ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. 

އެއީ އަމިއްލަ ދަތުރުފުޅެއް ކަމަށް ވާތީ އާންމު އުސޫލުން ދަތުރުފުޅާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ. 

ރައީސް މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މީގެ ކުރިން އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މޭ މަހުގެ 24-30 އަށެވެ.