ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުން ބަޔަކު ނުކުންނަނީ: ދިވެހި އުފެއްދުންތައް ބޭރު ދުނިޔެއަށް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސް އަށް ދިވެހި އެމްބެސެޑަރެއް ހޯދަން ވަނީ އިއުލާންކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ޖުލައި 2025 - 10:29
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންނަށް ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހުޅުވާލައިފި އެވެ.
އެމްއެމްޕީއާރުސީން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާ އިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އޭގެ މަގުސަދަކީ އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުގުވެރިވާ މީހުންނާ އެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ލިބިގެންދާނެ ކަމަށެވެ.
އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ގުދުރަތީ ރީތިކަން ތަމްސީލުކުރަން ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުން އެ ޕްރޮގްރާމްގައި ބައިވެރިވާން އެމްއެމްޕީއާރުސީން ވަނީ ހުޅުވާލައިފަ އެވެ.
އެމްއެމްޕީއާރުސީން ވަނީ އޭގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް [email protected] މެއިލް ކުރަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުނބާ
06 July 2025
ސަޅި. އަނެއްކާވެސް ސިޔާސީ ކުދިންނަށް މަހުއެތިކޮޅު ދޭނެ މޮޅު ސްކީމެއް. ސާބަހޭ ރައީސް
ތި ކުންފުނި އުވާލާ
06 July 2025
ބަޔަކަށް ލާރިގަނޑެއް ދޭން އަނއްކާވެސް!
ހަސަނަ
06 July 2025
ތީއެއް ނޫން އެމްބެސަޑަރުން ހޯދާ ގޮތަކީ، ކޮންމެ ކަމެއްގަ ކަން ދައްކަން.
ސަސި
06 July 2025
ކެޓްރީނާ ކައިފުގެ ފިލްމީ ބައިވެރިޔާ ސަލްމާހު ހާނު ރަގަޅު ރަގަޅުވާނެ. ރާއްޖެގައި ތިކަން ކުރެވޭ ވަރުގެ މީހަކު ނޫނީ ބަޔަކު ނޫޅޭނެ