ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަމްޓް ފޯރަމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
01 ޖުލައި 2025 - 08:50
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގެ ބައިވެރިން: ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓްގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.
މީގެ އިތުރުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ އެކު ވެސް އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން މިއަދު އެ ފޯރަމްގެ ތެރެއިން ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލަމާހުއްޓާ
01 July 2025
ހެހެ.މިވެރިކަމުގަ ތިބާވަތުގެ ކިތައްމެ ޕްރޮޖެކްތެއްގަ ސޮއިކޮއްފި. ވީކަމެއްހަރާމް. އާންމު ރައްޔިތުމީހާގެ ޖީބުތައް މިދަނީ ހުސްވަމުން.
އުމަރުބޭ
01 July 2025
އަންނަނީ ހިނި މިކަހަލަ އެތައްހުވަފެނެއްދައްކާފި ރޯމާދުވާލު މިޖެހެނީ ހުވަފެންބަލަން
ގަމާރޭ
01 July 2025
މުއިޒުގެ ވެރިކަމުގާ ބޮޑެތި ހަފުލާތައްބާވާގެން ވވވ ގިނަ މަސްރޫއުތަކުގާ ސޮއިކޮއްފި އަދި އަމަލީމަސައްކަތް ކުރާތަން ނުފެނޭ ކީއްކުރަން ތަރައްގީގެ ގާބުރިޔެއްވެސް ނުބޭއްވޭ އަދި . އެބުނާ ރަސްމާލެ ހިއްކާނުނިމޭ މިހާރު ދައުރު ދެބައިވީ ކީކުރާނީ ފިނިހަކާގެ ސުޕީޑުވިއްޔާ ...ރައްޔިތުންގުބޯހެއްދުމުގާ އަވަދިނެތި .....
ޣފދފގ
01 July 2025
ﷲ އަށް ހަމްދު ކުރަން. ރާއްޖެއަށް ތަނަވަސް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.
ސޮއިތައް
01 July 2025
ތިކަހަލަ އެތައްސޮއެއް އަޅައިފި. އަދި މުޅިންވެސް ފެނުނީ އަވާމެންދުރު