ފްލެޓް ލިބޭ މީހުންގެ މައުލޫމާތު މިނިސްޓްރީން ފޮނުވުމުން، ސޮއިކޮށް ފްލެޓް ހަވާލުކުރުމުގެ ހުރިހާ މުއާމަލާތެއް ކުރާނީ އެފްޑީސީން
ފަހި ދިރިއުޅުން ފްލެޓެއްގެ މޮކަޕް-އެއް.-
19 ޖުލައި 2025 - 13:03
ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެގްރިމެންޓުގައި ސޮއިކުރަން ފޮނުވި ކަން އަންގާނީ "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ފެށޭ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން އެންގުމުން، ފްލެޓް ހަވާލުކުރުމާ ގުޅޭ ހުރިހާ މުއާމަލާތެއް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އެ ކުންފުންޏާ ހިއްސާކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރާނީ، މިނިސްޓްރީން ބުނި ގޮތުގައި، މަސައްކަތް ނިމި، ހަވާލުކުރަން ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
މިނިސްޓްރީން ބުނީ ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން އެފްޑީސީއަށް ފޮނުވިކަން، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހާއްސަކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެންގޭނެ ކަމަށެވެ. އެގޮތަށް ނާންގާ މީހުންނަށް ހައުސިން މިނިސްޓްރީ އަދި އެ ކުންފުނިން ވެސް ނުގުޅާނެ ކަމަށް އިއުލާނުގައި ބުންޏެވެ.
"އެފަދަ ފޯނު ކޯލުތަކާއި އެސްއެމްއެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ." އެ އިއުލާނުގައިވެ އެވެ.
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.
އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔަވަޅު
19 July 2025
ވިނަރެސް ވެސް ބަހާލީ ލިސްޓު ނެރެފައެެއް ނޫން. އެހެންވެ މިތަން ދޭއިރުވެސް ލިސްޓް ނެރޭކަށް ނުޖެހޭނެ . އެކަމް ގޯތި އޮތް މީހުންނަށް ފުލެޓް ދިނުމާ ދެކޮޅު . އެކަން ެއހެން ކޮއްގެން ނުވާނެ .
ސިއްރުން
19 July 2025
ހާދަސިއްރުން 7 އެއްކަ ގޯތިހުރިި މީހުންނަށް ފްލެޓްތައް ބަހާލަނީ. ސީދާ ދޮގު މަޢުލޫމާތު ދީގެން ކުލީ ވިޔަފާރިކުރަން ސިއްރުސިއްރުން ޕޯޓަލެއްގެ ދޮރެއް ހުޅުވާލައިފިއެވެ. ހުރިހާ ދޮގުވެރިންނަށް ރަންއަކުރުން މަރުހަބާ ކިޔަމެވެ.
ހަންމަޓީ
19 July 2025
މިހާރު ނޫހުންވެސް މިކަންތަށް ކުރާގޮތް އޮޅުން ވިލުވަދީބަލަ, ކަމެއް ކުރަންޏާ. ގުދުލާފަ އޮތް ސަރުކާރަކާއި ވައްތަރީ.
ސަންދޯ
19 July 2025
އެލިޖިބަލް އެއްބަޔަކަށް އެއްބަޔަކަށް އެގުރީމެންޓްބގަ ސޮއި ކުރަން އަންގާފަ އަނެއްމީހުންނަށް އަދި ފުލެޓް ލިބޭކަން އަދި ނުލިބޭކަންވެސް ނުބުނޭ.
ސޫދު
19 July 2025
މިހާ އޮޅުން ބޮޅުން އަރާގޮތަށް ކަންތަށް ކުރާތީ? މަރުހަބާ
މަބުނީ
19 July 2025
ޗުއްޓީހަދާލަން ރަށުގަ ގެސްޓްހައުސް ހުރިމީހުން މާލޭގައި ހިލޭ އުޅެލަން ދޫކުރާ ފުލެޓް.
