ތިބޭ އެތަށް އަންހެނަކު ތިބޭނެ . މަސައްކަތު މީހުންގެ ގޮތުގަ ވެސް އެފަދަ ފަރާތް ތަކަށް ވަޒީފާ ދީ އެބައެއްގެ ދިރިއުޅުމުގެ ހާލަތް ރަގަޅު ކުރެވޭނެ . ސަރުކާރުގެ ހޮސްޕިޓަލްގެ މަސައްކަތުމީހުނަށް ތިބެން ޖެހެނީ ދިވެހިން.
އައިމިނާ
29 June 2025
3 ކައުންޓަރުގަ ކުދިން ތިބިކަމުގައިވީނަމަވެސް މެމޯ ހަދާނީ އެއްކައުންޓަރުން ނޫނީ 2 ތަނުން. އަވަސްވެދާނެތީ ބިރުންއުޅޭހެން ހީވަނީ.
ހުޅުމާލެއާދަނު
29 June 2025
މިނިސްަޓަރަު ހުަލުމާލެ ހޮސްޕިޓަލަށް ކިޔުޖެހި ތިބޭ މީހުން ކައިރިން ބަލާލުން ރަނގަޅު ސާވިސް ލިބޭ އަވަސްކަން، ސާވިސް ލަސްވަނީ ކޮންތާކުން ލަސްވެގެންކަން.... އަވަތޭރި ރޫމުތަކުން ޑިއުޓީއަކު 1 ނުވަތަ 2 ރޫމުން ބަލަނީ، ދެން ވިސްނާލާ އެވަރު އާބާދީއަކަށް .... 5 ގަޑިއިރު ކިޔު އިނދެގެން ޑޮކްޓަރާ ހަމަޔަށް ދެވެނީ