ކުޑަބަނޑޮސް ކައިރީގައި އޮންނަ ފަޅުގައި ތަރައްގީކުރާ އެސްއީޒެޑްގައި ހިންގާ "ޕްރޮޖެކްޓް ސޯލާ ސިޓީ" އަށް ޓެކްސްގެ ބޮޑެތި ލުއިތަކެއް ވަނީ ކަނޑައަޅުއްވާފައި
ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި ކަނޑައެޅުއްވީ ކުޑަބަނޑޮސް ކައިރީ އޮންނަ މި ފަޅު.
02 ޖުލައި 2025 - 00:12
ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ސިންގަޕޫރަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދީފައިވާ ކަންކަމަކީ:
1. 100 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޓް ކުރުން
2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (މައިސް) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން
3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން
4. ރިއަލް އެސްޓޭޓް ތަރައްގީކުރުން
މިކަން ކަނޑައަޅުއްވައި ރައީސް ނެރުއްވި ގަރާރުގައިވާ ގޮތުން ޒޯނުގެ އިންފްރާސްޓަރްޗާ އާއި އަސާސީ އެހެނިހެން ކަންކަން ތަރައްގީކުރުމާއި މަޝްރޫއު ހިންގަން ބޭނުންވާ ކެޕިޓަލް ގުޑްސް ފަދަ ތަކެތި ގެނައުމަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެ އެވެ.
އިފްރާސްޓްރަކްޗާ ތަރައްގީކުރުމާއި އަސާސީ އެހެން ކަންކަމުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގުމާއި ފުރަތަމަ 10 އަހަރު ޖީއެސްޓީ އާއި ވިތު ހޯލްޑިން ޓެކްސް އިން އިސްތިސްނާވުމަކީ ވެސް ޕްރޮޖެކްޓަށް ދޭނެ ލުއިތަކެވެ.
ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމް ގާއިމުކޮށް އޮޕަރޭޓްކުރުމުގައި ވެސް ވެސް ފަސް އަހަރަށް ވިޔަފާރީގެ ފައިދާގެ ޓެކްސް އާއި ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް އިން އިސްތިސްނާވުން މީގެ ތެރޭގައި ހިމެނެ އެވެ. އަދި މައިސް ތަރައްގީކޮށް އޮޕަރޭޓްކުރުމާއި ރިއަލްއެސްޓޭޓް ހިންގުމުގައި މި ޓެކްސްތަކުން ދެ އަހަރަށް އިސްތިސްނާ ވާނެ އެވެ.
ލޮޖިސްޓިކްސް، ސްޓޯރޭޖް އަދި އިންޑަސްޓްރިއަލް ހަބް އޮޕަރޭޓްކުރުމުގެ މަސައްކަތަށް ވިޔަފާރީގެ ފައިދާގެ ޓެކްސް އިން 20 އަހަރަށް އިސްތިސްނާވުމާއި ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް އިން 10 އަހަރަށް އިސްތިސްނާކުރުން ހިމެނެ އެވެ. އަދި ކޮންމެ ޝެއާހޯލްޑަރަކަށް ލިބޭ ޑިވިޑެންޓުން ވިޔަފާރީގެ ފައިދާގެ ޓެކްސް 15 އަހަރަށް ވަނީ އިސްތިސްނާކޮށްދީފަ އެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން މި އިކޮނޮމިކް ޒޯން އޮންނާނީ ކުޑަ ބަނޑޮސް ކައިރީގައި އޮންނަ ފަޅުގަ އެވެ.
އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒުކޮށްފައިވަނީ 2027 ވަނަ އަހަރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޖަދް
03 July 2025
މިކަން ވާނެ ވަރަށް ފައްކާ ކަމަކަށް. ހާއްސަކޮށް އަހަރުން ކަހަލަ ތިމާވެށި ނާޒުކު ގައުމަކަށް
ކިހިނެއް؟
02 July 2025
ކަރަންޓް އެކޮޅުން މިކޮޅަށް، ނޫނީ ބޮޑަށް ބޭނުންޖެހިފަ ހުރިތަންތަނަށް، ގެންނަނީ ކޮންޓެއިނަރ އަށް އަޅައިގެންތަ؟
އަފްރާސިޔާބު
02 July 2025
މިދުވަސްކޮޅު ވަރަށްގިނަ ވައްތަރުވައްތަރުގެ ސިޓީތައް ސަރުކާރުން ހުޅުވާލާނެ. އެއީ 2026 ގެ އިންތިޚާބަށް ރައްޔިތުންގެ ބޯކާންވެގެން ހުޅުވާ ސިޓީބިޓީ.
