ފިހުނީ ދޯނީގެ ވެރިފަރާތާއި ބިދޭސީއެއް.
01 ޖުލައި 2025 - 10:04
ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައި ކަމަށެވެ.
ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށް ކައުންސިލުން ބުންޏެވެ.
ތ. ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ދެންމެ ރޯވެ ދެ މީހަކު ވަނީ ވަނީ ފިހިފައި. އެ ދެ މީހުންނަށް އެ ރަށު ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާދެމުން.
— Mihaaru (@Mihaarunews) July 1, 2025
ތަފްސީލު: https://t.co/xpjwnIQ8k9 pic.twitter.com/xzhT34T5a4
އެ ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ވިލުފުށި ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.
"ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސީމަ ރޯވީ ކަމަށް އަޑުއިވުނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
01 July 2025
އެމީހާގެ ދޯންޏެއްގައި މީގެ 2 އަހަރު ކުރިންވެސް ރޯވިއެވެ؟ ރައްކާތެރިކަމަށް ދޭންޖެހޭ ސަމާލްކަމަށް ވުރެ ފައިސާއަށްދެވޭ ސަމާލްކަން މުހިއްމުވަނީ؟
ރަދީފްއޮފިޝަލް / ހުޅު
01 July 2025
އަވަސް ޝިފާއަކަށް އެދެން. ޙުޅު ހިފާ ދިޔާތަކެތި ގެންގުޅުމުގަ ވަރަށް ފަރުވާތެރިވާންޖެހޭނެ.