އެކި އެޕްލިކޭޝަންތަކުން ލިންކުތައް ފޮނުވައިގެން ސްކޭމް ހިންގުމުގެ މައްސަލަ ބޮޑު: ފުލުހުން އެދެނީ ޓެލެގްރާމުން މި ދުވަސްކޮޅު ފޮނުވަމުންދާ ލިންކުތަކަށް ނުފިތަން.
11 ޖުލައި 2025 - 13:20
ފޮޓޯތަކެއް ހުރި ކަމަށް ބުނެ ފޮނުވާ ފިޝިން ލިންކެއް މެދުވެރިކޮށް ޓެލެގްރާމް އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
މި ލިންކްތައް ގިނައިން ފޮނުވަނީ ގާތް ނުވަތަ އިތުބާރުކުރެވޭ މީހެއްގެ ނަމުގަ އެވެ.
ފުލުހުން ބުނީ މެސެޖަކާ އެކު ފޮނުވާ އެ ލިންކަށް ފިތާލުމުން ވެސް އެދެނީ ފޯނު ނަމްބަރު ޖެހުމުން އަންނަ އޯޓީޕީ ހިއްސާކޮށްދިނުމަށެވެ. އޯޓީފީ ދީފި ނަމަ ސްކޭމަރުންނަށް އެކައުންޓް އަތުލެވުނީ ކަމަށް ފުލުހުން ބުންޏެވެ.
މި ސްކޭމްގައި އެ މީހަކަށް ނޭނގި ފޯނު ނަމްބަރު ބޭނުންކޮށްގެން އެހެން މީހުންނަށް ވެސް މެސެޖް ފޮނުވަ އެވެ.
ފިޝިން ލިންކަށް ފިތި ސްކޭމަރުންގެ ޝިކާރައަކަށް ވެއްޖެ ނަމަ ވީހާވެސް އަވަހަށް ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރަން ފުލުހުން އެދެ އެވެ. އަލުން އިންސްޓޯލްކޮށް އެކްޓިވޭޓްކުރާއިރު ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓްކުރުމަކީ ރައްކާތެރިވާން އެޅޭ ފިޔަވަޅެއް ކަން ފުލުހުން ހަނދާންކޮށްދިނެވެ.
ޓެލެގްރާމް ހެކްކުރުން އިތުރުވި އިރު އޮޅުވާލައިގެންފައިސާ ހޯދާ ޓެލެގްރާމް ޓާސްކް ސްކޭމަކީ ނުރައްކާތެރި ސްކޭމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ވަނީ ކަނޑައަޅައިފަ އެވެ. މި ސްކޭމް ހިންގަނީ ގޭގައި ތިބެ ކުދިކުދި މަސައްކަތްކުރުމުން އާމްދަނީ ދޭނެ ކަމަށް ބުނެ އެވެ.
ފޯނަށް ފޮނުވާ ލިންކަށް ފިތައި ވެރިފިކޭޝަން ކޯޑު ދީގެން ސްކޭމްތަކުގައި ޖެހޭއިރު ވައިބާ އާއި މެސެންޖާ އާއި އިންސްޓަގްރާމާއި އައިބޭ އަދި ފޯނުން ގުޅައިގެން ވެސް ސްކޭމް ހިންގާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ މެއި މަހުގެ ތެރޭގައި 130 އަށް ވުރެ ގިނަ ސްކޭމް ހިންގައި އެކި މީހުންގެ އަތުން ނެގި ފައިސާގެ އަދަދު 1.4 މިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިންކޭ
12 July 2025
ވަރިހަމައޭ އަދިވެސް ހަމަ ލިންކެއް ފެންނަ އިރަށް ފިތާނެ. ހޭބަލިވެފަ ވިއްޔަ ތިބެނީ.
ގެދޮރޭ
12 July 2025
ޓެލްގްރާމް އަންއިންސްޓޯލް ނުކުރިއަސް ވާނެ. ވަގުތުން މެސެޖް އަންނާނެ މިވެނިތާކުން އެކައުންޓަށް އެބަ ވަދެޔޭ. ސެޓިންއަށް ގޮސް އެހެން ޑިވައިސްތަކުން ޑިސްއެބްލް ކޮށްލާފަ 2 ފެކްޓަރ ވެރިފިކޭޝަން ސެޓްއަޕް ހެދިދާނެ
ޑރ ވާންޗޯ
11 July 2025
ތީކީ ސްކޭމްއެއްނޫނެއްނު، ކުރާހާ މެސެޖަކަށް އޯޓީޕީ ފޮނުވާނީ ގަޅިވީމަދޯ؟.
ކަމަނައްތަ
11 July 2025
3ގަޑު ފޮޓޯވާހަކަދެއެއްކީ ކުރީގެ ރައީސެއް މީއަނެއްކާ އެބޭފުޅާގެ އަތެއްއޮވެގެންޖައްސާ ސްކޭމެއްނޫންބަ؟ އަހަލީ ހަމަ ވަނުވާނޭގޭތީ،