ހައި ކޯޓު: އިރުފާން ތަގިއްޔު އާއި އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ބުނި
01 ޖުލައި 2025 - 13:29
ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު އާއި އިތުރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުން އިތުރު ވަގުތު ދީފައިވާ ކަމަށާއި އެހެންވެ ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ އިތުރުން ދެން ދައުވާ އުފުލީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.
ރާއްޖެއަށް 72 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު -- ފޮޓޯ: ޕޮލިސް
މި ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މި އަހަރުގެ ޖެނުއަރީ މަހު ހުކުމްކޮށްފައިވެ އެވެ. އެގޮތަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ހެކިތަކުން، ދޯނިން މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުނުވާތީ ކަމަށް ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ކުރިން ވެސް އިއުލާންކުރި އެވެ. ނަމަވެސް، އިސްތިއުނާފުކުރަން ލިބޭ 60 ދުވަހުގެ މުއްދަތުގައި އިސްތިއުނާފަށް ހުށައެއްނާޅަ އެވެ. އެކަން އެގޮތަށް ނުވެ އޮތީ ދަށު ކޯޓުން މައްސަލައިގެ ރިޕޯޓްތައް ދޫކުރުން ލަސްވުމުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހެއްގައިވާ ގޮތުން ދަށު ކޯޓުން ރިޕޯޓްތައް ދޫކުރާ ތާރީހުން ފެށިގެން އިސްތިއުނާފުގެ މުއްދަތު ގުނުމުގެ ހުއްދަ ކޯޓަށް ދެވިދާނެ އެވެ. އެ ފުރުސަތަށް ޕީޖީ އޮފީހުގެ ފަރާތުން މި މައްސަލައިގައި ހައި ކޯޓުގައި އެދުމުން، އެ ފުރުސަތު ވަނީ ދީފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި މިހާރު ގުނަމުންދާ މުއްދަތު އޮތް ގޮތުން އިސްތިއުނާފުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އޮފީހުން ބުނީ އިސްތިއުނާފު ފޯމް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ހަތް މީހެއްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދިޔަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އެ މީހުންގެ ބައި އަނބުރާ ގެންދިޔައީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލުކުރެވޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
01 July 2025
އަދި ކިތައް އަހަރު ވާނެބާ! ޑްރަގްގެ ބޮޑެތި މައްސަލަ ތައް ހާދަ ދިގުލައިގެން ދެޔޭ އުތަ! އެތައް އަހަރެއް އެގޮތަށް ދަންމާފަ ކުށް ސާބިތެއް ނުވޭ ކިޔާފަ ނިންމާލީމަ އެވީ، ގިނައިން ހުރީ މިހެންވެފަދޯ.
ޢައިއޯ
01 July 2025
ފުލުހުން ބަދުނާމުކޮށް ކޯޓުންނާއި ޕީޖީ ކުޅުއްވާ ޑްރާމާގެ ކުޑަ އެޕިސޯޑެއް މީ ޑްރަގް މައްސަލަ ހައްލުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ކޯޓުގައި ތިބި ގުޅިފައިވާ ބޮޑުން މުލުން ލުހެލުން
ގޫބައްޑާ
01 July 2025
އައްޑޫގައި ނުތިބޭނެ 100 އަކުން ދިހަ މީހުން ޑުރަގު ވިޔަފާރި ނުކުރާ،މުޅި މިމާލެ ސަރަޙައްދުގައި ޑްރަގް ވިޔަފާރި ކުރަނި އައްޑޫ .. އަޑީގައި ތިބެ،ޤައުމުގެ އަމާންކަން ނަގާލުމުގެ މުގުލުގައިވެސް ތިބީ ..
ތެނަދޫ ބައ
01 July 2025
ހުރިހާ ވައްތަރެއްގެ ވިޔަފާރިތަކެއްވެސް މުޅި ރާއްޖޭގަވެސް. ސެންޓްރެލައިޒުކުރީމަ ވާނެގޮތްއިނގޭ
ކަނޑުން
01 July 2025
ވަރުގަދަ ޑްރަގް މައްސަލައެއް، ދޫނުކުރައްވާތި...