ގްރީން
02 July 2025
ސޯލާ ސިޓީ ނަމުގަ ހުރިހާ މުރަކަތަކެއް މަރާލުމަކީ ތިމާވެއްޓާ ރައްޓެހި ކަމެއްތަ؟ މިހާރު ހުރި ރަށްތަކަށް އިންވެސްޓް ކުރަން މާ ބުއްދިވެރި
ސޯލާ ކަޓުނެގުން
02 July 2025
މި މަޝްރޫއިން ވާނީ މިކަމެވެ. 1. އެހެނިހެން މަޝްރޫއަށް ގެންނަ ތަކެތިވެސް ދެން ގެންނާނީ ތިޔަޓެކުސް ފްރީގެ ތެރެއިން. ސަރުކާރަށް ގެއްލުމެވެ. މިނިސްޓަރ ސައީދު، ޕްރިންސިޕަލް ޝާހިދު، މިނިސްޓަރ ތޯރިގްމެންގެ އަދި ޕާޓީއަށް އަމިއްލަ ކުންފުނި ތަކަށް ފައިދާއެވެ. 2. ތިޔަ ޕީ.ޕީ.އޭ އަކަށް ސަރުކާރުން ލާރި ނުދައްކާނެއެވެ. އަނެއްކާ އަނެއް ޓެކުސް މާފްކުރާނީއެވެ. ސަރުކާރަށް ގެއްލުމެވެ. 3. ތިތޮއިީ 20 އަހަރުގެ ޓެކުސްރެވެނިއު ގެއްލިފަ. %100 ފްރީ ނުކުރިޔަސް ތިކަންވީސް.
ދޮންކަރާ
02 July 2025
ކިހާވަރަކުން ދާނެބާ؟ މީގެކުރިން ފްލޯޓިން ސިޓީއެއް އަޅަންށޭކިޔާ ވާވައްދައި ބަޔަކު ތިތަނާޖެހިގެން އޮތްފަޅު ހިސާރުކުރިގޮތަށް އޭގެން މިއުޅެނީ ސަލާމަތްނުވެގެން. ސްޕެޝަލް އިކޮނޮމިކް ޒޯނޭ ކިޔާފަ މިހާރު މިކުރާކަމަކީ ހަމަ ޓޫރިޒަމް. 2022ގަ އުފެއްދި ކުންފުންޏަކުން ކިރިޔާ 100 ހެކްޓަރު ހަމަވާ ފަޅެއްގައި އިންތިހާއަށް ޖާގަބޭނުންވާ ތިހުރިހާ ކަންތަކެއް ފައިދާ ލިބޭގޮތަށް ކުރެވިދާނެބާ؟ އަމަލީގޮތުން ކަމެއްނުވިޔަސް ލިބޭބަޔަކަށް ލިބޭނެކަމަށް މިބަލަނީ. އެއީތާބޭނުމަކީ!
އެޑްމުންޑޯ
02 July 2025
އެކަ ދިމަދިމާލުން ރާއްޖެ ވިލާތަކާއި ހަމައަށް އުފާލާލާ ރައްޔިތުން އުދުހިލާފައި އުޅޭ ހުވަފެނީ ތަސައްވަރު އިރު އިރުކޮޅާ ސަރުކާރުން މިދަނީ ހާމަކުރަމުން ، އެކަމަކު ދުވަހެއް ދުވަހެއް ރާއްޖޭގެ ހާލަތު ދައްވެ ރައްޔިތުން ބިކަވަނީ ، މިހާރު ޑޮލަރެއް 20 ރ އަށް ތަކެތީގެ އަގު އިންތިހާ ބޮޑު ދިރިއުޅުމުގެ ހާލަތު ނިކަމަތިވެ ގޮތްހުސްވަނީ ،،، ރަށެއްގެ ތަރައްގީގެ ގާކޮޅެއްވެސް ނުބެހެއްޓޭ ، އެކަމަކު މިވެރިންގެ ހުވެފެންތައް އާސްމާނުގައި
އަހްމަދުު
02 July 2025
ރަނގަޅުވާނެ ސޯލާ އައީމަ. ސޯލާ ގެއްނަން މިހާރު އެއުޅެނީ. އަހުރެން ރަށުގަ އޮތް އަލަ އޮޅަށްވެސް އެސް އީ ޒެޑެއްގެ ދަށުން ސޯލާ ގެނެވޭތޯ މިބަލަނީ
ޖޯހިން
02 July 2025
މިޔަވެރިން ކީއްތަ މިކުރަނީ ރާއްޖޭގެ ގުތުރަތީ ރީތިކަން ގެއްލުވާލާ، ފަރުތަކާ ގިރިތަކާ ކޮނެނަގާ، ފުނޑާލާއިފި. 2028 ސަލާނަ.
ސޯލާ ބްރޯ
02 July 2025
ތިޔަ އިކޮނެމިކް ޒޯނެއްގެ ވަަހަކަ ކޮންމެ ވެރިއަކު އަރާފަ ދައްކާތާ މަގޭ ދަރިއައް 18 އަހަރު ވެއްޖެ ބޯހަލާކު
ދެންވާނެގޮތް
02 July 2025
ތިލިސްޓުގަ އޮތް ކަންތައްތަކުގެ ތެރެއިން ތިމަޝްރޫއައް ހަރަދުކުރާ މީހުން ހަމައެކަނި ކުރާނެ ކަމަކީ 2 ވަނަ އައިޓަމްގައި އޮތްކަންތައް އެކަމަކު މިކަމައް ކަނޑައެޅި ހުރިހާ ނަފާއެއްގެ ބޭނުންކުރާނެ. ފަހަރެއްގަ ނަމެއްގަ ކޮންމެވެސްވަރަކައް ދެންހުރި ކަންތައްތައް ކޮއްފާނެ.