ރޭ އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު.
14 ޖުލައި 2025 - 09:10
ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ މިއަދު އަސްރު ނަމާދަށްފަހު ބާއްވަން ނިންމައިފި އެވެ.
ޖަނާޒާ ބާއްވަނީ އާސަހަރާގަ އެވެ.
އަލްސަން ނިޔާވީ އޭނާ ދުއްވި ސައިކަލުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ.
މާލޭގެ ބޮޑުތަކުރުފާނު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާގެ އިތުރުން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް އަނިޔާވެ އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ރޭ ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެއިން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ދިޔަ ސައިކަލް ގޮސް ޖެހެނީ ދުވަން އުުޅުނު މީހަކު ޒިބްރާކްރޮސް އިން ދުވެފައި މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތްތަނާ އެވެ. ދުވަން އުޅުނު މީހާ ގައިގައި ސައިކަލުން ޖެހި ވިއްސައިގެން ގޮސް ޖެހެނީ ދުއްވާފައި އައި ޕިކަޕެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނީ
14 July 2025
16 އަހަރުގެ ކުއްޖާގެ ނަމަކީ ކޮބާތަ
ނަމަ
14 July 2025
އެ ސައިކަލް އެކުދިންނައް ނުދިން ނަމަ، 18 އަހަރު ނުވަނިސް އެކުންދިންގެ މައިންބަފައިން އެކުދިން ސައިކަލް ދުއްވިޔަނުދިން ނަމަ، އެދުއްވި ކުއްޖާވެސް މަޑުން ދުއްވި ނަމަ، މަގުހުރަސްކުރި މީހާވެސް ބަލާލާފަ ދުވެފަ މަގު ހުރަސް ނުކުރި ނަމަ، އެވަގުތު އެޕިކަޕްވެސް އެހިސާބައް ނާދެވުނު ނަމަ އެންމެންވެސް ގަވާއިދައް ހުމަތްތެރިކޮން ހިތާ ނަމަ، އަދުލު އިންސާފު ގާއިމް ކުރެވޭ ނަމަ، ނަމަ ނަމަ، އެކަމަކު މިއަދު ނަމަ ޔަކުން ކުރާނެ ހަމަ އެއްކަމެއްވެސް ނެއް ހިތާމަކުރަން....
ޒަރީރ
14 July 2025
މި ކުއްޖާގެ އިންސްޓަރގްރާމް ބަލާލީމަ ތަރުބިއްޔަތުގެ މައްސަލަ އުޅޭކަން ފާހަގަކުރެވޭ. މައިން ބަފައިން ތަންކޮޅެއްބޮޑަށް ދަރިން ތަރުބިއްޔަތު ކުރުމުގަ ސަމާލުވާން އެބަޖެހޭ. މި ދަރިފުޅަށް ސުވަރުގެ ދެއްވާ އާއިލާއަށް ކެއްތެރިކަން ދެއްވާށި.
ފަރަންޖީ
14 July 2025
ކަލޭމެން ދެން ހާދަ ގޮތެއް ފޮތެއް ނެތޭދޯ؟ މިއުޅެނީ އޭނަ މަރުވިތާ 24 ގަޑިއިރު ނުވެގެން އަދި. އާއިލާ އަޅަމުންދާ ވޭނަށް ކުޑަވެސް ހަމްދަރުދީއެއް ނެތީތޯ.
ޙަގީގަތް
15 July 2025
ދުނިޔޭގަ ހުއްޓަސް ރަނގަޅަށް ބުނާސ އެއްޗެއްވާނީ ރަނގަޅި އެއްޗަކަށް، މިކަހަލަ ވާހަކަ މިކަހަލަ ވާހަކަ ދައްކައިގެން އޮއްބާލަނީ
ޑރ ވާންޗޯ
14 July 2025
ﷲ އަލްސަންގެ އާއިލާއަށް ކެތްތެރިކަން ދެއްވާ، އަލްސަން އަށް ސުވަރުގެ ދެއްވުމަށްއެދި ދުއާކުރަން.
ސައްލެލޭ
14 July 2025
ސައިކަލު ލައިސަންސް ނެގޭ އުމުރު 20 އަހަރަށް ބަދަލު ކުރުން ރަނގަޅު..
ސުނބޭ
14 July 2025
ކުއްޖާ ކުޑަޔަސް އަދި މަސްހޫރު މީހެއްގެ ދަރިއަކަސް ގަވައިދާ ހިލާފަށް ލައިސްންސް ނެތި ދުއްވައިފިއްޔާ ވާނީ ހަމަ ގަވައިދާ ހިލާފަށް ދުއްވި ކަމަށް. ވެނޓިލޭޓަރުގަ އޮތް މީހާ ނިޔާވެއްޖެ ނަމަ އެ ވާނީ އިންވޮލަންޓަރީ މޭންސްލޯޓަރ އަށް. ލައިސަން ނެތް ކުއްޖަކަށް ސައިކަލު ދިން ސައިކަލުގެ ވެރިމީހާވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ލީގަލީ! އަހަރުމެން މި ކޭސް ވަރަށް ރަގަޅަށް ސްޓަޑީ ކުރާނަން. އަދި ލީގަލް ސިސްޓަމް ކިޔަވަދޭއިރު ބޭނުންވެސް ކުރާނަން. އެނގިދާނެތާ ދޯ؟
އިސްމާޢީލޯ
14 July 2025
، ބާރަށް ދުއްވާމީހުންނާއި ނުރައްކާކޮށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅޭތަނެއް ނުފެނޭ އެއީ މައްސަލައަކީ
ކައުންސެލަރު....
14 July 2025
ނަމުން ސިންގަޕޫރަށްވާން އަހަރެމެން މިއުޅެނީ. އެކަމަކު އަހިވަކަކާޖެހި އަހިވަކެއްފާވާހެން މިކަންކަން މިހެން މިވަނީ ދައުލަތުން މިކަންކަމަށްދޭންވާ އަހަންމިއްޔަތުކަން ނުދެވިގެން. ނޫނީ މަދުވޯޓްކޮޅެއްގެ ބޭނުމުގައި ކުރަންބޭނުންވާ ކަންކަމަށް ލޯމަރާލެވުމުން.
އެކްސިޑެންޓް
14 July 2025
ދުވަން ވެސް ޖެހޭ ހިނގަން ވެސް ޖެހޭ ދުއްވަން ވެސް ޖެހޭ، ހަމައެކަނި ކުރަން ޖެހޭ ކަމަކީ އިންސާނުން ތަހުޒީބް ވުން. މާހައުލު ނެތަސް ހެދިފައިވާ ޤަވާއިދު ތަކައް ބޯލެބުން، ޤަވާއިދައް އުޅުން. އެހެން މީހުން ވެސް އުޅޭކަން ދަނެގެން އުޅުން.
ޓައިސަން އޯރު ޖެބްރާން
14 July 2025
އުމުރު ހަމަނުވާ ކުދިން ވެހިކަލް ދުއްވުން ހުއްޓުވުމަށްޓަކައި އެފަދަ ކުދިން ދުއްވާ ވެހިކަލްތަކުގެ ވެރިންނަށް ޖިނާއީ ދައުވާކުރުމާއި އުމުރުން ހަގުކަމަށް ޝައްކުވާ ކުދިން ހިފަހައްޓައި އެކުދިންނާ ސުވާލުކޮށް މައިންބަފައިން ޒިންމާދާރުކުރުވުން ފަދަ ފިޔަވަޅުތައް އިތުރުކުރަންޖެހޭ