އައްޑޫ ސްޕާއެއްގައި ހަށިވިއްކަން އުޅުނިކޮށް އަތުލައިގެން ދެ މީހުން.-- ފޮޓޯ: ޕޮލިސް
22 ޖުލައި 2025 - 15:18
އައްޑޫގައި، ސްޕާއެއްގެ ހުއްދައިގެ ދަށުން ހިންގި ތަނެއްގައި ހަށިވިއްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
"ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ''ގެ ނަމުގައި އެ ތަން ހިންގަމުން ދިޔައީ ސ. މީދޫގަ އެވެ.
ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން 25، އާއި ތައިލެންޑަށް ނިސްބަތްވާ، ތައިޔޮންލައްޑާ ސުކްސުވަންގް 36 އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ވަނީ 15 ދުވަހަށް ބަންދު ކޮށްފަ އެވެ.
މާލެ އާއި ރާއްޖޭގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އަދި އެކަންކުރާ ބިދޭސީ މީހުން ދަނީ އެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.
އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވަން ދޭތެރެދޭތެރެ އިން އޮޕަރޭޝަންތައް ވެސް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިލާހި
24 July 2025
ހަށި ވިއްކާ މީހުން އެކަނިތޯ ބަންދުކުރަން ޖެހެނީ. ގާނޫނުތައްހުރީ އެގޮތަށްތޯ ފަރުމާކޮށްފައި. ހަށިގަންނަމީހާ ގަންނަނީ ޞޮއްހަ ގަތުމަކަށްވާތީތޯ ގަންނަމީހާ ކުށްވެރި ނުވަނީ. ތިކަން ހުޢްޓުވޭނީ ވިއްކާމީހާއާ ގަންނަމީހާ އަށްވެސް އެއްގޮތަކަށް އަމަލު ކުރެވިގެން. ގަނެވިއްކުމަށް ކިޔަނީ ވިޔަފާރި. ގަންނަ މީހުން ތިބިއްޔާ ވިއްކާމީހާ ވިއްކާނެ. ގަންނަ ބަޔަކު ނެތިއްޔާ ނުވިއްކާނެ.
ަސދފ
23 July 2025
މިކަމުގައި ވެސް ވިއްކާ މީހާއަށް އަދަބު ބޮޑުވާން ވާނެތާ؟ ޑްރަގު ގައި އޮންނަ އުސޫލުން
ދޮކާ ވިފާގު
23 July 2025
އޮނަރަބަލް އަފީފުދީދީ ފިލައިފި...
ހަށިން ޖީއެސްޓީ ނަގާތަ
22 July 2025
މަރަދޫ ސޮރު މިއީ ގަންނަން ދިޔަ މީހެއްތަ؟ ނޫނީ ވިއްކަން އުޅުނު މީހެއްތަ؟
ޖަންބުލާންނީ
22 July 2025
އައްޑޫ ބޮޑުކަތީބު އަފީފު މިކަމާ ކޮންމެންޓެއް ނުކުރަނީސް އެއްޗެކޭ ނުކިޔަން މި އޮންނަނީ.
ހަބީބު.
22 July 2025
ތަންތާ ވަޅިވެސް ވިއްކަން ހުރޭ އޭގެ ބޭނުން ހިފަން ޖެހެނީ މީހުން މަރާކައްނޫން އަދި އަލިފާން ފޮށި ވެސް ހުރޭ ބަޑިބޭސް ބޭނުން ކުރަންޖެހެނީ ޓެރެރިސްޓު ހަމަލާ ދޭކައްނޫން ހަމައެގޮތައް މަސާޖު ކުރަންދާ މީހާގެ އަހުލާގަކީ ރަނގަޅު އަހުލާގަކައް ވާނަމަ ކޮންމެ ކަމެއްގަވެސް ރަނގަޅު ގޮތާ ނުބައިގޮތް އޮވޭ ދިވެހިންގެ ނާތަހުޒީބު ކަމުން ކިހިނެއްތޯ ސިންގަޕޫރާ ރާއްޖެޔާ އެއްވަރުވާނީ
ރަދީފްއޮފިޝަލް / މަސާޖު
22 July 2025
އެތަންތަނުގަ ތިބޭ ކުދިން މަސާޖުގެ މެދުން ފައިސާ ހޯދަން ޑައިލޮގެއް ފަށާނެ.ދެން އަށި މަތީގަ އޮން މީހާއަށް ވާނެގޮތް ވިސްނާލާ.ފުރަތަމަ ކަމަކަށް ޒަރޫރަތެއް ނެތި ހިލޭ އަންހެނަކާ ފިރިހެނަކު ކޮޓަރިއެއްގަ ތިބުން ވެސް ހުއްދައެއް ނޫން.ވ.ވެދުން
މަހުރަމު
23 July 2025
ޒަރޫރަތެއް އޮތަސް މަހުރަމެއް ހުންނަންޖެހޭ
ހަބީބު.
22 July 2025
ތަންތާ ވަޅިވެސް ވިއްކަން ހުރޭ އޭގެ ބޭނުން ހިފަން ޖެހެނީ މީހުން މަރާކައްނޫން އަދި އަލިފާން ފޮށި ވެސް ހުރޭ ބަޑިބޭސް ބޭނުން ކުރަންޖެހެނީ ޓެރެރިސްޓު ހަމަލާ ދޭކައްނޫން ހަމައެގޮތައް މަސާޖު ކުރަންދާ މީހާގެ އަހުލާގަކީ ރަނގަޅު އަހުލާގަކައް ވާނަމަ ކޮންމެ ކަމެއްގަވެސް ރަނގަޅު ގޮތާ ނުބައިގޮތް އޮވޭ ދިވެހިންގެ ނާތަހުޒީބު ކަމުން ކިހިނެއްތޯ ސިންގަޕޫރާ ރާއްޖެޔާ އެއްވަރުވާނީ
ކޮރަލް
22 July 2025
މާލޭގަ ބިދޭސީ އަންހެނުން މަސާޖް ޕާލާ ތަކުގަ ހާހުން އެބަ އުޅެ އެވެ. އެމީހުން ގޮވާއިގެން އުޅެނީ އެކި ކަހަލަ ޔުނީފޯމް ލައިގެން އުޅޭ މީހުންނެވެ. އެތަން ތަން ރެއިޑް ކުރަން ވެސް ދާނީ އެމީހުންނެވެ. އެތަންތަން ހުންނާނީ އެމީހުން ބިދޭސީ ބަންގާޅީ އަކާ ހަވާލު ކޮށްފަ އެވެ.
ހަބީބު.
22 July 2025
މާލޭގަ ފިހާރަ ތަކުގަ ވަޅިވެސް ހުރޭ އެއީ މީހުން މަރަން ހުންނަ އެއްޗެއްތަ ކޮންމެ ކަމެއްގަވެސް ރަނގަޅު ގޮތާ ނުބައިގޮތް އޮވޭ ދިވެހިން އެބަޖެހޭ ތަހުޒީބުވާން
ރިލްވާނު
22 July 2025
އޮނަރަބަލް އަފީދުދީދީގެ ކޮމެންޓަކަށް އިންތިޒާރު ކޮށްގެން ކުރީމެވެ...
ތކުޅވަރ
22 July 2025
މާލޭގެ ބޮޑުންގެ ކޮމެންޓު ވެސް ޖަހާލުމުން މިކަމުގައި ބޭނުން ވާނެ........
ސަ×ަ×ޗ
22 July 2025
ހަށިވިއްކާތަން ބަންދު ނުކުރެވެނީ އދ އިން އަންގައިގެންތޯ؟