މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބޭންކުން ނަގާ ފީއާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް
01 ޖުލައި 2025 - 11:57
ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.
އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި އެކަމާ ދެކޮޅަށް 29 މެންބަރަކު ވޯޓު ދެއްވި އެވެ. އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އެހެންވެ، އެ މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.
މައުރޫފު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ އާންމުން އެންމެ ގިނައިން ވިޔަފާރިކުރާ ސައިޓްތަކުން ފީއެއް ނަގަން ބޭންކުން ނިންމުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ.
ސަރުކާރުން ގެންނަ މިފަދަ ކުއްލި ބަދަލުތަކާ ގުޅިގެން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ވެސް ކުއްލި މައްސަލަގައި ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާއަށް ވުރެ މަތީގަ އެވެ.
ބޭންކުން ނަގާ ފީގެ އިތުރުން ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރުން ލާޒިމްކޮށް އޭގެ ތެރެއިން 90 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ފޮނުވަން މަޖުބޫރުކޮށްފައިވާ ނިންމުމަށް ވެސް ކުއްލި މައްސަލަގައި ވަނީ ފާޑުކިޔައިފަ އެވެ.
އެގޮތުން މައްސަލަގައި ބުނީ އެ ބަދަލުގެ ސަބަބުން އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވެފައިވާ ކަމަށާއި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން ދިޔަ ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
02 July 2025
އާން. އެއްގޮތަކަށްވެސް ބަލައި ނުގަންނާތި. މިހާރުވެސް މަސައްކަތް ކުރެވޭވަރު މާގިނަ. ދަންވަރުވެސް ތިބެވެނީ މަސައްކަތުގަ ވިއްޔަ. އަތުގައި ހުންނަ ކާޑުތައްވެސް ގިނަކަމުން ނުގުނޭ. ކޮން ކަމެއް؟ އާރުޓީ މީހުން މާ އުފަލުގަ އަގުހެޔޮކޮށް ބޭކާރު އެއްޗެހި ގަންނަނީ ޤައުމަށް ނުކަތާވަރަށް ވިއްޔަ. އެމީހުންނަށް ލިބެނީވެސް ހުސް ޑޮލަރުން ވީމަތާ. ނިކަމެތި އިއްޒަތްތެރި މެމްބަރުންނަށް ލިބެނީ ދިވެހި ރުފިޔާ. އެއީ ކޯޗެއް؟ ޓިޝުލެއްގަވެސް އެއަށްވުރެ ބުރަދަން ހުންނާނެ.
ގުދުގުދާބެއްޔާ
01 July 2025
ބައިތިއްބާ! އަހަރުމެން ވޯޓުން ތިޔަކަން ދައްކާލަން! ނުގުޅާތި! ފަސް ފަހެތިން ދޭނަން!
އަފާފް ސައީދު
01 July 2025
ލަދު ކޮބާ؟ މިގައުމު މިހާލަތަަށް ވައްޓާލީ އެމްޑީޕީ ކަން އަހަރުމެން ހަދާނެއް ނުނެތޭ.
އައުޒަމް
01 July 2025
މިގައުމުގެ އިގްތިސާދު ފުޑާލި މީހުން ގައުމަށް މާ ބޮޑަށް ހެޔޮ އެދޭ ކަމަށް ދެއްކެން ނޫޅޭ. އެމްޑީޕީ ނޫން ގޮތެއް
ލިހާޒް މުހުސިން
01 July 2025
ނުޖެހެ ބަލައިގަންނަން. އެމްޑީޕީ އެހެން ކަމަކާ އުޅޭ
ކަނޑޫމާ
01 July 2025
މަޖްލިސްގަ ގިނައީ ރައްޔިތުންނަށް ހެވެއްނޭދޭމީހުން. ސަރުކާރުތަކުންފައިދާނަގައިގެން އަމިއްލަބޮނޑި ބަންނަ މީހުން..
ކޮން
01 July 2025
ސަރުކާރުން އުޅެނީ، ސަރުކާރެއް އޮވެގެން، އެކަމާ ކަންބޮޑުވެގެން ކަހަލަ...