ނަޑެއްލާ ބަނދަރު ހަދަން ހެވީ ފޯސް އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ހެވީ ފޯސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ
13 ޖުލައި 2025 - 20:09
ގދ. ނަޑެއްލާގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ ހެވީ ފޯސް ކިޔާ ކުންފުންޏަކާ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
ޖުމްލަ 450 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 78.6 މިލިއަން ރުފިޔާ އެވެ.
ނަޑެއްލާ ބަނދަރު ހަދަން ހެވީ ފޯސް އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ހެވީ ފޯސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން ބަނދަރު ހެދުމަށް ފަޅު ކޮނުމާއި އާ ނެރެއް ހެދުމާއި މިހާރުގެ ނެރު ކޮނުމާއި ރިވެޓްމަންޓް ޖެހުމާއި ނެރުފައިކަށި ޖެހުމާއި ބޭރު ތޮށި ލުމުގެ އިތުރުން ގްރޮއިން ޖެހުމާއި އެއްގަމު ތޮށިލުމުގެ އިތުރުން ސްކަވަރިންގެ އޭޕްރަންއެއް ވެސް ހަދާނެ އެވެ. އަދި 11 މީޓަރުގެ ރޭމްޕެއް ހެދުމާއި ނެރުބައްތި އާއި ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2،660 އަކަމީޓަރުގެ ދިގު ޕޭވްމަންޓެއް ވެސް ބަނދަރުގައި ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
14 July 2025
މިކަހަލަ އިސްރާފްކުރުން ހުއްޓަލާފައި ދެމެހެއްޓެނެވި ތަރައްގީ ހޯދާދީބަލަ ، ނަޑެއްލާ އަކީ ފަޅުރަށެއްކަހަލަ ރަށެއް ، އެރަށުމީހުންވެސް ބޭނުންވަނީ ތިނަދުއަށް ހިޖުރަކުރަން ، ތިހަދަން އުޅޭ ބަނަދަރުގެ އަގުން އެމީހުންނަށް ބޯހިޔާކަން ތިނަދޫން ހޯދާދެވޭނެ ، ކުރިމަގަށް ހޭދަކުރުންނޫންތަ ތަރައްގީއަކީ
ކަޑަ
13 July 2025
ހާދަ ހަޑި ހެދިން އެކޭދޯ. ކޮންމެވެސް ކުންފުންޏަކާ ހަވާލު ކޮށްފިޔޯ. ހަވާލު ކުރީ މިހެން ކިޔާ ބަޔަކާއޯ. ރަނގަޅު ކޮށްލާ