މަބުނީގެ އަމާބުނީ
19 July 2025
ތިއީ ހަމަ ތެދެއް. ރަށުގައި ހުރި ގެއާއި އޮޅުވާލައިގެން ހޯދި ފުލެޓް ވެސް ބޮޑު އަގުގައި ކުއްޔަށް ދީފައި އަދި އެތަނަށް ފައިސާ ވެސް ނުދައްކާ ހުރިހާ ފައިސާއެއް ކާލައިގެން މާލޭ ގޮލާ ގޮސް އޮންނަނީ ބޭރުގެ ކޮންމެވެސް ޤައުމެއްގައި ފިލާ.
ދޮންބޭބެ
19 July 2025
މީ ހާދަ ދެރަކޮށް ކަންތަށް ކުރާ ސަރުކާރަކޭ, މީހުން މި ތިބެނީ ވާނުވާގަ, އެކަން މި އެގެނީ ވައިބާ ގުރޫޕް ތަކުގައި ދައްކާވާހަކައިންވެސް. ލިބޭ މީހުން ލުބުނު ކަން , ނުލިބޭމީހުން ނުލިބުނުކަންވެސް އަދި ނޭގެ, ސިޓީ ނުލިބޭ އެންމެންނަށް އެކަން އަންގާ ނިމިއްޖެތޯ ނޫންތޯވެސް ނޭގެ, ކަލޭ މާދަން ފުލެޓަށް ވަންނާށޭ ބުނީމަ ކަޑަދޯ, ރައްޔިތުންނަށް މިވަރަށް އުނދަގޫ ކުރާކަށްބނުވާނެތާ, މިހާރު ނޫހުން މިކަންތަށް ރަންގަޅަށްބއޮޅުންފިލާގޮތަށް އެމީހުންނާއި ސުވާލުކޮށް ވާނުވާ އޮޅުން ފިލުވާދީބަލަ, އާދޭސް ކޮށްފަ އެދެން.
ހަސަންޓެބެ
19 July 2025
މި ތިބެނީ ވާނުވާގަ, ވަރަށް ސިއްރުން ކުރަނީ, އެގުރީމަންޓް ސޮއި ކުރަން ޖެހުނީމަ އަދި ކިރިޔާ މި އެގެނީ ފުލެޓް ލިބޭކަންވެސް, މިހުންނަނީ, ހުންނަ ރޭވުންތެރިކަން, ދެވޭނެ ހުރިހާ ދުއްޕާނެއް ކޮށްފަ މިކަން މިކުރަނީ, އެހެން ގޮތެއް ނެތިގެން. ވަރަށް ދެރަ, ކުރާހިތަނުން ނޫން ކުރަނީ.
ޝަމީލާ އަލީ
19 July 2025
މަރުހަބާ ރ.މުއިޒު
މުޑަހަންޖާ
19 July 2025
ޒާތެއްގެ ކުންފުންޏެއް މެދަށްލައިގެން ވިޔަފާރި އުސޫލޭ އެގުރިމެންޓޭ ކިޔައިގެން ތިކުރާކަމަކީ ބަޖެޓަށް ވަންހަނާކޮށްގެން ރާއްޖޭ އެހެން ރަށްރަށާ ތަފާތުކޮށްގެން ނަސްލީ އިމްތިޔާޒުތެރޭން ތިރަށް ތަރައްގީކުރުން. ތިހުރިހާ ފުލެޓެއްގެ ދަރަނި ގޮސް އެޅޭނީ ރާއްޖޭ ރައްޔިތުން ބޮލުގަކަން ނޭނގޭމީހަކު އެބަހުރިތީ. ރާއްޖޭ އެހެން ރަށްރަށަށްވެސް ކުންފުނި ނަން މެދަށްލައިގެން ތިގޮތަށް ބޭނުންވަރަކަށް ދަރަނިނަގައިގެން ބޭނުންވަރަކަށް ރަށުގަ ޓަވަރު ހެދެންޖެހޭ.